ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ރަންވޭ އަށް ބޯޓެއް ޖައްސަނީ: އާ ރަންވޭ އަންނަ ބުރާސްފަތީގައި ހުޅުވަން ނިންމާފައިވޭ -- ފޮޓޯ: ނިޝާން އަލީ | މިހާރު
30 ސެޕްޓެމްބަރ 2022 - 15:11
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ އަންނަ ބުރާސްފަތި ދުވަހު ރަސްމީކޮށް ހުޅުވުމަށް، އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގްވާމީ ފްލައިޓްތަކުގެ ދަތުރުތައް 8 ގަޑިއިރަށް މެދުކަނޑާލާނެ ކަމަށް އެމްއޭސީއެލުން މިއަދު ބުނެފި އެވެ.
ކޯޕަރޭޓް އެފެއާޒް، ޖެނެރަލް މެނޭޖަރު ހަސަން އަރީފް "މިހާރު" އަށް ވިދާޅުވީ، އާ ރަންވޭ ހުޅުވުމަށް އަންނަ ބުދަ ދުވަހުގެ ރޭ 11 ޖަހާއިރު އެ އެއާޕޯޓްގެ ހުރިހާ މޫވްމަންޓެއް ހުއްޓާލާނެ ކަމަށެވެ.
"އޭގެ ފަހުން ރަންވޭ ހުޅުވާނީ ޖެހިގެން އަންނަ ބުރާސްފަތި ދުވަހުގެ ހެދުނު ހަތެއް ޖަހާއިރު. ބުދަ ދުވަހުގެ ރޭގެ 11 އިން ބުރާސްފަތި ދުވަހުގެ ހެނދުނު ހަތެއް ޖަހަންދެން ރަންވޭ އެއްކޮށް ބަންދު ވާނެ. ބޭނުމަކީ ދެ ރަންވޭ ސުވިޗު ކުރުމަށްޓަކައި އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ނިންމައިލުން،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ރަންވޭ ބަންދުކުރާކަން އެއާލައިންތަކަށް މިހާރު ވާނީ އަންގައިފަ އެވެ.
އަންނަ ބުރާސްފަތީގައި އާ ރަންވޭ ބޭނުންކުރަން ފެށުމުގެ އިތުރުން، ހަމަ އެ ދުވަހު އެ އެއާޕޯޓްގެ އާ ސީޕްލޭން ޓާމިނަލް ވެސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވަން ނިންމާފައިވެ އެވެ.
ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލްގެ ލޮބީ: އަންނަ ބުރާސްފަތީގެ އެ ޓާމިނަލް ރަސްމީކޮށް ހުޅުވަން ނިންމާފައިވޭ --ފޮޓޯ: ނިޝާން އަލީ | މިހާރު
އެމްއޭސީއެލުން ބުނިގޮތުގައި އާ ރަންވޭ ބޭނުންކުރަން ފެށުން ލަސްވީ ސީޕްލޭން ޓާމިނަލް ބަދަލުކުރުމުގެ މަސައްކަތް ކުރާތީ އެވެ. ވެލާނާ އެއާޕޯޓްގައި ހެދި އާ ސީޕްލޭން ޓާމިނަލް "ނޫވިލު" މިދިޔަ ޖުލައި މަހު ވަނީ ބޭނުންކުރަން ފަށައިފަ އެވެ.
އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އެ ރަންވޭ އަށް އެންމެ ބޮޑެތި ބޯޓު، އޭ380 ގެ ބޯޓުތަކަށް ވެސް ޖެއްސޭނެ އެވެ.
އާ ރަންވޭއާ އެކު މިހާރު ބޭނުންކުރާ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭ އަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
01 October 2022
މިއުޅެނީ މާލޭ ބޭރު މަގު މެދުގައި ހުރި ޕަންޕް ސްޓޭޝަނެއް ނުނެގިގެން 4 އަހަރު ވާ އިރު. މިތަނުގައި ކޮމެންޓް ކުރާ ކުރިން މި ސަރުކާރުގެ ސްލޯ ވާހަކަ ދައްކާނެ ކަމެއް ނެތް. މިިއީ އުފެދުމުގައި ވެސް ސްލޯ ސަރުކާރެއް.
ބަލަ
01 October 2022
ސީޕްލޭން ޓާމިނަލް ހީވަނީ ނަތިންދާބޯޓު ވައްދާ ހެންގަރެއްހެން. ޥަކިބައެއްގެ ނުފޫޒު ބޭނުންކޮށް ރާއްޖެއިން ބޭރުގެ ހިއްސާ އޮތްކުންފުނިތަކަށް ޖާގަދީ، ރާއްޖޭގެ 100% އޮތް ބައެއކުންފުނިތަކަށް ޖާގަ ނުދިންކަން ވަރަސް ހިތާމަޔާއެކު ފާހަގަކުރަން. ޜާއްޖެއަށް ވަންނަފައިސާ އަމިއްލަ އެދުމާއި ތިމާއަސް % އެއްލިބޭތީ މިޤައުމަށް ލިބެންޖެހޭ ފައިސާ މިދަނީ ހަމަ ބޭރަށް
ޝޮކްތެރަޕީ
01 October 2022
ރައިސް ޔާމިންގެ ތަރައްގީ ވަރައް ބަރާބަރު. މިސަރުކާރުން އިންޑިޔާ އާ އެކީ ސޮއިކުރާ ތަރައްގީ 30 އަހަރުން ނޫނީ ދިވެހިންނަ ނުފެންނާނެ
2022
01 October 2022
ކޮބާ އިބޫ ކިހާ ގަދަ 2 އެއާޕޯޓް އެ ހުޅުވަނީ.... ބޮއިހަލަކި
ގިނި
30 September 2022
ޝުކުރިއްޔާ ރައީސް ޔާމީން. ތީއެ ޒައީމު ގައުމީ މި ލޮބުވެތި ވަތަނު އެދޭ
ބޮޑުމީހާ
30 September 2022
ނިމިފަ އޮތް ރަންވޭއެއް ހުޅުވަން 4 އަހަރު، ހިޔާ ފްލެޓް ދޭން 3 އަހަރު، ސަލްމާން މިސްކިތް އަދިވެސް ނުހުޅުވާ، 4 އަހަރުން އަމީނީ މަގު ހަދަން ފެށުނީ، ބްރިޖް، ފްލެޓް، ސްކޫލްތައް އެޅުމުގެ ސްޕީޑްގެ ވާހަކަ ނުދެއްކިއްޔާ ރަގަޅީ...ބަދަލު ދޭންވީމާ ވަރަށް ސްޕީޑުގައި ނިންމާލާ
ޟުޅޭމާނު
30 September 2022
ތި ރަންވޭ ހުޅުވަން ސީޕްލޭނު ގެ ކަނދު ނައްޓާ ފައި ޖެއްސުމުން މާ ކުލަ ގަދަ ރަސްމިއްޔާތަކަށް ވެގެން ދާނެ...ދެން ތޯހާ އާއި އޭނާގެ ބޯއީންތައް ދެއަތް ފޫދަންދެން އަތް ޖަހަން ތިބޭނީ...ބޮއި ހަލާކު..ލަދުން ވެސް ހާލާކު
ގާބިރުގެ އާމިރު
30 September 2022
ރަންވޭ ހެދީ ކޮން ވެރިކަމެއްގައި ކަން ނުލިޔުނީ ލަދުންތަ؟
ماشاءالله
30 September 2022
الحمدلله
ވެބޫ
30 September 2022
ސުލޯވިއަސް ބޮޑުވަރު .. ވ ސަލާން