ކުޑަހުވަދޫ: ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ޑޮމެސްޓިކް އެއާޕޯޓް އަޅަނީ އެ ރަށުގައި.-- ފޮޓޯ: ގޫގްލް މެޕްސް
08 ޖެނުއަރީ 2017 - 12:26
ރާއްޖޭގައި ހަދާ އެންމެ ބޮޑު ޑޮމެސްޓިކް އެއާޕޯޓް، ދ. ކުޑަހުވަދޫ އެއާޕޯޓަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.
"ދާލު އެއާޕޯޓް"ގެ ނަމުގައި މި އެއާޕޯޓް ހިންގާ ދާލު އެއާޕޯޓް ހޯލްޑިންސް އިން ނެރުނު އިއުލާނެއްގައިވާ ގޮތުން ހަތަރު ޑިޕާޓްމަންޓެއްގެ ޖުމްލަ 52 ވަޒީފާއަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ މަގާމުތަކަށް ކުރިމަތިލުމަށް ވަކި މުއްދަތެއް ނެތެވެ.
ހަމައެކަނި ދިވެހިންނަށް ހުޅުވާލާފައިވާ ސޭފްޓީ އެންޑް ސެކިއުރިޓީ ޑިޕާޓްމަންޓުގެ ދެ މަގާމަކަށް ފަސް މީހުން ހޯދާއިރު، އެޗްއާރު، އެޑްމިން، އައިޓީ އަދި އެކައުންޓިން ޑިޕާޓްމަންޓުގައި އުފައްދާ ފަސް މަގާމަކަށް، ކޮންމެ މަގާމަކަށް މީހަކަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އޭގެ ތެރެއިން ވެސް ހަތަރު ވަޒީފާ ހާއްސަކޮށްފައި ވަނީ ދިވެހިންނަށެވެ.
އިންޖިނިއަރިން، އޭޖީއޭ އެންޑް ފެސިލިޓީޒް މެއިންޓެނަންސް ޑިޕާޓްމަންޓުގައި ވެސް ފަސް މަގާމަކަށް 10 މީހަކު ހޯދަން ވަނީ އިއުލާންކޮށްފަ އެވެ. އަދި ރޭމްޕް އެންޑް ޓާމިނަލް އޮޕަރޭޝަންސްގެ ބައިގައި އުފައްދާފައިވާ ހަ މަގާމަކަށް ޖުމްލަ 32 މީހަކު ހޯދަން ވެސް އިއުލާނުގައިވެ އެވެ.
އަމިއްލަ ހަރަދުގައި ކުޑަހުވަދޫގައި އެއާޕޯޓެއް ތަރައްގީކުރަން ރިއޯލޯ އިންވެސްޓްމަންޓްސްއާ ސަރުކާރުން ހަވާލުކުރީ 2013 ގަ އެވެ.
އެ ކުންފުނިން އުފައްދާފައިވާ ދާލު އެއާޕޯޓް ހޯލްޑިންސް އިން 62.81 ހެކްޓަރުގެ ބިން ހިއްކައިގެން 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު ތަރައްގީކުރާ މި އެއާޕޯޓުގައި 42 ބޯޓު އެއްފަހަރާ ޖެއްސޭނެ އެވެ. އޭގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގައި އާއްމުކޮށް ބޭނުންކުރާ ޑޭޝް-8 އަދި އޭޓީއާރު-72 މަރުކާގެ ބޯޓުތައް ހިމެނޭއިރު، މިއީ އަމިއްލަ މީހުންގެ ޖެޓުތައް ޖެއްސޭ ގޮތަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓު ވެސް މެ އެވެ.
މި އަހަރުގެ ތެރޭގައި ހުޅުވަން ނިންމާފައިވާ ކުޑަހުވަދޫ އެއާޕޯޓުގައި މިހާރު ކުރަމުން އަންނަނީ އެންމެ ފަހުގެ މަސައްކަތްތަކެވެ.
ރާއްޖޭގައި މިހާރު ވެސް 11 އެއާޕޯޓެއް އެބައޮތެވެ. އެއީ އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ ގޮތުގައި ބަލާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އެއާޕޯޓާއި އދ. މާމިގިލީ އެއާޕޯޓް އަދި ހދ. ހަނިމާދޫ އެއާޕޯޓުގެ އިތުރުން، ހަތް ޑޮމެސްޓިކް އެއާޕޯޓެވެ. އެއީ ފުވައްމުލައް، ބ. ދަރަވަންދޫ، ރ. އިފުރު، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ، ލ. ކައްދޫ އަދި ތ. ތިމަަރަފުށީގައި އޮންނަ އެއާޕޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަގުދޯ
25 June 2017
ރައްޔިތުންގެ މަޖިލިހުން ގާނޫނަކުން ތެލުގެއަގު ދެބައިކުޅައެއްބައި ކުޑަކުރިއަސް މޯޑިވިއަނުން ވިއްކާޓިކެޓުގެ އަގު ވަނީ ބޮޑު! ކުޑަހުވަދުއަށް ކޮޅަކަށް 888ރ ނަގައިގެން ދުވާލަކަށް 4 ފުލައިޓް ބާއްވާނީ ކިހިނެތްބާއޭ ހިތައްއަރާ! ޙުސްގެސްޓުން ދޯ!
ކުަައްދޮ
03 June 2017
މި އެއާޕޯޓުގައި 42 ބޯޓު އެއްފަހަރާ ޖެއްސޭނެ އެވެ.؟
މެންޓަލިސްޓް
08 January 2017
ހާދަބައިވަރު ޑޮމެސްޓިކް އެއަރޕޯޓްތަކެކޭ ،، ދުނިޔޭގެ ނިސްބަތުން އެންމް އެއަރޕޯޓްގިނަ ގައުމަކަށް ރާއްޖެވާނެކަން ޔަގީން ،، އަދި ޑޮމެސްޓިކް އެއަރޕޯޓްތަށް ގިނަވުމަކީ ވަގުވިޔަފާރިތަކަށް ހުޅުވޭ ރަގަޅު ދޮރެއް ،،،، ކޮންމެ ކަމަކާ ގުޅިގެންވެސް ރަގަޅުބަޔަކާޢި ނުބައިބައެއް އުފެދޭނެ ،،،
ކުޑޭ
08 January 2017
ދަތުރު ކުރާނެ މީހުން ނެތަސް އެއާރޕޯޓް ހަދާތި
ތޯޑޭ
09 January 2017
ދަތުރު ކުރާނެ މީހުންވާނެ ކުޑޭ...މިކަލޯ އަށް ހީވަނީ ކުޑޭމެން ކަޑަވީހެން އަންނި ނާޅަންވެގެން ކަނޑިންމަ ބޭރަށް ގެންދިޔަ އެއާރޕޯރޓް ކުޑަހުވަދޫ ފަސްމަތީގަ ހަދާތީވެ.. ވަރަށް ސަލާމް
ހަޑިގިއްލާ
09 January 2017
ފިލާހުރެގެން ތޯޑޭގެ ނަމުގައި ކޮމެންޓްކުރި ބޭފުޅަކަށް ދަންނަވަން، ތީ ތޯޑޭ ދެކޭގޮތެއްނޫން! ފަހަރުގަ ވެދާނެ ކަނޑިންމާގަ އެއާރޕޯޓު އެޅުމުން ބިންހިއްކުމުގެ ޚަރަދު ސޭވްކުރެވިފަ، މަސައްކަތް އަވަސްވެ 2013 ގެ ކުރިން އެއާރޕޯރޓުގެ މަސައްކަތް ނިންމާ، ސޭވްކުރެވުނު ފައިސާއިން ކުޑަހުވަދޫގައި ފެންހޮޅިއެޅުމުގެ މަޝްރޫއެއް ހިންގަން އަންނި ބޭނުންވީކަމަށް!
އެކަލޯ
08 January 2017
ތީ ހުސް ފޭކް އިއުލާންތަކެއް. މީހުން ނަގާ ވަނީ ނިމިފައި. މާލޭގައި ވަޒީފާގައި އުޅުން ދ. ގެ ބައެއް ރައްޓެހިން މިއަހަރު ވަޒީފާއަށް ނަނިކުތުމުން ޚަބަރު ބަލާލިއުރު ބުނަނީ އެއަރޕޯރޓުން ވަޒީފާ ހަމަޖެހި ޔަގީންކަން ލިބިފައޭ އޮތީ. އެހެންވީމާ މާލޭގެ ވަޒީފާއަކަށް ދެން ނުދާނަމޯ....
މުސާރަ
08 January 2017
މުސާރަބޮޑިއްޔާ ދާން ތައްޔާރު! މިހާރުގެ ހާލަުތު ހުރިގޮތުން މުސާރަޔަށް ނުވަތަ ލާރިކޮޅަށް ބަލައިގެންނޫނީ އުޅެވެން ނެތް
އަންކަލޯ
08 January 2017
ސާބަހޭ ރައީސް ޔާމީން. މިވަރުގެ ރައީސެއް ނުލިބޭނެ މިރާއްޖެއަކަށް.
