ޚަބަރު / ކްރިމިނަލް ކޯޓް

ބޫޓުގެ ތެރެއިން ޑްރަގް ފެނުނަސް، މުހިންމު ލިޔުމެއް ނެތުމުން ކުށް ސާބިތެއް ނުވި

ބޫޓެއްގައި ފޮރުވައިގެން ކުރިން އެތެރެކުރި ޑްރަގްތަކެއް: އެފަދަ ގޮތަކަށް ޑްރަގް އެތެރެކުރި މައްސަލައެއްގައި ދައުވާލިބުނު މީހުން ވަނީ ސަލާމަތްވެފައި

އަރައިގެން ހުރި ބޫޓު ތެރެއިން ބައި ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި މުހިންމު ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނެތުމުން، ދައުވާ ލިބުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވެ، އިއްޔެ ސަލާމަތްވެއްޖެ އެވެ.

ދެ ދިވެއްސެއްގެ މައްޗަށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދައުވާ ދައުލަތުން ކުރީ 2013 ވަނަ އަހަރު އިންޑިއާ އިން ރާއްޖެ އައުމުން އެ މީހުން ފާސްކުރިއިރު، އޭގެ ތެރެއިން އެކަކު އަރައިގެން ހުރި ބޫޓުގެ ދެ ކިބައިގެ ތެރެއިން ބައި ކިލޯއެއްހާ މަސްތުވާތަކެތި ފެނުނު މައްސަލައެއްގަ އެވެ. ދެވަނަ މީހާ އަށް ދައުވާކުރީ އެކަމަށް އެހީތެރިވި ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ލައިގެން ހުންނަ އަންނައުނު ތެރެއިން މަސްތުވާތަކެތި ފެނިއްޖެ ނަމަ އެއީ އެ މީހަކު ގެންގުޅުނު އެއްޗެއް ކަމަށް ބެލެވޭނެ ކަމަށް ގާނޫނުގައި އޮންނާތީ ބޫޓުގެ ތެރެއިން ފެނުނަސް އެއީ އެ މީހެއްގެ އެއްޗެއް ކަމަށް ބެލެވޭނެ ކަމަށެވެ.

ހުކުމުގައިވާ ގޮތުން މަސްތުވާތަކެތި ފެނުނީ އެ މީހާގެ ބޫޓު ތެރެއިންކަން ކަށަވަރު ވާނީ އޭގެ ޗެއިން އޮފް ކަސްޓަޑީ ފޯމް އޮވެގެންނެވެ. އެއީ މަސްތުވާތަކެތި ނެގުމަށް ފަހު އެތަކެތި ނެގި ތަނާއި ވަގުތާއި އަދި ނެގި މީހާ އާއި އޭގެ ފަހުން ފުލުހުންގެ ތެރޭގައި އެކަކު އަތުން އަނެކަކު އަތަށް އޭތި ބަދަލުވަމުންދާ ގޮތް އެނގޭ ލިޔުމެވެ.

އެ މައްސަލާގައި ޗެއިން އޮފް ކަސްޓަޑީގެ އަސްލު ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށާއި ހަމައެކަނި ހުށަހެޅީ ތަހުގީގު މަރުހަލާގައި މާ ފަހުން ފުރާފައިވާ ފޯމެއް ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، އެއީ ދައުވާ ލިބުނު މީހެއްގެ ބޫޓު ތެރެއިން ފެނުނު މަސްތުވާތަކެތިކަން ކަށަވަރުވާނެ ގޮތެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

"އަރައިގެން ހުރި ބޫޓުގެ ދެ ކިބައިން ފެނުނު ތަކެތި ކަމާ މެދު ޝަރީއަތުގެ ކުރިމަތީގައި ސުވާލު އުފެދިފައިވެ އެވެ." ހުކުމުގައިވެ އެވެ.

މީގެ ކުރިން ވެސް، ޗެއިން އޮފް ކަސްޓަޑީ ފުރިހަމަނުވާ މައްސަލަތަކުގައި ކުށް ސާބިތުނުވާ ކަމަށް ހައި ކޯޓުން ހުކުމް ކޮށްފައިވާކަން އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ، މި މައްސަލާގައި ވެސް ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.

57 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 12%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމްސް

24 September 2022

އެހާ ސީދާ ސާދާކޮށް އޮތް ކަމެއް ނިމުނީ މައްސަލައަށް 10 ވަނަ އަހަރު؟ ފުލުހުންގެ އިޙުމާލުވެސް އެބަ އޮތް!

