ގެނަމަފުށި ބަނދަރުމަތި: އަންނަ މަހުގެ އެކެއްގައި ބާއްވާ ރަށުގެ މާހެފުމުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފައި.---ފޮޓޯ: މިހާރު
21 ސެޕްޓެމްބަރ 2022 - 19:07
ގއ. ގެމަނަފުށި މަސްދޯންޏަކުން މަހަށް ނުކުމެ އުޅުނު މީހަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.
ނިޔާވީ ގެމަނަފުށީގައި ދުއްވާ "ދޮންދީދީީ" މަސްދޯނިން މަހަށް ގޮސް އުޅުނު، އެ ރަށު ނިއުލައިންގޭ، މުހައްމަދު ވަސީމް، 50، އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު "މިހާރު" އަށް، ވިދާޅުވީ ވަސީމް ނިޔާވި ޚަބަރު ލިބުނީ މިއަދު އަސަރުގެ ފަހުން ކަމަށެވެ. އެ ދޯނިން ވަސީމް މަހަށް ފުރީ މި ހަފުތާ ކުރީކޮޅުގައި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"ވަސީމަކީ ރަށުން ފުރި އިރު ވެސް ހަމަ ސިއްހަތު ރަނގަޅުކޮށް ހުރި މީހެއް. ބަލިވެއެއް ނޫން އުޅުނީ،" އޭނާ ވިދާޅުވި އެވެ.
"އޭނާ އަކީ މީހުންނާ ގުޅޭ ވަރަށް ހިތްހެޔޮ މިޒާޖެއްގެ މީހެއް."
އޭނާ ވިދާޅުވީ އެމްއެންޑީއެފްއާ ގުޅިގެން ވަސީމްގެ ހަށިގަނޑު ރަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ވަސީމް ނިޔާވި އިރު ދޯނި އޮތީ ގެމަނަފުއްޓާ 50 ވަރަކަށް މޭލު ދުރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައްޙާފް
22 September 2022
އަޅުގަނޑުމެން 25 ބުރި ޓަވަރު އަޅައިފީމު، ބްްރިޖް އަޅައިފީމު، ގައުމުގައި ބިޔަ 2 ޔުނިވާސިޓީ ހެދިއްޖެ، ހުރިހާ ރަށެއްގައި ތައުލީމު، ފެން، ނަރުދަމާ ބަނދަރު ކަރަންޓު އެޅިއްޖެ. މިއީ ތަނަށް އަންނަ ތަރައްގީ. މީހާގެ ތަރައްޤީ އަދި އުޅެނީ ފަހަތުގައި. މުޅި ގައުމުގައި ހިލޭ ތައުލީމީ ނިޒާމެއް އޮތް އިރު، ބޭސިކް ފަސްޓް އެއިޑް އަކީ ކޮންމެ ދަރިވަރަަކު ހަދަން މަޖުބޫރު ޔުނިޓަކަށް ހަދާނީ ކޮން އިރަކުންބާ؟
އެހެންޏާފަހެ
22 September 2022
ކޮފީއަކަށް އަރާފައި ފެގު ބޯލީމައި މީހުން ތިބޭނީ ވަރަށް ތަރައްގީވެފައި!
މަ މަ މަ
21 September 2022
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ ........