ނައިބު ރައީސް ފައިސަލް ނަސީމް، އިއްޔެ ހުޅުމާލެ ހޮސްޕިޓަލަށް ވަޑައިގެން، މެންޓަލް ހެލްތު ސެންޓަރާ ގުޅޭ މައުލޫމާތު އޮޅުންފިލުއްވަނީ.-- ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް
19 ސެޕްޓެމްބަރ 2022 - 11:34
ނަފްސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ވަކި ސެންޓަރެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
އެ ހޮސްޕިޓަލްގެ ފްރޮންޓް އޮފިސް އަދި ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަބްދުﷲ މައުރޫފް މިއަދު ވިދާޅުވީ، އަންނަ މަހުގެ 10 ގައި ފާހަގަކުރާ ނަފްސާނީ ސިއްހަތުގެ ދުވަހު އެ ތަން ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އިއްޔެ އެ ހޮސްޕިޓަލަށް ވަޑައިގެން، މެންޓަލް ހެލްތު ސެންޓަރުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފަ އެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފެށުމާއެކު އެންމެ ބާރުބޮޑުވި އެއް ތަނަކީ ހުޅުމާލެ ހޮސްޕިޓަލެވެ. އެހެންވެ، އެ ތަނުން ވެސް އަންނަނީ ހޮސްޕިޓަލްގެ ޖާގަ އިތުރުކޮށް، އާ ހިދުމަތްތައް ތައާރަފްކުރަމުންނެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ މަސައްކަތްތަކަކާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް މައުލޫމާތު ސާފުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
މައުރޫފް ވިދާޅުވީ ސައިކޭޓްރިސްޓަކާ އެކު، ނަފްސާނީ ބައްޔަށް ފަރުވާ ދޭން ފެށީ މީގެ ދެ މަހެއް ކުރިން ކަމަށެވެ. އެކަމަށް ފަރުވާ ހޯދަން ގިނަ ބަޔަކު ނަން ނޯޓު ކޮށްފައިވިއަސް، މި ވަގުތު ދިމާވާ އެންމެ ބޮޑު ދައްޗަކީ އެންމެ ސައިކޭޓްރިސްޓެއް ހުރުމެވެ.
ނަމަވެސް މެންޓަލް ހެލްތު ސެންޓަރު ހުޅުވާނީ އިތުރު ސައިކޭޓްރިސްޓުންނާއި ސައިކޮލޮޖިސްޓުންނާ އެކު ކަމަށް މައުރޫފް ވިދާޅުވި އެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް މި ވަގުތު ވަކި ސެންޓަރެއް ހިންގަނީ އައިޖީއެމްއެޗްގައި އެކަންޏެވެ. އެކަމަކު އެ ސެންޓަރުން ފަރުވާ ހޯދުމަށް ވެސް އެވްރެޖުކޮށް އަހަރެއް ވަންދެން މަޑުކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނގަޅަށް ތިކަން ކުރާތި
20 September 2022
ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލާއިރު ގިނަ ސިކުނޑީގެ މައްސަލަ ހުންނަ މީހުން. ހަލާކުކުރުމުގެ ވިސްނުން ހުންނަމީހުން ވަރަށް ގިނަ ރާއްޖޭގަ. މީހުން އުފެއްދޭނީ އެކުދިންގެ ހަލާކޮއްގެންތަ؟ ރަންނަމާރި ނޫފެއްދިގެން އެ މީހުން އެއުޅެނީ.
ސަންފާ
19 September 2022
އެހެން ރަށެއްގަ ނަހަދާތި. އާބާދީ އޮތަސް.
މައިހާ
19 September 2022
އެއީ ވަކިން ހަދަން ޖެހޭ ތަނެއް ތަންކޮޅެއް ހަމަ ހާވާލާފަ ހަދާލަންވީ ކަމަކު ނުދާނެ