The name is already taken The name is available. Register?

ބބބވވ

23 September 2022

ހަގީގަތަކީ ޗެއިން އޮފް ކަސްޓޮޑީ ފުލުހުންގެ އަތުގަ ނޯންނަނީ ކީ ނޫން ހެން ހީވަނީ. އަބަދު ޗެއިން އޮފް ކަސްޓޮޑީ ނެތިގެން ޑްރަގްމީހުން ދޫވާއިރު، އެއީ އޮޅުމަކުން ވާކަމެއްނޫންކަން އެނގޭދޯ. ފުހުހުން ތިބެނީ ޑްރަގް ލޯޑުންނާ އަޑިއަޑިން ގުޅިފައޭ ކިޔާ އަޑު އަހަން.

The name is already taken The name is available. Register?

ތެދެކޭތީ

23 September 2022

މިއީ އަހަރުން ގޭ ކައިރީ އުޅޭ ސޮރެއްގެ ވާހަކަ. މީނަ ދުވަހަކުވެސް އަތުން ފައިން މަސައްކަތެއް ކޮށްފައެއް ނުވާނެ. ހުރިހާ ވެސް މަސައްކަތަކީ ތަނަކުން އަންހެނެއް، އަންހެން ކުއްޖެއް ފެނިއްޖެނަމަ ފޮށުން. މީނަ ދުއްވާ ކާރުގެ އަގުވެސް އަހަރެމެންނަށް 10 އަހަރު ތެރޭ ލިބޭ މުސާރައަށް ވުރެން ބޮޑު. އެތައްދުވަހެއްގެ މަތިން ފުލުހުން އެގޭގެ ދޮރު ވައްޓާލާފަ އެގެއަށް ވަދެ މަސްތުވާ ތަކެތި ގެންދޭ. މި ސޮރަކީ މި ވިޔަފާރި ކުރާ ބޮޑު މީހާކަންވެސް އެންމެންނަށް އެނގޭ.

The name is already taken The name is available. Register?

ހަސަނުލް

23 September 2022

ހިހިހީހީހީ ހުހުހުހޫ ހޭހޭހޭ ދެން އެޖެންޑާ 19 ގަހިމެނޭ ކަންތަކަކީމީބާ

The name is already taken The name is available. Register?

އެކަލޯ

23 September 2022

ހިތާމަ ހުރި ކަޑައެޅިގެން ގާޒީއަށްވެސް ދެންތިބި މީހުނަށްވެސް އެއީ އެމީހާ ކުރި ކަމެއްކަން ޝައްކެއް ނެތް މިންވަރަށް އެނގޭ އިރު ލިޔުމެއްގެ ބަހަނާ ދައްކާފަ ދޫކުރުމަކީ ބުއްދީގެ ހަމަތަކުންވެސް ގަބޫލު ކުރެވޭނެ ކަމެއްނޫން.

The name is already taken The name is available. Register?

އެމްސް

24 September 2022

2013 ގަ މައްސަލަ ލީ، ޙުކުމް 2022 ގަ!

The name is already taken The name is available. Register?

ކިހާބޮޑުކަމެއް

27 September 2022

ގަމާރުންނަކީ ބުއްދި ބޭނުންކުރާ ބައެއްނޫން. އެމީހުންނަށް އެގޭނީ ފޮތުގައި ލިޔެފައިވާގޮތަށް ކޮޕީކުރުން.

The name is already taken The name is available. Register?

ބަންޑާއާޗޭ

23 September 2022

މިސާލުނަގަން ސަދޫމް ޖަސްޓިސް އޭ ބުނީމަ ކަމަކު ނުދާނެ. މިހާރު ބުނެވިދާނެ، ބަންޑައާޗޭ ޖަސްޓިސްއޭ! ނޫނީ ޕާކިސްތާން ޖަސްޓިސްއޭ! އެހެނީ އެއްތަނަކީ 2004 އ ސުނާމީގައި ޣަރަގުވެ މާގިނަމީހުން ނިކަމެތިވެ ހަލާކުވެ ނެތިދިޔަތަނެއް. ދެން އަނެއްތަނަކީ މިހާރު ފެނުއަޑީގަ ބޮޑުބައި އޮތް ތަން. ޢެހެންކަމުން ސަދޫމްއޭ ނުބުނޭ! މިސާލުޖަހާއިރު، ތަފާސް ހިސާބުން އެއްކަހަލަ ކަންކަން ރަގަޅުވާނީ.

