ސެޕްޓެމްބަރ 25، 2022؛ އުތުރު ކޮރެަޢ އިން މިއަދު އަޖުމަބެލި ކުރު ރާސްތާގެ ބެލިސްޓިކް މިސައިލް ޖައްވުގެ ތެރެއަށް އުދުއްސައިލާ މަންޒަރު އެގައުމުގެ ގައުމީ ޓީވީން ދުރަށް ދައްކާއިރު، އާންމުން އެ މަންޒަރު ބަލަނީ: އޭއެފްޕީ
25 ސެޕްޓެމްބަރ 2022 - 16:12
އުތުރު ކޮރެއާ އިން މިއަދު ކުއްލި ގޮތަކަށް ބެލިސްޓިކް މިސައިލެއް އަޖުމަ ބެލުމާ ގުޅިގެން، ދެކުނު ކޮރެއާގައި ތިބި އެމެރިކާ ސިފައިންނާއި ދެކުނު ކޮރެއާގެ ސިފައިން ކުއްލި ތައްޔާރީ ހާލަތަކަށް ގެނެސްފި އެވެ.
ދެކުނު ކޮރެއާ އާއި ޖަޕާނުން ބުނި ގޮތުގައި އުތުރު ކޮރެއާ އިން އުދުއްސައިލި ކުރު ރާސްތާގެ މިސައިލް ދަތުރުކުރީ އުތުރު ކޮރެއާގެ އިރުމަތީ އައްސޭރިން ފެށިގެން ކަނޑުގެ ސަރަހައްދަށެވެ. މިއަދުގެ މާއިރާ އުތުރު ކޮރެއާ އިން އަޖުމަ ބެލި މިސައިލް ޖައްވުގެ ތެރެއަށް ފޮނުވައިލުމުން އަދި އޭގެ މަންޒިލާ ހަމައަށް ދަތުރުކުރި އިރު ވެސް، އެ ސަރަހައްދުން ދަތުރުކުރި އެއްވެސް ވައިގެ އުޅަނދަކަށް ނުވަތަ ކަނޑު އުޅަނދަކަށް ވެސް ނުރައްކަލެއް ކުރިމައްޗެއް ނުވެ އެވެ.
ދެކުނު ކޮރެއާގެ ސިފައިންގެ ވެރިޔާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލެއް ވައިގެ ތެރެއަށް އެރިކަން އެނގުމާއެކު، އެމެރިކާ އާއި ދެކުނު ކޮރެއާގެ ސިފައިން ވަނީ ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ. އަދި އުތުރު ކޮރެއާގެ މިސައިލްގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުން ދިޔަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މިއަދު އުތުރު ކޮރެއާ އިން އުދުއްސައިލި މިސައިލަކީ އެ ގައުމުން މިއަހަރުގެ ތެރޭގައި އަޖުމަ ބެލި 19 ވަނަ މިސައިލެވެ. މީގެ ކުރިން އެ ގައުމުން އެންމެ ފަހުން މިސައިލެއް އަޖުމަ ބެލީ މިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ.
ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި، އުތުރު ކޮރެއާ އިން މިއަދު އަޖުމަބެލި މިސައިލް، 600 ކިލޯމީޓަރު ދުރަށް ދަތުރުކުރި އެވެ. ބިމުން ފެށިގެން 60 ކިލޯމީޓަރު މަތިން ދަތުރުކުރި އެ މިސައިލް، އަޑަށް ވުރެ ފަސް ގުނަ ބާރަށް ދަތުރު ކުރުމަށް ފަހު ވެއްޓުނީ، ޖަޕާނުގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ބޭރުން ކަނޑު ތެރެއަށެވެ.
ޖަޕާނުން ބުނި ގޮތުގައި އުތުރު ކޮރެއާ އިން މިސައިލެއް އަޖުމަ ބެލުމާ ގުޅިގެން، އެކަމާ އިހްތިޖާޖްކުރުމުގެ ގޮތުން ޖަޕާން ސަރުކާރުން ފޮނުވި ސިޓީއެއް، ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ އުތުރު ކޮރެއާ އެމްބަސީއާ މިހާރު ވާނީ ހަވާލުކޮށްފަ އެވެ.
އުތުރު ކޮރެއާ އިން ކުއްލި ގޮތަކަށް ބެލެސްޓިކް މިސައިލެއް މިއަދު އަޖުމަ ބެލީ، ދެކުނު ކޮރެއާގެ ސިފައިންނާ ގުޅިގެން އަސްކަރީ ފަރިތަކުރުންތަކެއް ބޭއްވުމަށް، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ރޮނަލްޑް ރޭގަން، ދެކުނު ކޮރެއާގައި ބަނދަރު ކޮށްފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޫޓިން
25 September 2022
ވާންކޮއްފައި ބަހައްޓާ..
ވާންޗޯސް
25 September 2022
ޖާހިލު ނުވެބަލަ
1206
26 September 2022
ވާންޗޯސް މިއީ އެމެރިކާ ނަމަ ކީކޭ ބުނާނީ؟
ލެއްގިކޮމިޝަނަރ
27 September 2022
އެމެރިކާ ސަރުކާރުން އަސްކަރީ ކަންކަން ކުރަނީ ރއްޔިތުންގެ އަސާސީ ހައްގުތައް ހޯދާދީ ގައުމު އާރާސްތުކޮށްފައޭ. ނޯތުކޮރެއާއިން ގައުނު ބަނޑަށްޖައްސާފަވެސް ބަލަނީ އަސްކަރިއްޔާ ކުރިއެރުވޭތޯ. މީ ހުދުމުހުތާރު ސަރުކާރުތަކާ ޑިމޮޖުރަސީ ސަރުކާރުތަކުގެ ތަފާތަކީ. ވީންޗޯސް އެބުނިބަސް 1206ކަށް ފަހުމް ވެއްޖެކަމަށް ހީކުރަން
ހިކިމިރުސް
27 September 2022
@ބަލަ ލެއްގީ..އިއްޔެގަ ނޫހަކުން ދުށިން އެމެރިކާ ސިފައިން ސީރިޔާއިން ވަގަށް ތެޔޮނަގައި އެތާ ދަތިހާލުގަ އުޅޭމުސްލިމުން ހައްދާ ގޮވާން ދަނޑުތަކުން ވަގަށް ގޮވާން ކަނޑައިގެން އެމެރިކާއަށް ގެންދާ ވާހަކަ..ސުޕަރ ޕަވަރު މިއުޅެނީ ފަސް މާމުލުންގެ ފަސް ވަގަށް ވުރެ ކުރީގަ...