އަލީ ސޯލިހަށް ހަމަލާ ދިން މީހާ.
23 އޯގަސްޓް 2022 - 12:34
ތިމާވެއްޓާއި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާދިން މީހާ 15 ދުވަހަށް ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ފުލުހުން ބުނީ، އެ މީހާ 15 ދުވަހަށް ބަންދުކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.
ހުޅުމާލޭގައި ހިންގާ އަމިއްލަ ކުންފުންޏެއްގައި އޮތް ސްކޫލުގެ ހަރަކާތަކަށް ދަރިފުޅު އެ ތަނަށް ލާފައި ވަޑައިގަންނަވަނިކޮށް، އިއްޔެ މެންދުރު އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލަދީ، ޒަހަމްކޮށްލީ މިދިޔަ ޖުލައި މަހު 1 ގައި ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކުރި މީހާ އެވެ. ހުކުރު ނަމާދަށް މީހުން ޖަމާވެފައި ތިއްބައި މިންބަރަށް އެ މީހާ އެރުމުން ހައްޔަރުކުރި ނަމަވެސް ހަމަ އެ ދުވަހު ދޫކޮށްލި އެވެ. ސަބަބެއް ކަމަށް ބުނީ ނަފުސާނީ ބަލީގެ މީހެއް ކަމަށް ވުމެވެ.
އޭނާއަކީ ނަފުސާނީ ބަލިމީހެއްކަން ސާބިތުވާ މެޑިކަލް ރިޕޯޓުތައް އާއިލާ އިން ހުށަހެޅުމުން އޭނާ ހަމަ އެ ދުވަހު އާއިލާއާ ހަވާލުކުރީ އެވެ.
އޭގެ ފަހުން ވެސް މަގުމަތީގައި އެކި މީސްމީހުންނަށް އިންޒާރުދީ، އުނދަގޫ ކުރަމުންދިޔަ، ރ. މަޑުއްވަރީގެ އެ މީހާ އަލީ ސޯލިހަށް ހަމަލަދިނީ މިހާރުގެ ސަރުކާރަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.
އަލީ ސޯލިހަށް ހަމަލަދިންތާ އިރުގަނޑެއްގެ ތެރޭގައި އެ މީހާ ހައްޔަރު ކޮށްފައިވާއިރު، އޭނާ ވަނީ އަލީ ސޯލިހުގެ ވައަތުން 2-3 އިންޗީގެ ތަނެއް ކަފާލައިފަ އެވެ. އަދި ބުރަކައްޓަށް ހަމަލަދިން ނަމަވެސް އެ ހަމަލައިގައި ކަނޑައިގެން ދިޔައީ ގަމީހުގެ ތަންކޮޅެކެވެ.
އޭނާ އަށް ހަމަލަދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ. އެ މީހާ މީގެ ދެ ރޭ ކުރިން ފުލުހުންނަށް އިންޒާރުދީ، ކުރިމަތިލާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ.
އެ ހަމަލާއާ ގުޅިގެން އަލީ ސޯލިހު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ އަށް ދިން ނުރައްކާތެރި ހަމަލާއިން ހަނިގޮތަކަށް ސަލާމަތްވެވުނު ނަމަވެސް އެއީ ކޮންމެ ފެންވަރެއްގެ ސިޔާސީ ބޭފުޅެއް، ނޫސްވެރިކަމުގައި ހަރަކާތްތެރިވާ މީހެއް ނުވަތަ އެފަދަ އެހެން މަސައްކަތުގައި އުޅުއްވާ ބޭފުޅުންނަށް ކޮންމެ ފަދަ ވަގުތެއްގައި ވެސް ކުރިމަތިލާން ޖެހިދާނެ ފަދަ ބިރުވެރި އަނިޔާވެރި އިންޒާރެއްކަމުގައި ދެކޭ ކަމަށެވެ.
"ދިސް އިސް ނޮޓް އެބައުޓް އަލީ ސޯލިހް އިޓް ކުޑްބީ އެނީވަން،" އެ ބަޔާނުގައިވެ އެވެ.