The name is already taken The name is available. Register?

ގެދާނޯމަސް

23 September 2022

ކަލޭ މަހަށްދާންވީނު. ސަދޫމް ޖަސްޓިސްއޭ ބުނަނީ އެތަނުގެ ޝަރީއަތްތައް ހިގާހެން މިތަނުގަވެސް އެކަންކުރާތީ.

The name is already taken The name is available. Register?

ޗޭނު ކަސްޓަޑު

23 September 2022

ކިހާ ބޮޑުކަމެއް. ޗެއިން އޮފް ކަސްޓަޑީ އާބެހޭ ތަމްރީނު ނުލިބޭ ބައެއްތަ ފުލުހުންނަކީ؟ ފުލުހުންނަށް ނޫން އެއްމެނަށް އެގޭ އެއްޗެކަށް މީތި ވެއްޖެ. މިހާގިނައިން މިމައްސަލަ ޖެހެނެޏާ މިއި ގަސްދުގައި ނުހަދަނީކަމަށް ބެލެވެން ފަށާފާނެ!

The name is already taken The name is available. Register?

ހަރާމްޒާދާ

23 September 2022

ތަމްރީނު ނުލިބެނީއެއްނޫން! ބައިއެޅިގެން ހިންގާ ޖަރީމާ!

The name is already taken The name is available. Register?

އާދަމް ޒާހިރު

23 September 2022

ގާނޫނުތައް ހެދިއިރު މި ބައިގަނޑުގެ މީހުން ތިބެ ސަލާމަތްވާގޮތްތައް ގިނަކޮށްފައި މި ހުންނަނީ

The name is already taken The name is available. Register?

ކޮރަލް

22 September 2022

އަލުން މައްސަލަ ކޯޓައް ވައްދަން ވީ އެވެ. ނޫނީ އިހްމާލްވި މީހުންނަށް އަދަބު ދޭން ވީ އެވެ.

The name is already taken The name is available. Register?

އިހުމާލު1

23 September 2022

އިހުމާލުވީމީހުންނަށްވެސް އަދަބެއް ނުދެވޭނެ އެމީހުންގެ މައްސަލަ ބަލަން ތިބީ އިހުމާލުވާން ބުނާ ފަރާތްތައް

The name is already taken The name is available. Register?

މުރާސިލް

22 September 2022

މީސީދާ ސަދޫމްއެވެ ކިޔުނު ޝަހަރެވެ. މިތަނުގެ ވެރިން ބޭރުޤައުމުތަކާއި ގުޅުން ގާތްކަމުން، މުޅި ދުނިޔޭގައި ބުރުޖަހަނީއެވެ. ޤައުމު ދަރާވިކެނީއެވެ. މަތިފަޑީގެ ބޭފުޅުން ލިވާތު ކުރުމުގައެވެ. ދެންތިބި ބޭފުޅުން ޝަރާބު ހިއްޕެވުމުގައެވެ. ޒުވާނުން މަސްތުގައި ޤަރަޤުވަނީއެވެ. ޤައުމުވެ މިނިވަންކަން ގެއްލި ނިމިއްޖެއެވެ. ކުއްވެރިން ރަސްކަމުގައެވެ. ސިޔާސީވެރީން ދައުލަތް ލޫޓުވުމުގައި އަވަދި ނެތިއެވެ. މުޖުރިމުން ފަޒާގައި އުދުހެނީއެވެ. ހޭހުރި ހިތާމައެއްގެ ބޮޑުކަމާއެވެ

The name is already taken The name is available. Register?

ޢިންނު މުހައްމަދު

22 September 2022

ފުލުހުން ގަސްތުގައި ކުރާކަމެއް. ވަކިބައަކަށް ވަކިގޮތެއް.

The name is already taken The name is available. Register?

1828

22 September 2022

ސަދޫމް ޖަސްޓިސް

The name is already taken The name is available. Register?

އަލީހަމީދު

23 September 2022

ފުލުހުންތަ، ގާޒީތަ، ނޫނީ ޕީޖީތަ. ކޮންމެސް ފަރާތަކުން އެބަ ގޯސްހަދާ. ބޮޑަށް ހީވަނީ މީ ކޯޓުން ކުރާ ކަމެއްހެން. 3 ފަރާތް ބައިވެރިވާ ކަމެއްގަ ހަމަ އެކަނި އެއްފަރާތް ނެގުމަކީ އިންސާފުތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454