މުއިއްޒު: ނަމްބަރު ބޯޑު ގޯސްވެގެން ޖޫރިމަނާ ކުރަން ފަށާތީ އޭނާ ވަނީ ފާޑު ވިދާޅުވެފައި --- ފޮޓޯ/މިހާރު
29 ސެޕްޓެމްބަރ 2022 - 20:32
އެއްގަމު އުޅަނދުތަކުގެ ނަމްބަރު ޕްލޭޓް ގަވާއިދާ އެއްގޮތަށް ނެތް ނަމަ، ޖޫރިމަނާކުރަން ފަށަން ނިންމުމާ އެކު މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެ އެވެ.
އެއްގަމު ދަތުރުފަތުރުގެ ގަވާއިދުގައި ބުނާ މިންގަނޑަށް ނުފެތޭ ނަމްބަރު ޕްލޭޓްތައް ހުންނަ އުޅަނދުތައް ހޮނިހިރު ދުވަހުން ފެށިގެން ޖޫރިމަނާ ކުރަން ފަށަން ފުލުހުން ވަނީ ނިންމައިފަ އެވެ.
އެކަމާ ގުޅިގެން މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަމްބަރު ޕްލޭޓްތައް ހުންނަން ވާނީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެކަމަކު ރައްޔިތުން އަތާއި އަނގަޔާ ދިމާނުވާ ހާލަތުގައި ތިއްބާ ފިޔަވަޅު އެޅުމަކީ ތަރުތީބު އޮޅިފައިވާ ސިޔާސަތެއް ކަމަށެވެ. އަދި ކޮންމެ ކަމެއް ކުރަން ވާނީ ވެސް އެކަމަށް މުނާސަބު ވަގުތެއްގައި ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.
ޒުވާނުންނާއި ޢާއްމު ރައްޔިތުންނަށް އިތުރު ތަކުލީފެއް! ނަންބަރު ބޯޑު ހުންނަންވާނީ ގަވާޢިދާއި އެއްގޮތަށް، ނަމަވެސް ރައްޔިތުންގެ އަތާ އަނގަޔާ ދިމާނުވާ ޙާލު ތިއްބާ އިތުރު ބުރައެއް ޖެއްސުމަކީ، ތަރުތީބު އޮޅިފައިވާ ސިޔާސަތެއް! ކޮންމެ ކަމަކަށްވެސް މުނާސަބު ވަގުތަކާއި ޙާލަތެއް އޮންނާނެ! pic.twitter.com/rkxmNQsHVt
— Dr Mohamed Muizzu (@MMuizzu) September 29, 2022
މުއިއްޒުގެ ޓްވީޓް
ގަވާއިދު ބުނާގޮތުން ނަމްބަރު ޕްލޭޓްތައް ހުންނަން ޖެހެނީ އޭރިއަލް ބޯލްޑް ފޮންޓުން އަދި ހުދު ކުލައިގަ އެވެ. އަދި ވަކި ސައިޒެއްގައި އަކުރުތައް ހުންނަންޖެހެ އެވެ. ބޯޑު ހަރުކޮށްފައި ހުންނަން ޖެހެނީ ވެސް ވަކި ގޮތަކަށެވެ.
ގަވައިދާ ހިލާފަށް ވެހިކަލްތަކުގެ ނަންބަރު ޕްލޭޓް ހުރުމަކީ ވަރަށް އާންމު ކަމެކެވެ. އެކަން ހައްލު ކުރުމަށް މިވަގުތު ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ފެށި ސަބަބެއް ނޭނގެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔާލީ އަލީ
01 October 2022
ބައެއް ކަހަލަ ސްލޯ ފިލްމުތަކުގަވެސް އުޅޭނެ މި ކަހަލަ ކެރެކްޓަރއިން، ތާކުން ތާކު ނުޖެހޭ ކަންތަކުގަ ޖެއްސުން ކުރާނެ އެހެން ވިޔަސް އާއްމުންނަށް އެކަމެއް ނޭންގޭނެ. މުއިއްޒު ހަވާލުވި ފަހުން އަނެއްކާވެސް އާޓިސަލް ބީޗުގަ އެ ހަދަނި ފުޑްކޯޓް، ކާނިވަލުގަ ވާނުވާނޭންގި އިތުރު 1 ތަން ހަދައިގެން (ލިލީ ބިމުގަ) އެހެރަ ހިންގަނީ. ލޯކަލް މާރުކެޓު ކަންމަތީ ކުއްލިއަކަށް ޖުގޯ ޕޮއިންޓެއް ބިޑަކަށްވެސް ނުލާ ބަޔަކަށް ދީގެން ވިޔަފާރި ފަށައިފި، މި ކަންބަލާނެ ބަޔަކުވެސް ނެތް
ބޯޑު
01 October 2022
މޭޔަރު މިހުރީ ހަމައިގައިތަ! ގަވާއިދު އޮތްވައި ހިތުހުރިގޮތަކަށް ނަންބޯޑު ހެދިގެން ނުވާނެ. ގަވާއިދަށް އުޅެންވާނެ. މާލޭގައި ބިލްޑިންގ ކޯޑެއް އޮތްވައި އެއަށް ނުބަލައި ސިޓީ ކައުންސިލުން ފިހާރައާއި ގަރާޖު ހަދަން ހުއްދަދޭތީ އެކަން މަތިޖަހަން ދައްކާ ވާހަކައެއް. އިހަށް ތިމާއާ ހަވާލުވެފައި ހުރިކަންކަން ގަވާއިދާ އެއްގޮތަށް ކުރަން ދަސްކުރޭ.
