މާލޭގައި މިނީ ބަސް ދުއްވަނީ --
11 ސެޕްޓެމްބަރ 2022 - 19:10
މާލޭގައި މިދިޔަ ހަފުތާގެ ހޯމަ ދުވަހު ފެށި މިނީ ބަހުގެ ހިދުމަތަށް ދަތިވާ ގޮތަށް ޕާކު ކޮށްފައިވާތީ މިދިޔަ ފަސް ދުވަހުގެ ތެރޭގައި 538 ވެހިކަލެއްގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހައިފި އެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 538 ވަޔަލޭޝަން ސްޓިކާ ޖަހާފައިވާއިރު 30 ސައިކަލާއި އެއް ކާރު ޓޯ ކުރި އެވެ.
ފުލުހުން ބުނީ މާލޭގައި މިނީ ބަސް ރޫޓުގައި ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުތަކުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރަން ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ.
ބަސް ރޫޓަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ވަޔަލޭޝަން ސްޓިކާ ޖަހާނެ ކަމަށާއި ޓޯ ކުރަން ޖެހޭ ހާލަތުގައި ޓޯ ކުރާނެ ކަމަށް ވެސް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.
މާލޭގައި ބަހުގެ ހިދުމަތް ފެށުމަށްޓަކައި މަޖީދީ މަގާއި އަމީނީ މަގުގައި ވަނީ ޕާކުކުރުން މަނާކޮށްފަ އެވެ. ނަމަވެސް އާންމު ދުވަސް ދުވަހުގެ ބައެއް ގަޑިތަކުގައި މަޖީދީ މަގުގެ ޓްރެފިކް އާދަޔާ ހިލާފަށް ބާރު ބޮޑުވާކަން މިހާރު ވެސް ފާހަގަކުރެވެ އެވެ.
ކޮންމެ ދުވަހެއްގެ ފަތިހު 5:45 އިން ދަންވަރު 12:15 އަށް ތިން ރޫޓަކަށް މާލޭގައި ބަސް ދަތުރުކުރާއިރު، 40 ބަސް ހުއްޓި ވަނީ ހަދައިފަ އެވެ. އެ އިން ކޮންމެ ސަރަހައްދަކަށް ވެސް 10 މިނިޓާއި 15 މިނިޓާ ދެމެދު ބަސް ދަތުރުކުރާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މާލޭގައި ބަހުގެ ހިދުމަތް ފެށުމާއެކު ޓްރެފިކްގެ ކަންކަން މެނޭޖްކުރުމަށް މަގުތަކުގައި ފުލުހުން ގަވާއިދުން ތިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެންވީމާ
12 September 2022
ބަސްތައް ހޯދަން ކުރި ހަރަދު ލިބޭނެ ގޮތް ހައްތަހާވެސް..
ސްޓިކާރ
12 September 2022
ދެން ކޮންތާކް ފާރކް ކުރަން ވީ. ނެތޭ ޕާރކް ކުރާނެ ތަނެއް. ވައުދެއް ފުއްދަން ތިއީ އެންމެ ރަނގަޅު ގޮތެއް ނޫން. ސްޓިކާ ޖެހުމަކީ ހައްލެއް ނޫން ކަމަށް މިސަރުކާރު އައުމުގެ ކުރިން ބުނި. ވާހަކަ ބަދަލު ވި ގޮތެއް ނޭނގެ
ޖައިސާމް
12 September 2022
ބަހަށް އުނދަގޫ ވުމަކީ އާންމު މަސްލަހަތަށް އުނދަގޫވުން. އާންމު މަސްލަހަތަކީ އެންމެ ގިނަ މީހުންނަށް ދަތުރު ކުރެވޭނެ ގޮތް އޮތުން. އެހެންވީމަ ސްޓިކާ ޖެހުން އޯކޭ.
މަރިންތަ
12 September 2022
ބަސް ގަތް ޚަރަދު ރައްޔިތުން އަތުން ހޯދަންވާނެ އެންނުދޯ ރައްޔިތުން ފެލައިގެން އުދުހޭ ސަރުކާރު
ޤައުމުގެ ދޫ
12 September 2022
ދިވެހި ފުލުހުން ފޫގަޅާލައިގެން ނިކުމެ ސަރުކާރުގެ ވިޔަފާރި ކުންފުނިތަކަށް ވިޔަފާރިކޮށްދިނުމަށް މަގުތައްވެސް އެބައި މީހުންނަށް ޤާނޫނުތަކުން ދެވިފައިވާ ބާރުގެ ނާޖާއިޒް ބާރު ބޭނުންކުރަމުންދަނީ ، ، ދިވެހި ފުލުހުން މިހާރު ތިޔަވަނީ ސަރުކާރުން އަންގާހާ ކަމެއް ކުރާ ބަޔަކަށް ވެފައި .،
ހަސަނު
12 September 2022
ފުލުހުން އެ ކުރައްވާ މަސައްކަތަށް ސާބަސް.. ހިތު ހުރި ތަނެއް ގާ ޕާކު ކުރުމުގެ ސަގާފަތު ނައްތާލަން ޖެހޭ.. ޕާކު ކުރާނެ ތަނެއް ނެތްނަމަ ހިނގާފަ އުޅެވޭނެ މާލޭގަ، މީ އެގާ ބޮޑު ތަނެއްނޫން.... އިސްޓިކާގެ ޖޫރިމަނާ އަގު މިހާރަށްވުރެ ބޮޑު ތަނުން ބޮޑުވާން އެބަޖެހޭ..
ޢަޒްމަލް
13 September 2022
މޮޔަ…..
އާންމު
12 September 2022
ރަނގަޅު ހަމަ!
މެކްސް
12 September 2022
ތިގެއްލުނީ 538 ވޯޓް، ގެރޭ.
ހަސަނު
12 September 2022
538 ވޯޓު ގެއްލިފަ އެކަލުން ފަސޭހަ ލިބުނު 500000 ވޯޓު އެ ލިބުނީ..
ދޮންކަބިލި
11 September 2022
ބައެއް ޕާކިން އޭރިޔާ ތަކަށް ވަންނަންއިނަ ދޮރު ބްލޮކުވާގޮތަށް ހުންނަ ސައިކަލްތަކުގައިވެސް ސްޓިކާ ނޫނީ ޓޯކުރަންޖެހޭ.. ގޮތެއް ފޮތެއްނުހުރޭބައެއްމީހުންގެ.....
ބޮޑުމީހާ
11 September 2022
ރާއްޖޭގެ އިގްތިސާދީ 3 ވަނަ މަސައްކަތް. އިސްޓިކާޖަހައިގެން ފައިސާ ހޯދުން. ގަދަވަޔާއި ވިއްސާރަ އަދި ހޫނުގަ ފުލުހުން އިތުރަށް ހިތްވަރުކޮށްފިނަމަ މިއަށްވުރެ ނަތީޖާ ރަގަޅުކުރެވޭނެ
ޕެރޮޓު
12 September 2022
ޚަބަރާ ގުޅޭ ވާހަކަޔެއް ލިޔެލަމާ
ހަސަނު
12 September 2022
ސްޓިކާ ޖަހަން ޖެހޭ.. މިހާރަށް ވުރެ ގިނައިން ޖަހަން ޖެހޭ.. އިސްޓިކާގެ ޖޫރިމަނާ 1000 ރުފިޔާއަށް ބޮޑު ކުރާން ޖެހޭ... ރަނގަޅަށް ޕާކު ކުރާނަމަ އިސްޓިކާ ނުޖަހާނެ..