ސެޕްޓެމްބަރ 4، 2022: ކެނެޑާގެ އަސްލު ވަޒަންވެރިން ދިރިއުޅޭ، ޖޭމްސް ސްމިތު ކްރީ ނޭޝަން އާއި ސަސްކަޗެވާން ޕްރޮވިންސްގެ ވެލްޑަން އަވަށުގައި އާންމުންގެ ގަޔަށް ވަޅި ހަރައި 10 މީހަކު މަރާލައި 15 މީހަކު ޒަޚަމްކޮށްލި ހާދިސާގައި ތިހުމަތުކުރެވޭ މީހުން ހޯދުމާއި، ޖަރީމާއާ ގުޅޭ ހެކި ހޯދުމުގައި ކެނެޑާގެ ފުލުހުންނާއި ފޮރެންސިކް ފުލުހުން ހަރަކާތްތެރިވަނީ، --ރޮއިޓާސް
05 ސެޕްޓެމްބަރ 2022 - 12:25
ކެނެޑާގެ މެދުތެރޭ ސަރަހައްދެއްގައި ދެ މީހަކު އާންމުންގެ ގަޔަށް އިއްޔެ ވަޅި ހަރައި، އޭގެ ތެރެއިން 10 މީހަކު މަރާލައި މަދުވެގެން 15 މީހަކު ޒަޚަމްކޮށްލައިފި އެވެ.
މި ހާދިސާގައި ތުހުމަތުކުރެވޭ ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކެނެޑާ ފުލުހުން ބުންޏެވެ. ކެނެޑާގެ އަސްލު ވަޒަންވެރިން ދިރިއުޅޭ ދެ އާބާދީއެއްގެ 13 ސަރަހައްދެއްގައި ހިންގި މި ޖަރީމާއާ ގުޅިގެން ހޯދަމުންދާ ދެ މީހުންނަކީ ނަމުގައި އެއް ގޮތް ކަމެއް ހުއްޓަސް، ތިމާގެކަމުގެ ގުޅުމެއް އޮތް ދެ މީހުންކަން މުޅިން ކަށަވަރު ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ ސަރަހައްދުގެ ފުލުހުންގެ އެންމެ އިސް ވެރިޔާ، އެސިސްޓެންޓް ކޮމިޝަނާ ރޮންޑާ ބްލެކްމޯ ވިދާޅުވި ގޮތުގައި ވަޅި ޖެހުމުގެ ހާދިސާތައް ހިންގާފައިވަނީ، ކެނެޑާގެ އަސްލު ވަޒަންވެރިން ދިރިއުޅޭ، ޖޭމްސް ސްމިތު ކްރީ ނޭޝަން އާއި ސަސްކަޗެވާން ޕްރޮވިންސްގެ ވެލްޑަން އަވަށުގަ އެވެ. ޖޭމްސް ސްމިތު ކްރީ ނޭޝަން އާއި ވެލްޑަން އަވަށަކީ ވަރަށް ކައިރި ކައިރީގައި އޮންނަ ދެ އާބާދީއެކެވެ.
ވަޅި ހެރުމުގެ ކުށުގައި ކެނެޑާ ފުލުހުން ހޯދަމުންދާ (ކ-ވ) މީލެސް ސެންޑާސަން އާއި ޑެމިއެން ސެންޑާސަން
އޭނާ ވިދާޅުވި ގޮތުގައި އެ ދެ އާބާދީގެ 13 ސަރަހައްދެއްގައި ހިންގި ވަޅި ޖެހުމުގެ ހާދިސާތަކުގައި، ޒަޚަމްވި ބައެއް މީހުން، ފުލުހުންނަށް ނާންގައިވެސް ހޮސްޕިޓަލަށް ގޮސްފައިވެދާނެތީ، ޒަޚަމްވި މީހުންގެ އަދަދު 15 އަށް ވުރެ އިތުރުވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، މި ހާދިސާތަކުގައި ޒަޚަމްވި އަދި އަނިޔާ ލިބުނު މީހުންގެ ފުރިހަމަ ތަފްސީލުތައް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އިއްޔެ ވިދާޅުވީ، އެ ހަމަލާތަކަކީ ވަރަށް ހިތްދަތިވި ބިރުވެރި ހަމަލާތަކެއް ކަމަށެވެ. އަދި އެ ސަރަހައްދުގެ ކަންތައް ސަރުކާރުން ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި، އެ ހަމަލާތަކުގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އާއިލާތަކަށް ލިބިފައިވާ ހިތާމައިގައި ސަރުކާރު ބައިވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކެނެޑާ ސަރުކާރުން ބުނި ގޮތުގައި މި ހަމަލާތަކުގެ ތުހުމަތު ކުރެވޭ ދެ މީހުންނަކީ ވެސް އުމުރުން 30ގެ އަހަރުތަކުގެ ދެ މީހުންނެވެ. އަދި އެ ދެ މީހުން އެންމެ ފަހުން އާންމުންނަށް ފެނިފައިވަނީ، ސަސްކަޗެވާން ޕްރޮވިންސްގެ ވެރިރަށް ރެޖީނާގެ ތެރޭގައި، ނިސާން މަރުކާގެ ކަޅު ކުލައިގެ، ޖީޕް ވައްތަރުގެ އުޅަނދެއްގައި ދަތުރު ކުރަނިކޮށް އިއްޔެގެ މެންދުރެއްހާ އިރެވެ.