މުހައްމަދު.
01 October 2022
ކަޅުބިއްލޫރި ޖަހައިގެން ދުއްވުމަކީ 3 ނޮވެމްބަރު 1988 މަނާކޮށްފައިވާ ކަމެއް. ކަޅުބިއްލޫރި ޖަހައިގެން ދުއްވަން ހުއްދަކުރީ ކޮން އިރަކު. ސިޔާސީ މީހުންނާއި ފައިސާވެރިންނަށް މަނާ އެއްވެސް ކަމެއް ނޮއޮންނަނީތަ؟ އެމީހުން ޖޫރިމަނާ ކުރަން އިތުރު ހުއްދައެއް ނަގަންޖެހެނީތަ؟ އެނޫނަސް ހުއްދަ ނޫން އެތައް ކަމެއް ކުރާތަން އެބަފެނޭ.
އެޑަމް
01 October 2022
މިބޯގޮވިމިއުޅެނީ ގަސްކަނޑާްތީ އަންނިބޮލައް އެރިގެންކޯޓައް,ހަސަނުލްއުސްތާޒުލަފާދީގެން މަގުހެދުންހުއްޓުވާށެވެ.ކުރިންއުޅުނީ =/10ރުފިޔައައް ކައުންސިލުންހެދެންއޮތްމަގެއް އައްޑިހަމިލިއަނައްހައްދަނީޢޭކިޔައިގެން,މިބޯގޮވީގެދަށުގަމަގުުތައްއޮތްއިރުނަހަދާމެލޭސިޔާއިން ހަރުފިޔާއައްގާގަނެގެންގެނަސް 37ރުފިޔާއައްވިއްކައިގެން5އަހަރުގެދައުރެއްނިންމިއިރަކުނޭގޭތަމީރާއްޖޭގައޮޮތް އެންމެބޮޑުސިޓީކަމާމިތާގަރާއްޖޭގެއެންމެންމިހިނގަނީނަޖިސްފެންގަޑުގަކަމެއްއަންނިއާދެމީހުންއަގަބޮޑުނުކޮއްތިބޭ!!
އަހުމަދުބިންސުލައިމާން
01 October 2022
ޤަވާއިދަށް ފައްތަން ޖެހެނީ ކެމެރާތަކުން ބަލަން ފަސޭހައަކަށް. ސްޕީޑް ގަން އިން ނަމްބަރ ރީޑް ކުރަން ފަސޭހައަކަށް.
ޝަހީދު
01 October 2022
މިހާރު އަމީނީ މަގަކުއެއް މަޖީދީ މަގަކު ޕާރކް ކުރެވެނީކީނޫން. ހަމަ ކުރާއިރަށް ޖޫރިމަނާ، އަނެއްކާވެސް މިއުޅެނީ ޖޫރިމަނާއެއް ކުރެވޭތޯ
ނިޒާމް
01 October 2022
އިންޑިޔާއިން ދޭ ލޯނުތަށް ދައްކަންވެގެން ހުރިހާ ފުލުހުން ނުކުމެ ޖޫރިމަނާ ކުރަން ފަށާ. އެއީ މިވަގުތު އެންމެ ފަސޭހައިން ލާރި ލިބޭނެ ގޮތަކީ
މަހުދީ
01 October 2022
ޒުވާނުން ފެލާފަ 2023ގަ ވޯޓް ހޯދަން ހިތަށްވެސް ނާރުވާތި
ޝަހުދު
01 October 2022
މަށަށް ފެންނަނީ ކޮންމެ ސައިކަލެއްގެ ފަހަތުގަ ފުލުހެއެއް ބަހައްޓަން.
ހަންނާން
01 October 2022
މަ ހިތަށް އަރާ މުއިޒް އަށް ވިސްނޭވަރުވެސް މި ސަރުކާރުގެ މީހަކަށް ނުވިސްނެނީ ކީއްވެބާއޭ. އޭނަ އެވާހަކަ ދެއްކީމަ މި ގޯސްވީ