އާތިފް: އޭނާގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ވަނީ ނިންމާފައި
14 އޯގަސްޓް 2022 - 21:02
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭޝަލް އިންޓެލިޖެންސް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރުގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ގާނޫނާ ހިލާފުވުމުގެ ދަައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
މަނީ ލޯންޑްރިންގެ ގާނޫނާ ހިލާފުވުމުގެ ދައުވާ އާތިފް މައްޗަށް ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާޔާނާތުގެ ޝައްކު ކުރެވޭ މުއާމަލާތްތައް ހިނގަމުން ދިޔައިރު ކަމާބެހޭ ފަރާތްތަކަށް އެކަން ރިޕޯޓް ނުކުރި ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް މަދަނީ މިންގަނޑުން ރިއާޔަތް ކުރާއިރު، އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމަވާ ކަމަށެވެ.
މަދަނީ މިންގަނޑު ގޮތް ނިންމުމުގެ ކުރިން އެކަމާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އާތިފްގެ ވަކީލުން އެދިވަޑައިގަތެވެ. ގާޒީ ޝަކީލް ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދަވަނީ ދެ ފަރާތަށް ވެސް ހަމަހަމަ ފުރުސަތެއް ދީގެން ކަމަށެވެ.
އެ މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން 10 ދުވަހުގެ ފުރުސަތެއް ދެ ފަރާތަށް ދެއްވި އެވެ. އަދި މި މަހުގެ 28 ވަނަ ދުވަހު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނެ ކަން ގާޒީ އިއުލާން ކުރެއްވި އެވެ.
އެ މައްސަލައިގައި އާތިފްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 10،000ރ. އާއި 500،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ އެއް އަހަރާއި 10 އަހަރުގެ މުއްދަތަކަށް ޖަލަށް ލާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސާހް
15 August 2022
އެމްއެމްޕީއާރްސީގެ ޚިޔާނާތެއްނެތް. ޚިޔާނާތްތެރިވި މީހެއްނެތް. ނެގި ފައިސާއެއްނެތް. ޔާމީނަކީ ވަގެއްނޫން. އަދީބު އެހެރީ ގޭގަ. ދެން އާތިފެއް އާޒިމެއް ތަންތަނަށް ދެމުމުގެ ބޭނުމަކީ ކޮބާ؟ ޖ ނާޒިމް އެ ބުނަނީ ވައްކަންކުރާކަން އެނގިގެން ޔާމީންކައިރީ ތިމަންނަ އެވާހަކަބުނީތީ ތިމަންނަ ހޭއަރުވާލިއޭ. އާތިފަށް ވައްކަންކުރާކަން އެނގުނުހިސާބުން ގަވަރުނަރުކައިރީ އެވާހަކަ ބުނެފަ ރީތިގޮތުގަ އިސްތިއުފާދިނީ. އެ ދުވަސްވަރަކީ މީހުން ފްރޭމްކޮށް ޖަލަށްލި ދުވަސްވަރު
ކެކުރިބެ
15 August 2022
ކަލޭ ހާދަހިވޭ އާއިލާ މީހެއްހެން
އިންސާފު
15 August 2022
ރައްޔަތުންނައް އަދާކުރަންޖެހޭ ޒިއްމާ އަދާކުރުމުގަ ފަސްޖެހިފަވީނަމަވެސް’ އެއީ މާ މުހިންމު ކަމެއް ކަމައް ބައެއް މީހުން ނުދެކޭ. ސޯސަލް މީޑިއާގަ ފަުރަމަ މައާފައް އެކުމަގެ ރީތި ސިފަ އެއްވެސް ނެތް. ފެންނަނީ ހަމައެކަނި ޕެސިވް އެރޮގަންސް. އަދިވެސް އަތްކުރީ ބޮންތިއާއި ދިމާލައް
ހަސަން32122
15 August 2022
އޭރުގެ އެމްއެމްއޭ ގަވަރނަރުގެ މައްޗައް ދައުވާ ނުކޮއް އާތިފްގެ މައްޗައް ދައުވާ ކުރުން ބޮޑު ޖޯކެއްމިއީ .. މަނީ ލޯންޑަރިންގް ކޮއްފައި އޮތީ އެމްއެމްއޭ މެދުވެރިކޮށޭ ކިޔާފަ އޭރުގެ ގަވަރނަރު މިހާރު ހުރީ ރާއްޖެއިން ބޭރުގައި ދިރިއުޅުން ބަދަލް ކޮއްފަ އޭ ބުނިޔަސް ދައުވާ ކުރެވޭނެ ދިވެހި ޕާސްޕޯޓު ހުރިހާ ހިދަކު .. އިންޓަރޕޯލް ރެޑްނޯޓިސްވެސް ނެރެވޭނެ..
ގައުމިގުރާދު
15 August 2022
"ނުކުރަންވީކަންތައް" މިހެންކިޔާފަ ލިޔުން ލިޔެގެން މީހުންގެ ބޮލަށް ޗިޕުޖަހަން މަސައްކަތްކުރީމަ އޭގެބަދުލަގައިވެސް ތިކަލޭގެއަށް އިތރު 20 އަހަރުގެ ހުކުމެއް އަންނަންޖެހޭ. ހިލާދޫނުކުރާތި
ނަސާހް
15 August 2022
ކަލޭ ހާދަ ޕާސަނަލްވެފައޭ ދޯ. ހަސަދައިން މިހާރުވެސް އަނދައި ތިއޮއް ހުލިވަނީވިއްޔާ.
ކުޗީ
15 August 2022
މިއީ ވަރަށް ބޮޑު މައްސަލަ އެއް. މމޕރސ ގެ ބޮޑު ވަންކަން ކުރީ ހަމަ އެކަނި ޓާގެޓެޑް ބަޔަކަށް ވެފަ، ވަކި ބަޔަކަށް ދައުވާ ކުރާތީ މިއީ ބޭއިންސާފް. ޗެކްތަށް ޖަމާވަމުން ދިޔައިރު ބޭންކުގެ ބޮޑުންނަށްވެސް އެނގޭ ، އެކަމަކު ބޭންކުގެ އެކަކުވެސް ކުއްވެރިއެއް ނުވޭ.