ސެޕްޓެމްބަރ 4، 2022: ކެނެޑާގެ އަސްލު ވަޒަންވެރިން ދިރިއުޅޭ، ޖޭމްސް ސްމިތު ކްރީ ނޭޝަން އާއި ސަސްކަޗެވާން ޕްރޮވިންސްގެ ވެލްޑަން އަވަށުގައި އާންމުންގެ ގަޔަށް ވަޅި ހަރައި 10 މީހަކު މަރާލައި 15 މީހަކު ޒަޚަމްކޮށްލި ހާދިސާގައި ތިހުމަތުކުރެވޭ މީހުން ހޯދުމާއި، ޖަރީމާއާ ގުޅޭ ހެކި ހޯދުމުގައި ކެނެޑާގެ ފުލުހުންނާއި ފޮރެންސިކް ފުލުހުން ހަރަކާތްތެރިވަނީ، --ރޮއިޓާސް
އާބާދީގައި 2500 މީހުން ދިރިއުޅޭ ޖޭމްސް ސްމިތު ކްރީ ނޭޝަންގައި މިހާރު ވަނީ، މި ހާދިސާތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. އާބާދީގައި 200 މީހުން ދިރިއުޅޭ ވެލްޑަން އަވަށުގައި ވެސް މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ.
މީގެ އިތުރުން، "ނުރައްކާތެރި މީހަކު މުޖްތަމައަށް ދޫވެފައި" ވެއްޖެ ކަމުގެ އިންޒާރުގެ ނޯޓިސް، ކެނެޑާގެ މޯބައިލް ނެޓްވާކްތައް މެދުވެރިކޮށް އެ ގައުމުގެ ވަރަށް ބޮޑު ސަރަހައްދެއްގެ މޯބައިލް ފޯނުތަކަށް މިހާރުވަނީ ފޮނުވައިފަ އެވެ.
ފުލުހުން ބުނި ގޮތުގައި ވަޅި ޖެހުމުގެ ފުރަތަމަ ހާދިސާއާ ގުޅޭ ގޮތުން އާންމުންގެ ފަރާތުން ފުރަތަމަ ރިޕޯޓް ލިބުނީ، ކެނެޑާ ގަޑިން އިއްޔެ ފަތިހު 5:40 ހާއިރު، ސަސްކަޗެވާން ޕްރޮވިންސްގެ ވެރިރަށް ރެޖީނާ އިންނެވެ. އެއަށްފަހު އިރުއިރުކޮޅުން އާންމުންގެ ފޯންކޯލްތަކާއެކު، ވަޅި ޖެހުމުގެ ހަމަލާތަކުގެ ރިޕޯޓްތައް ލިބެމުން ދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ތުހުމަތު ކުރެވޭ ދެ މީހުންނަކީ ހަތިޔާރާއެކު ފިލައިގެން އުޅޭ ދެ މީހުން ކަމަށްވާތީ، އެ ދެ މީހުން އުޅޭނެ ކަމަށް ލަފާ ކުރެވޭ ސަރަހައްދުތަކުގެ އާންމުން މަގުތަކަށް ނުކުމެ ނުއުޅުމަށާއި، ގޮތް ނޭނގޭ މީހުންނާ ބައްދަލުނުކުރުމަށާއި، އެއިން މީހަކު ފެނުނަސް ކުރިމަތިނުލުމަށް ފުލުހުން ވަނީ އަންގައިފަ އެވެ. ހަމަލާތައް ދިން ސަރަހައްދުތަކާއި މާ ދުރު ހިސާބުތަކުގައި ވެސް ފުލުހުން މިހާރު އަންނަނީ ޗެކް ޕޮއިންޓްތައް ގާއިމުކޮށް، އެއްގަމު އުޅަނދުތައް ބަލައި ފާސްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
05 September 2022
