މާކުރަތު ބަނދަރުގެ ފަޅު ފުންކުރުމުގެ މަސައްކަތުގެ ތެރެއިން ---ފޮޓޯ: އެމްޓީސީސީ
17 އޯގަސްޓް 2022 - 14:04
ރ. މާކުރަތު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެރަށު އާ ފަޅު ފުންކުރުމުގެ ބޮޑުބައި ނިމިއްޖެ އެވެ.
މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން 45،024 ކިއުބިކް މީޓަރުގެ ސަަރަހައްދެއްގެ ބަނދަރު ފުންކުރާނެ ކަމަށާއި އޭގެ 73 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ފަޅު ފުންކުރުމުގެ އިތުރުން 140 މީޓަރުގެ ބޭރުތޮއްޓަކާއި، 129 މީޓަރު ސަރަހައްދުގެ އެއްގަމުތޮށި ލުމާއި، ރިވެޓްމެންޓް ޖެހުމާއި ގްރޮއިންސް ޖެހުން އަދި 641 އަކަމީޓަރު ސަރަހައްދުގައި ޕޭވްމަންޓް ހެދުން ހިމެނެ އެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 26.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މ. ދިއްގަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ---ފޮޓޯ: އެމްޓީސީސީ
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 57 ޕަސެންޓް މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން 25 ހެކްޓަރު ބިން ހިއްކުމާއި، ރިވެޓްމަންޓް ޖެހުން އަދި ބޮޑު ހިލައިގެ ބޭރުތޮއްޓެއް އަޅަން ވަނީ ހަމަޖެހިފަ އެވެ. އެއީ 121.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެންދީ
17 August 2022
ތީވަރަށް ތާކުން ތާކުނުޖެހޭގޮތަށް ކޮށްފައި އޮތް ކަމެން. ގިނަ އެމްޑީޕީ މީހުން ހުޅަންކޮޅުގަ އުޅޭތީ މުޅިފަޅުވެސް އޮތީ ރަށުގެ މެދުން ހުޅަނގަށް ކޮނެފައި. ތީ ޕާޓީ މީހުންނަށް ކޮށްދީފަ އޮތްކަމެއް.
ޙުސޭނު56
17 August 2022
ތިކޮމެންޓުވެސް ތާކުން ތާކު ނުޖެހޭ. ފަޅަކީ މީހަކު ހިތަށް އެރިހާ ދިމާއިން ކޮނެވޭ އެއްޗެއް ނޫން. ރަށުގެ ކޮންމެ ތާކު އޮތަސް ބަނދަރު ކޮންނަނީ މާކުރަތުގައި. ފައިދާކުރާނެ އެންމެނަށް.
މަހީހީ
18 August 2022
އިރުމަތީކޮޅު ޕީޕީއެމް މީހުން ބޭނުންވަނީ އިރުމަތީކޮޅުގައި ފަތާ ފެންގަނޑެއް އަޅާންށޯ ދޯ؟ ރަށް ވަށައިގެން މޫދެއް ނެތީމަ އެހެންވެ ކޮންމެ ހެންވެސް އިރުމަތީކޮޅުގައި ފަތާ ފެންގަނޑެއް ހެދީމާ ނޫނީ ރަށުގެ އެކަކަށްވެސް މޫދަކަށް އެރެވޭކަށް ނެތް. މީދާ ކޭ އުނބުން ވިސްނިޔަސް މިއަށްވުރެ ތަނަވަސްކޮށް ވިސްނޭނެ