ރައީސް ޑރ.މުހައްމަދު ތ.ހިރިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
24 ސެޕްޓެމްބަރ 2025 - 19:39
މަސްދޯނިފަހަރުގައި ފެންފިނިކުރާ ނިޒާމު ގާއިމްކުރަން ސަރުކާރުން ފަށާފައިވާ ސްކީމުގެ ދަށުން އިތުރު 200 ލޯނު ދޫކުރަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތ.އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ހިރިލަންދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ދޯނިފަހަރުގައި އާރްއެސްޑަބްލިއު ނިޒާމު (ފެން ފިނިކުރާ ނިޒާމު) ގާއިމްކުރަން ދޫކުރި ލޯނުތަކުގެ ތެރެއިން ނިސްބަތުން އެންމެ ގިނަ ލޯނު ލިބުނީ ހިރިލަންދުއަށް ކަމަށެވެ. އެރަށުގެ ހަ އޮޑިވެރިއަކު އެ ލޯނަށް ހުށަހެޅި އެޕްލިކޭޝަން ކާމިޔާބުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ހަތަރު އޮޑިވެރިއަކަށް އެ ލޯނުގެ ފައިސާ މިހާރު ދޫކުރަން ފަށާފައި ވާއިރު އަނެއް ދެ އޮޑިވެރިންނަށް ފައިސާ ދޫކުރަން އަންނަނީ ތައްޔާރުވަމުންނެވެ،
"އާދެ، އާރްއެސްޑަބްލިއު ސިސްޓަމަކީ ވަރަށް ޒަމާނީ ސިސްޓަމެއް. އައިސް ހޯދުމަށް ހުރި ދަތިތައް ހައްލުވެގެންދޭ ދޯނިފަހަރުގައި އެ ނިޒާމު ގާއިމްކުރެވިގެން ދިއުމުން. އަޅުގަނޑުމެން މިހާރު މި ދަނީ އޭގެ އާ ފޭސް އެއް ނުވަތަ އިތުރު ލޯނުތައް ދޫކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން. އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ، ހަމަ މިއަހަރު ތެރޭގައި، ކުރިއަށް އޮތް މަސްވެރިންގެ ދުވަހުގެ ކުރިއަށް، އަަޅުގަނޑުމެން އިތުރު 200 ފަރާތަކަށް އާރްއެސްޑަބްލިއު ލޯނު ދޫކުރުމުގެ މަަސައްކަތް ފަށާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އޭރުން 300 އެއްހާ އޮޑިވެރިންނަށް އާރްއެސްޑަބްލިއު ލޯނު ދޫކުރެވޭނެ ކަމަށެވެ.
މަސްވެރި ރަަަށަކަށް ވާތީ ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖެއް ގާއިމްކޮށްދޭން ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދު ވެސް ރައީސް މިއަދު އަލުން އާކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައި އެ އަހަރުގެ ކުރީކޮޅު އެ މަސައްކަތް ފަށައިގެން ކުރިއަށް ގެންގޮސް ނިންމައިލާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަޝީ
25 September 2025
ސާބަހޭ ރައީސް. މުއިއްޒު އަކީ އަހަރުން ބޭނުންވާ ކަހަލަ ރައީސްއަކީ. ދެން އޮތް ދައުރެއްވެސް ލިބެން ޖެހޭނީ ސީދާ މުއިއްޒުއަށް. އެމްޑީޕީ އަށް އޮތީ ބޮޑު ނޯ އެއް. ހާއްސަކޮށް ފައްޔާޒުއަށް
ސައުދާ
25 September 2025
މި މީހުން ކިޔާނެ ސަރުކާރު ކަޑައޭ. މަށަށް މި ފެންނަނީ މުޅިން ތަފާތު މަންޒަރުތަކެއް. ބަނގުރޫޓު ކޮށްލާފަ އޮތް ގައުމެއް ނަގާ ކޮޅަށް ޖަހާތަން މި ފެންނަނީ. މަސްވެރިންނަށްވެސް މިސަރުކާރުން މިހާވަރަށް މި އަޅާލަނީ
އަފްނާންް
25 September 2025
ސަރުކާރުން 300 ދޯނިވެރިންނަށް ސަޕޯޓް މި ދެވެނީ. ޒަމާނާ އެއްވަރަށް އަހަރުން ބަދަލުވާން އެބަ ޖެހޭ
ބައްސާމްް
25 September 2025
އަޅުގަނޑުމެންގެ ސަގާފީ ދިރިއުޅުން ޒަމާނީ ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް
އާދަމް އިޝާމް
25 September 2025
ވަރަށް މުހިއްމު ކަމެއް. ލަސްވެސްވެއްްޖެ ކުރަން. މީ މަސްވެރިކަން ކުރުއަރުވަން ކުރެވޭނެ މުހިއްމު ކަމަކަށް ވާނެ.
ޖީހާންް
25 September 2025
މަސްވެރިކަމަށް މި ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފަށްފަށުން ޝުކު ދަންނަވަން.
މުހައްމަދު...
24 September 2025
ލޯނަކީ ކޮށްދޭ ހެޔޮކަމެއްނޫން.. ލޯނަކީ ބޮޅުގަ އެޅޭ މަޅިޔެއް.. އެހެންނަށް ލޯން 1000ރ ނަގާފިއްޔާ ދައްކަން ޖެހޭ ޖުމުލަ އަދަދަކީ 1000ރ ކަމުގައި ވާނަމަ ވަރަށް ވެސް ހެޔޮފުޅު.
ރުހާމްް
25 September 2025
މަސްވެރިކަމަކީ ވިޔަފާރިއެއް. ވިޔަފާރިތަކަށް ލޯނުގެ ފުރުސަތު ހުޅުވިފަ އޮތުމަކީ ކުރިއެރުމަށް ލިބޭނެ ބޮޑު ފުރުސަތެއް.
އަފްރާސިޔާބު
25 September 2025
1000 ރުފިޔާގެ ލޯނެއްދޭނީ 2000 ރުފިޔާ ދައްކަން އެއްބަސްކުރުވާފައި. އެެކަމަކު 100 ރުފިޔާގެ ކުރެޑިޓް ކާޑު ޕޭމަންޓެއް 107 ރުފިޔާ ދައްކަންޖެހޭނަމަ އޭގެ މާނަ އަކީ %7 ޕަސެންޓް ކުރެޑިޓް ކާޑަށްވެސް އެބަޗާޖްކުރެޔޭ. ވަގުވަގަށް އިތުރު ޕަސެންޓެއް އެބަޗާޖްކުރެޔޭ.
ލަބާން
25 September 2025
ހެޔޮ ކަމެއް ނޫންވީމަ ނުނެގީމަ ވީނު. މީހަކު މި ނަގާކަށް މަޖުބޫރެއް ނުކުރޭ