އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކެއް އާންމުވި ބަންގްލަދޭޝްގެ އަލަމްގީރް --
31 އޯގަސްޓް 2022 - 15:59
އެތައް ފިރިހެނުންތަކަކާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ބަންގްލަދޭޝްގެ އަލަމްގީރް ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެ މައްސަލަތަކުގައި އޭނާގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން އުފުލިއިރު، އަލަމްގީރް ވަނީ އެ ހުރިހާ ދައުވާއަކަށް ވެސް އިއުތިރާފުވެ، ލުއި އަދަބަކަށް އެދިފަ އެވެ.
އެހެންވެ، އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައި ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގައި އޭނާގެ މައްޗަށް އިއްވީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އަލަމްގީރަށް ޝަރީއަތުން ތައުބާ ލައިދިނެވެ.
އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތަށް އިތުރު ތިން ދިވެއްސަކަށް ދައުވާ ކޮށްފައިވެ އެވެ. އެއީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު އެވެ.
އެ އެންމެންނަށް ވެސް ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.
ޖިންސީ ކުށުގެ ގާނޫނުގައި ވެސް އެއްޖިންސުން ގުޅުން ހިންގުން ކުށެއްގެ ގޮތުގައި އޮވެ އެވެ. އެ ގާނޫނުގެ ދަށުން ދައުވާކޮށްފި ނަމަ ލިބޭ އަދަބު އެތައް ގުނައެއް ބޮޑުވާނެ އެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ނަމަ ދެ މީހަކު ރުހުމުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގައިފި ނަމަ އަދަބަކީ 5-7 އަހަރަށް ޖަލަށް ލުމެވެ. ނުރުހުމުގައި ނަމަ އެކަން ކުރި މީހަކަށް 7-10 އަހަރުގެ ޖަލު ހުކުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީން
22 September 2022
ވަރަށް ގޯސް ޢަމަލެއް.. އެ އަދަބް މާ ކުޑަ... ލީވާތުު ކުރުމަކީ ބޮޑު ފާފައެއްް.... ބޮޑު ވެގެންވާ ޙަރާމް ކަމެއް... ހައްގު އަދަބް ދީ... އެއް ޖިންސުން ގުޅުން ހިންގުން ނޯމަލައިޒް ކުރަން އުޅޭނެ ކަމެއް ނެތް... އެއްޑްސް އާ ހުރިހާ ނުބައި ބަލި ތަކުގެ އަސްލަކީ އެއް ޖިންސުން ގުޅުން ހިންގުން..
ސަންގުމަރުމަރު
02 September 2022
2023 އޮތީ މާދުރަކު ނޫން... ހައްގު އަދަބް ދީ
ސަންގުމަރުމަރު
02 September 2022
ހައްގު އަދަބް ދީ!!!!
އަހްމަދ
01 September 2022
ހާސް ނުވޭ. ތިއޮތީ ނާޒިމް ސައްތާރު ސަލާމަތްކުރުމަށް ސަރުކާރުން މަޅިޖަހާފަ. ނާޒިމަށް ހުކުމްކުރީމާ ހޯރަ އިއްބެއަށް ސޯލިހު މައާފު ދިންގޮތަށް މުއްދަތު މައާފްކޮށްދިނީމާ ފަހަރުގައި ޖަލުގައި ހުންނަންޖެހޭނީ 1ގަޑިއިރު ކަމަށްވެސް ވެދާނެ. މީނޫންތޯ އިސްލާމީ ހެޔޮވެރިކަމަކީ.
ާާއަލިބެ
01 September 2022
ޢިއްޒަތްތެރި ފަނޑިޔާރު މަނިކުފާނެވެ. ޟި ހުކުން 7 ސިކުންތައް ހަދާލަދެއްވާ! ޙެޔޮނުވާނެ
ޙިނި
01 September 2022
ޝަރިއްޔަތެއް ނިމޭއިރު ތިމީހާގެ މަގުސޮޓެއް ނަގާފަ މީޑިޔާ ތަކައް ފޯރުކޮއްދޭނެ ފެންވަރުވެސް ފުލުހުން ގައިގަ ނެތީދޯ، ހޯމްމިނިސްޓަރާ ފުލުހުންގެ ވެރިޔާގެ މުސާރަ ބޮޑުކޮއްލާ.
ސަރުދާރުު
01 September 2022
ދެ ނާޒިމް ސައްތާރު އާއި އެއްގޮޅިއަކަށްލާ ތަންފީޒުކުރުމަށް.
ނޭގެނީ-2
01 September 2022
ބުޚާރީގައި ނެތް އިބްނު ޢައްބާސްގެ މި ހަދީސް. islamqa ގައި punishment for homosexuality ގައި ވަނީ އަބޫ ހަނީފާގެ ނަޒަރުގައި މީގެ އަދަބު ޒިނޭއަށް ވުރެން ލުއި ވާންޖެހޭ، އަދި މީގެ އަބަދު ކަޑައެޅުން އޮތީ ގާޒީގެ އަތުގައި ކަމަށް. ޤުރްއާނުގައި ޒިނޭގެ އަދަބަކީ 100 ފަހަރުން ތެޅުން. އަބޫ ހަނީފާއަކީ ސުންނީ މަޒްހަބްގެ އެންމެ ކުރީގެ އިމާމު. ދެން މީހަކު 40 އަހަރަށް ޖަލަށް ލިޔަސް ތިކަމެއް ނުކެނޑޭނެ. ޖަލުގައި 7 މަހަކީ ވެސް އެކަށީގެންވާ މުއްދަތެއް އިސްލާހްވާން.
ޞައްޙަ ޙަދީޘް
01 September 2022
އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ޙުކުމް ޞައްޙަ ޙަދީޘްތަކުން ޘާބިތުވާން އެބައޮތް. އެއީ މެރުން ކަމުގައި ޞަޙާބީންގެ އިޖްމާޢުވެ ވަޑައިގެންފައިވޭ. ފިޤުހު ޢިލްމުވެރިން އިޚްތިލާފުވެފައިވަނީ މަރާލާނީ ކިހިނެތްތޯއާއި މެދު. އެގޮތުން ލޫޠުގެ ފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ބާއްވާލެއްވުނު ކޯފާއިން ދަލީލުކޮށް ވިދާޅުވެފައިވަނީ އެމީހުން މަރާލަން ޖެހޭނީ އަލިފާނުން އަންދާލައިގެން ނުވަތަ އުސްތަނަކުން ވައްޓާލައިގެން ނުވަތަ ހިލައިން ތަޅާ ރަޖަމުކޮށްގެން ކަމަށް.
ނޭގެނީ
01 September 2022
ބައެއް މީހުނަށް ނޭގެނީ މިކަމަކީ ޤުރްއާނުގައި އަދަބު ކަޑައެޅިފައިވާ ކަމެއް ނޫންކަން. ރަށެެއް ބަނޑުން ޖެއްސެވުން އެއީ އެހެންކަމެއް. މިސާލަކަށް މިނެކިރުމުގައި އޮޅުވާލި ރަށްރަށް ވެސް ބަންޑުން ޖެެއްސެވި. އެކަމަކު އެއިގެ އަދަބަކީ ބަންޑުން ޖެއްސެވުމެއް ނޫން. ދެން ލިވާތުގެ އަދަބު އައިސްފައިވާ ސައްހަ ހަދީސްތަކެއް ވެސް ނެތްކަން. ހުރީ އިބްނު ޢައްބާސްގެ ހަދީސެއް. މިއީ ވެސް ސައްހަކަމާއި މެދު ސުވާލް އުފެދޭ. އެހެންކަމުން ބުޚާރީ މި ހަދީސް ސައްހަކުރައްވާފައިނުވޭ.
އެކަމަކުވާ123
01 September 2022
ކަލޯއަށް އިސްލާމްދީނުގެ ހުކުމް ތަކާއި ޤުރުއާނުން އުނގެނެން ޖެހޭކަންތައްތައް ބަދަލު ކުރަން އުޅުނަސް ނުވާނެ. އެހެންނަމަ ފިރިހެނަކާ އަންހެނަކު އެކުވެގެން އިތުރު ފުރާނައެއް ދުނިޔެއަށް ނުގެންނެވީސް. ތިބާގެ ވިސްނުންކޮށި ކަމާއެވެ.
ނޭގެނީ
01 September 2022
އެކަމަކުވާ123. ތިއެއް ނޫން ޕޮއިންޓަކީ. ޕޮއިންޓަކީ ޤުރްއާނުގައި އަދަބު ނެތުމުން ތައުޒީރީ އަދަބެއް ދޭން ގާޒީއަށް އޮތް ކަމެއް ކަން. ބައެއްމީހުން މިކަން މާ ބޮޑަށް އޮޅި މިއީ މަރުގެ އަބަދު އޮތް ކަމެއް ކަން ބުނާތީ. އިސްލާމީޝަރީޢަތުން މި ތަންފީޒްކުރާނަމަ ހަތަރުފިރިހެނުންގެ ހެކިބަސް ވެސް ބޭނުންވާނެ. އެޔެއް ނެތް. ދެން މިއަންނަނީ އެއްކަލަ ޤަނޫނީ ޒިނޭ. ޝޭޚުން ޖޯކް ޖެހި ކަންތައް. މިކަމަށް ވެސް ޤާނޫނީ އަދަބެއް ދޭން ޖެހޭނީ. 7 މަސްއަކީ އެފަދައިން ދެވޭ އެއްޗެއް.
އެހާސާފު
01 September 2022
އެކަންކޮށްގެން ރަށެއް ބަންޑުންޖެއްސެވީމަ އެވީ ގޮތް އެހާ ސާފުކޮށް ފަހުމުވާން އޮތް އޮތްއިރު އަދި އެ ކަމާ ގުޅޭ ކަންކަން ހިނގި ގޮތް އެހާ ސާފުކޮށް ގުރުއާންގައި ބަޔާންކޮށްފައި އޮތް އިރު އެކަމަށް އިތުރަށް އަދަބެއް ކަނޑައެޅިފަ ގުރުއާނުގައި އޮންނަންޖެހޭބާ؟ އަކުރުގައި ހިފާ ދަމަން ބޭނުންވާނަމަ ކޮންމެ ކަމަކަށްވެސް ޖުމްލައެއް ބޭނުންވެދާނެ.
ޝެލަރީ
01 September 2022
މީ ރަށްޔިތުންގެ މޫނުމަތީއެޅި ތަފާލެއް