ކެނަޑާ، އޮސްޓްރޭލިއާ އަދި ތައިލެންޑް ފަދަ ޤައުމުތަކުން ތަމްރީނުވެފައިތިބި އެތައް ފުލުހުން މިރާއްޖޭގައިވެސް އެބަތިބި. # ހަމައެކަނި މިމައްސަލަ ކެނަޑާ ފުލުހުން ބަލާ ތަޙްޤީގުކޮށް ޕްރޮސިކިއުޓަ ކުރަން ޙަވާލުކުރާގޮތް ބަލާލިއަސް މިދެންނެވި ފުލުހުންނަށް އިގޭނެ ތިމަންނާމެން ކިޔެވިއިރު ކިތަންމެ މަތިން ފާސްވެ ކޯހުން ވަނަވަނަ ހޯދިކަމުގައިވިޔަސް ވަޒީފާ ނުވަތަ ޒިންމާއުފުލުމުގައި ތިބި ހިސާބު. ޔަޤީނަށް ބުނަންކެރިދާނެ މަދު ދުވަސްކޮޅެއްގެތެރޭ ޤާތިލުން ހޯދާނެކަމަށް.
ކިޔު
06 September 2022
މިއީ މި ރާއްޖޭގައި މިހެން ހިނގި ކަމެއްނަމަ، ކޮމެންޓް ވ ތަފާތުވާނެ. ބުނާނެ؛ "ކޮބާ ފުލުހުން؟ އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ!" "ކޮބާ ފުލުހުން؟ ނިދާފަތަ ތިބީ އެތައް ބައެއްގެ ގަޔަށް ވަޅި ހެރިއިރު؟ ކޮމިޝަނާ އިސްތިއުފާ! އިންސާފު ގާއިމުނުކުރެވޭތީ މިކަހަލަ ކަންކަން ހިނގަނީ! ......"
ރަދީފްއޮފިޝަލް
05 September 2022
ނަފްސާނީ ބަލީގެ 02 މީހަކު ހަމައިން ނެއްޓުނު ވަގުތު ހިންގި އަމަލެއް.އެހެންވީމަ މައްސަލަ ފައިލް.ލަދު ކޮބާ؟؟؟ ވ.ވެދުން
ރަދީފްއޮފިޝަލް
05 September 2022
ކޮބާ މިއީ އެއްކަލަ ޕީސްފުލްކަމަށް ދައުވާކުރާ ބައިގަނޑު ދޯ.ތާހިރުވެއްޖެއެއްނު.
ޖުހާ.
05 September 2022
މައިތިރިވޭ. އެއީ މުސްލިމުންކަމެއް ގައިރު މުސްލިމުންކަމެއް އަދި ނޭނގޭ.
ބީރުބޮލު ވަޒީރު.
05 September 2022
ތިއައީ ޓެރަރިސްޓް ޢަމަލެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅޭނީ ތިއަކަންކުރި ބަޔަކު ތަބާވާ ދީން އެނގުނީމަ. ވެއިޓިން.
ރަދީފްއޮފިޝަލް
05 September 2022
ތުނބުޅިއެއް ނެތް.އެހެންވީމަ އެއީ ނަފްސާނީ ބަލީގެ 02 މީހުން.އެމީހުން އަނެއްކާވެސް އެފަދަ މަރުކަޒެއްގަ ބޭތިއްބުމަށް ނިންމާނެ.ބްރޯ ބަލައްޗޭ.ވ.ވެދުން
ލަވަ އަލީ
05 September 2022
މި ދިޔަ ހަފްތާ ހުކުރު ދުވަހު ޕީސްފުލް ކުދިން މިސްކިތެއް ގޮއްވާލިކަން އެނގި ލައްވާތޯ
ރަދީފްއޮފިޝަލް
06 September 2022
އަޕްޑޭޓް: 02 މީހުންގެ ތެރެއިން ޑެމިއެން ސެންޑަސަން މަރުވެފަ އޮތްވާ ފެނިއްޖެ.