ކެނަބިސް ޓްރެފިކްކުރުމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން އަންނަ ދެ މީހުން -- ފޮޓޯ" ޕޮލިސް މީޑިއާ
18 ސެޕްޓެމްބަރ 2022 - 12:05
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން، މިހާތަނަށް ކޯޓަށް ހާޒިރު ނުކުރެވޭ ދެ މީހަކު ހޯދަން އެ މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެ ފިރިހެނުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުންޏެވެ.
އެ މައްސަލައިގައި ފުލުހުން ހޯދަނީ:
• އިބްރާހިމް އިރުފާނު، 21 - ހައިވަކަރުގެ / ތ. ވިލުފުށި
• އުޝާން އަދުނާން، 26 - ދަފްތަރު ނަންބަރު ދރ. 521 / މާލެ
ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވަނީ އަންނަ އަންގާރަ ދުވަހު، މެންދުރު ދޭއް ޖަހާއިރު އެ މީހުން ކޯޓަށް ހާޒިރުކުރުވުމަށެވެ.
އެ ދެ މީހުން ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުރޭ
18 September 2022
މި ދެމީހުންގެ ޕާސްޕޯޓު ހިފަހައްޓަން ފުލުހުން ކޯޓުގައި އެދުނު ތޯ .؟
ވަކީލު
18 September 2022
2020 ގެ މައްސަލައެއް ޑްރަގް ޓްރެފިކިންގެ މައްސަލައެއްގައި މި ދެމީހުން ތަޙްޤީގަށް ބަންދުކުރަން އެދުމުން ކްރިމިނަލް ކޯޓުގެ ޤާޟީ ވަނީ މި މީހުންނަކީ މުޖްމަތައު އަށް ނުރައްކާތެރި ބައެއް ނޫން ކަމާއި ހެކިން ގޮތުގައި ފުލުހުން ނޫން ބައެއް ހުށަހަޅާފައި ނުވުމާއި އެކު ބަންދުގައި ބެހެއްޓެން ނެތް ކަމަށް ނިންމާ ދޫކޮށްލާފައި. އޭގެ ފަހުން ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓަށް މި މީހުންގެ ބަންދާއި މެދު ކްރިމިންލް ކޯޓުން ނިންމި ނިންމުން އަލުން ބަލަން ޙުކުމް ކޮށްފަ
ޖަޖް
18 September 2022
ޤާޟީންގެ ޕަރފޯމަންސް އޮޑިޓެއް ޖޭ.އެސް.ސީ އިން ހަދަން އެބަޖެހޭ.
ހށނ
18 September 2022
އެމީހުން ހޯދާފަ ހަފްތާ ބަހާނެގޮތް ބުނެދީފަ ފޮނުވާލާ!
ބަލަަބަލަ
18 September 2022
ހަދާ ބޮޑެތި ދޮގު ބުނިނަމަ 500ގ ގެ އަގު ފަސް މިލިއަން އަށް އަރާނޭ
ގުލޭ
18 September 2022
އުފެދޭ ސުވާލަކީ ކީއްކުރަން ހޯދާ ބައެއް ބާއޭ,
އަލީހަމީދު
18 September 2022
ސާބިތުނުވެގެން ދޫކޮއްލަން. ކަލެޔަށް ހާދަ އެއްޗެއް ނޭގެޔޭ.
އަސްލަމް އެންޑް އަޝްރަފް
18 September 2022
ދަފްތަރުގާޖެހިގެން މާލެވެގަނެގެން މާލޭމީހުންގެ ނަން ހަޑިކުރަނީ. އެހެންނޫންތޯ އަފީފް؟ ރަނގަޅަށްވިއްޔާ އަފީފްވެސް އޮންނާނީ ދަފްތަރުގާ، މާލޭމީހުންދެކެ ކިތޭވަރަށް ރުޅިއެރިޔަސް.
ޙިނި
18 September 2022
މިކަހަލަ މީހުނައް ބުރަމަސައްކަތާއެކު ހަރުކަށި އަދަބު ނުދޭހާ ހިންދަކުން ތިބައިގަންޑު ގިނަވާނީ
ށަވިޔަނި
18 September 2022
ތިގޮތަށް ހޯދާ ފައިސާއިން ކުޑަހިނދުކޮޅަކަށް އުފަލާ މަޖަލުގައި އުޅެވިދާނެ. ނިމުން ވަރަށް ހިތިވާނެ.
ޟަރީ
18 September 2022
އިހުޒަމާނުގަ ކެނަބިސް މާލޭ ފިހާރަތަކުން ލިބެން ހުންނައެއްޗެކޭ ކިޔާއުޅޭ، އެއީ ކުރީގަ ހުއްދައެއްޗެއްތަ؟
ކެރެޓޭ
18 September 2022
އިހުޒަމާނުގަ ލިބެން ހުންނަނީ ވެލާބިސް….