އޭނާ އަށް އަމާޒުވި ހަމަލާގައި ހިމެނޭ މީހަކީ ފަހަކަށް އަައިސް މުޖުތަމައުގައި އާންމުންނަށް ނުރައްކަލަކަށް ވެފައިވާ މީހެއް ކަމަށެވެ. އޭނާ ވިދާޅުވީ، ސިޔާސީ މީހުންނަށާއި ސަރުކާރުގެ އޮފީސްތަކަށް ވަދެ ބިރުދައްކައި، ފުލުހުންނަށް އެކި ކަހަލަ އިންޒާރުތައް ދޭއިރު، އޭނާ މުޖުތަމައު އަށް ދޫކޮށްލާފައި ހުންނަނީ ކީއްވެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
"އެނގެން ހުރި އަދި ފެންނަން ހުރި އެކިއެކި މައުލޫމާތަށް ބަލާއިރު މި މީހާ މިއީ ސިކުނޑީގެ އުނިކަމެއް ހުރި މީހެއް ކަމަށް ބުނެ ޑޮކްޓަރަކު ދޭ ލިޔުމަކަށް އެކަނި ބަރޯސާވެ އިތުރު ޑޮކްޓަރުން ނުވަތަ މެޑިކަލް ބޯޑުން ނަމަވެސް އިތުރަށް ނުބުލައި، މިފަދަ މުޖުތަމަ އަށް ނުރައްކާތެރި މީހަކު އާންމުކޮށް ދޫކޮށްލައިފައި ހުރުމަކީ މުޅި މުޖުތަމަ އަށް އޮތް ބިރެކެވެ. ނުރައްކަލެކެވެ،" އެ ބަޔާނުގައިވެ އެވެ.
"ސިކުނޑީގެ އުނިކަމެއް ހުރި މުޖުތަމައު އަށް ނުރައްކާތެރި މީހުން ތިބެން ވާނީ ދައުލަތުގެ ހާއްސަ ބެލެހެއްޓުމުގެ ދަށުގަ އެވެ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒީރޯ ޓޮލެރޭޓަރ
24 August 2022
ދަރިފުޅު ގޮވައިގެން ނަމާދަށް ދާމީހާ ހައްޔަރުކުރަން މޫނު ނިވާކޮށްގެން ފުލްފޯސް. ރޮދިކެޑިގެން ވަޅިހިފައިގެން މަގުމަތީ ފެންނަކޮންމެ މީހަކަށް މަރުގެ އިންޒާރުދެމުން ދާމީހާ ހައްޔަރުކުރަން ޓްރެފިކް ދެފުލުހުން. އިންސާފް ލިބޭނީ މިހާވަރަކަށް.
މިސްޓަރ ޓިނޭ
09 September 2022
ޓެރަރިސްޓް ހަމަލާއެއް ރާވާ ހިންގުމުގައި ބައަކު ލައްވާ ހަރަކާތް ކުރުވާފަ، ރާއްޖޭގައި ތިބި ބޭރުގެ ގައުމުތަކުން އައިސް ތިބި ޑިޕްލޮމެޓުންނާއި އެތައް ބަޔަކަށް ނަފްސާނީ އަދި ޖިސްމާނީގޮތުން ހަމަލާ ދީފަ ، ދަރިފުޅު ގޮވައިގެން ނަމާދަށް،
ޗާޜިޢާއް
24 August 2022
ތި ހަކީމު ބަހައްޓަން ޖެހެނީ ޝާރީއަށް ނިމެންދެން ބަންދުގަ
ތިކަލޭގެ
23 August 2022
މެންޓަލް އިންސްޓިޓިއުޝަނެއްގަ އެޑްމިޓް ކުރަންޖެހޭ
ފަހުދު
23 August 2022
ތިޔަ ވައްޚާބީ އައް ނިކަން ރަންގަޅައް އާޚިރަތް ފެންނަންދެން ބައިންދާލާ
ކުޗީ
23 August 2022
މިހެން އުޅޭ ކޮންމެ މީހަކަށް " ވައްޚާބީ " އޭ މިކިޔަނީ ތަންދޮރު ނޭނގޭތީ ...
