ކްރިމިނަލް ކޯޓު: އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާއަށް ފުލުސް މީހާ ކޯޓުގައި ވަނީ އެއްބަސްވެފައި --- ފޮޓޯ/މިހާރު
18 ސެޕްޓެމްބަރ 2022 - 14:27
ބަންގްލަދޭޝް މީހެއް ކަމަށްވާ އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނެ ދައުލަތުން ދައުވާކުރި ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއު ކޯޓުގައި މިއަދު ދައުވާއަށް އެއްބަސްވެއްޖެ އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ) ގައި މަސައްކަތްކުރާ އެ ފުލުސް މީހާގެ މައްޗަށް ކުރާ އެއް ޖިންސުން ގުޅުން ހިންގުމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފެށުމާ އެކު، އޭނާ ކުށަށް އިއުތިރާފްވެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އޭނާ ކުށަށް އިއުތިރާފްވުމާ އެކު، އަވަސް ނިޔާގެ އަޑުއެހުމެއްގައި އަންނަ ބުރާސްފަތި ދުވަހު ހުކުމް އިއްވަން ވަނީ ހަމަޖައްސައިފަ އެވެ.
ގާނޫނުލް އުގޫބާތުގެ ދަށުން ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ، އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމެވެ. އެކަމަކު ކުށަށް އިއުތިރާފްވެއްޖެ ނަމަ، އަދަބު އެއަށް ވުރެ ލުއިވާނެ އެވެ.
އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި އަލަމްގިރިގެ މައްޗަށް ހަތް މަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. އަދި އެ މައްސަލާގައި ވަކީލް ނާޒިމް ސައްތާރުގެ މައްޗަށް ވެސް ތިން މަހާއި 26 ދުވަހުގެ ގޭ ބަންދުގެ ހުކުމެއް ވަނީ އިއްވައިފަ އެވެ. އެ ދެ މީހުން ވެސް ކޯޓުގައި ކުށަށް އިއުތިރާފްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރޭމްޗޯޕްރާ
19 September 2022
އެއްޖިންސުން ގުޅުންހިންގުން މީކީ މާބޮޑުކަމެއް ނޫންތާ. ބައެއް ރައްޓެހިންގެ ފަރާތުން މިކަމުގެ ޝައުޤުހުންނަކަމާއި ބައެއް އެކަހަލަ މީހުންނާ ދަންވަރު މީޓުކުރާކަން ދޭހަވާމޭރުމުން ވާހަކަވެސް ޖެހިލުމެއްނެތި ދައްކަންވެސް ފަށައިފި.
ޗުންޑުސް
19 September 2022
ކޮބާ މިކަމުގަވެސް ގިނައީ ރާއްޖެތެރޭ މީހުންނޭދޯ…..ހެ ހެ ހެ
ޏަވިޔަނި
18 September 2022
ޤާނޫނު އަސާސީ ހެދީ ހުސް އެކަމަށް ލޯބި ކުރާ ބައެއް ކަމަށް ބެލުމުގެ ފުރުޞަތު އެބައޮތް ކުށަށް ކަނޑައަޅާފަ އޮތް އަދަބަށް ބެލީމަ. މިގައުމުގަ އެކަން އިންތިހާއަށް އޮތީބާ؟؟
މިއީ މަށޭ
18 September 2022
އޭ މަށޭ ކިޔާތަ އެބަ؟
1828
18 September 2022
އަދަބަކީ އެއްމަސް ދުވަހަށް ގޭބަންދު. މިއީ ބޮޑު ޗޯކެއް. މިއީ އިސްލާމްދީނަށް ކުރާ މަލާމާތެއް.
ޙިނި
18 September 2022
މިމީހުން ޖަލައްލީމަވެސް އުފާވާނީ
ކޮމެންޓު
18 September 2022
ދެ މީހުން ރިސޯޓަކަށް ފޮނުވަން ހުކުމް ކުރީމަ ރަނގަޅުވާނެ
ފެކްޓްސް އޮފް ލައިފް!
18 September 2022
މީގަ އަހަން ޖެހޭ ސުވާލަކީ، ކީއްވެހޭ ފެންނަ ފެނުމައް މައްސަލައެއް ނެތް ބޮޑެތި ފިރިހެނުން އެހެން ފިރިހެނެއްކައިރިއައް ޖިސްމާނީ އެދުން ފުއްދަން އެދަނީ. މިފަހަރު ފަޅާއެރީ މިފަދަ ކަންކަން ހިނގާ ވަރުގެ ނިސްބަތުން ކުޑަ އަދަދެއް! ދުވަސް ކޮޅެއް ކުރިން މި ގައުމަކު ޑްރަގްސް ނެތޭ ބުނި. ގޭންގްއެއްނޫޅެޔޭ ބުނި. ވައްކަމެއް ނުކުރެޔޭ ވިޔާ. ޒިނޭ ނުކުރެޔޭ ބުނޭ. އެބޯޓް ނުކުރެޔޭ ބުނޭ! ކަނުވެ ތިބީމަ ކާކައްބާ ފައިދާ ވާނީ؟
އޮނަރަބްލް އަފީފު ދީދީ
18 September 2022
އަލަމްގިރި އާއި ނާޒިމް ސައްތާރަށް ވުރެން ބޮޑު އަދަބެއް ފުލުސްމީހާގެ މައްޗަށް އަންނާންޖެހޭނެ ކަމަށް ދެކެން. # ދައުލަތުގެ ޒިންމާއެއް ބޮލުގައި އަޅައި ރައްޔިތުނާއި މުޖުތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭންތިބި ފުލުހުންގެ ފައުޖުގައި ހިމެނޭ މިމީހާއަކީވެސް އިސްލާމްދީނަށާއި ރާއްޖޭގެ ޤާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށް ﷲ ގަންދީ ހުވާކޮށްގެން ހުރިމީހެއް.
ސިދުގީ
18 September 2022
ނާޒިމް ސައްތާރަކީވެސް ބޮޑުހުވައެއްކޮށްގެން ހުރި ވަކީލެކެވެ.
ދިއްދޫމީހާ
18 September 2022
ދެން އަޅެ ވާގޮތެއް ބަލާލަން އަލީ ހަމީދުގެ މައްސަލަވެސް ކޯޓަށް ވައްދާބަލަ..