ސަމްސާދު
24 August 2022
ވައްހާބީ ފިކުރު ވެސް އެކި ގޮތްގޮތަށް ކަފިކަފި ވެފައި ވަނީ. މީނާ މިއުޅެނީ ހިތުން ދީން ހިމާޔަތްކުރަން. އަދި ބޭރުގެ ޑިޕްލޮމޭޓުން ވެސް ހިމެނޭ ތަނަކަށް ބަޔަކު ލަޓިބުރި ހިފައިގެން ނުކުތީ ވެސް އެބައެއްގެ ނަޒަރުގައި ދީން ހިމާޔަތްކުރަން. އަދި އެމީހުން ކުރިކަންތައް ދިފާއުކޮށް ލިޔެ ވާހަކަދައްކައި އެއީ ދީނައްޓަކައި ކުރި ކަމެއްގޮތަށް ސިފަކުރުން މިއީ ވެސް އެފިކުރު. އެކި ދަރަޖާގައި ހަމަ އެއް ފިކުރެއް މީ
ޢެޑްމުންޑޯ
23 August 2022
ނަފްސާނީ ބަލިމީހާ މިފަހަރު ހައްޔަރަށް ،
ސޭކުސްތާން
23 August 2022
ރާއްޖޭގަ މިހިނގާ ގިނަ ނުރައްކާތެރި ޖަރީމާ ތައް ރިޔާސީ ދައުރުތައް ނިމުމާގާތްވި ވަރަކަށް ގިނަވާކަން ފާހަގަވޭ. ފުލުހުނެ ގެ ގާބިލްކަމެއް ހުރިއްޔާ މިކަހަލަ ކަންކަން ބަލާ ހޯދާކަށް މިޒަމާނުގަ އެއްވެސް އުނދަގުލެއްނުވާނެ.
ދޮންކަބިލި
23 August 2022
ދެން 15 ދުވަސް ފަހުން ދޫކޮށްލީމަ ދެން މީހެއްގެ ބޯ ކަނޑާކަންނޭގެލާނީ..
ޢަހު
23 August 2022
މީހެ އްގެ ބޯ ކަންނޭނގޭ ދެން ކަނޑާލާނީ
މޮހޮޖް
23 August 2022
ހަވީރު ބުންޏަސް ސިކުނޑީގެ ބަލި ހުންނަ އެންމެން ސަރުކާރުން ބަލަން ޖެހޭނަމަ ތިއޮތީ އަނެއްކާ އަނެއް ކަންތައް
ކުއްވެރިންނަކީ ކޮބައިކަން އެބަޖެހޭ އަލުން މުރާޖައާ ކުރަން!
23 August 2022
ލާރި ދީގެން ބަޔަކު ލައްވާ ޖަރީމާ ހިންގައިފިއްޔާމުން، ފައިސާ ދިންމީހާ އަކީވެސް ކުއްވެރިއެއް. ނޫންތަ؟ އެގޮތުން މިމީހާ ބޯކާލައިގެން ޗިޕް ޖަހައިގެން އުތުރުކޮރެޔާގެ ވިސްނުން އާލާ ކުރުވި މީހަކީ ކުއްވެރިވާންޖެހޭނެ މީހެއް! އިންޓަނެޓް ގަ މަޅިޔާ ދާ ޖަހައިގެން ފައިސާފޭރޭ މީހަކީވެސް ކުއްވެރިން.
ޑރ. ސައްކެޔޮ ބަނާނާ
23 August 2022
ތިަޔަކަހަލަ ބޮޑު މޮޔައަކަށް ސައިކަލުގަންނަށް ފަންޑުކުރީ ކާކުތޯ ބަލާބަލަ.