ހަޑިގިއްލާ
08 January 2017
އަންކަލޯ ލިޔުން އަދިއެއްފަހަރު ކިޔާލަބަލަ! "އަމިއްލަ ޚަރަދުގައި އެއާޕޯރޓެއްއަޅަން ރިއޯލޯ އާއި ހަވާލު ކުރީ 2013 ގައެވެ" ޔާމިންވެރިކަމަށް އައީ 17 ނޮވެމްބަރު 2013 ގަ، 43 ދުވަހުގެތެރޭ މިވަރުގެ ބޮޑެތި ޕްރޮޖެކްޓްތަކުގެ ފީސިބިލިބިޓީއާއި، ސާރވޭ، އީއައިއޭއާއި ކޮންޓްރެކްޓައެއް ހޯދަން، ކަރުދާހުގެ މަސައްކަތް ނިންމާލަންވެސް މަދުވެގެން 2އަހަރު ނަގާ!
ސްމާޓް
08 January 2017
ކަލޯ ކިތަންމެ ރުޅިއަޔަސް އެއަރ ޕޯރޓު އެޅުމާއި ކުޑަހުވަދޫގެ ބިންހިއްކީ ތިބުނާ ދުވަސްތެރޭގައި،
ހަޑިގިއްލާ
09 January 2017
ރުޅިއެއްނާދޭ.... ތިޔަ ޕްރޮޖެކްޓެއް ރިއޯލޯ އާއި ހަވާލުކުރީ 16 އޯގަސްޓް 2013ގަ! އެހެންވީމާ ކޮންމެ މީހަކު ވެރިކަމުގަ ހުއްޓަސް ރިއޯލޯއިން އެކަން ކުރާނެ ދޯ! އަދި ޕްރޮޖެކްޓް ހުއްޓާލާނަމަ ވާނެގޮތް ޖީއެމްއާރ ކޭސްއިން ސާފުވޭ ދެއްތޯ! ވީމާ ކުރިޔަށްގެންދިއުން ނޫންގޮތެއްވެސް ނެތް ދޯ! ވަރަށް ވެދުން!
ޒޯންކުޅެންދިޔަ ކުޅުންތެރިއެއް
08 January 2017
ކުޑަހުވަދޫ އަކީ ތަރައްޤީގެ ކުލަވަރު މަލަމަތިން ވަރަށްބޮޑަށް ފެންނަ ރަށުގެ އުމުރާނީ ތަރައްޤީ ވަރަށް ބޮޑަށް ކުރިއަރާފައިވާ ރަށެއް. މި އެއާރޕޯރޓާއެކު އިތުރު ތަރައްޤީ އާއި ތަހުޒީބު ފެނިގެންދާނެކަން ޔަޤީން. ހޮތްހެޔޮ އެކުވެރި ރައްޔިތުންތަކެއް އުޅޭ ކުޑަހުވަދޫ ހޯދަމުންދާ ތަރަޢްގީ އަށް ހަސަދަލާނެ ބަޔަކުވެސް ތިބޭނެހެން ވަރަށް ހީވޭ.. އެހެންވެ ބުނެލީ ޝުކުރިއްޔާ
އެދުރުބެ
08 January 2017
މިދެން ކޮންކަމެއް ބިން ހިއްކައިގެެން. ރާއްޖޭގައި ބިންބޮޑެތި ރައްތައް ނެތީތަ؟ ހިއްކަންދާ ހަރަދުން ކޮންމެވެސް ބޭނުންހުރި އެހެން ކަމެއް ކުރެވިދާނެދޯ. ދިވެހިންނަކީ ޖެހިގެން ހުރި އަވައްޓެރިޔާ ނުވަތަ ޖެގިގެން އޮންނަ ބިންބޮޑު ރަށުގެ މީހުންނައްވެސް ހަސްދަވެރިވާ ނުބައި ނުލަފާ ބައެއް. ތިމާގެ ރށްވީމަ ހުރިހާކަމެއް ތިމާގެ ރަށްއް، ހެޔޮ ރަށުގައި 2 ފޫޓު ހަމަނުވިޔަސް. ރާއްޖޭގަ ހުރި ގުދުރަތީގޮތުން ބިންބޮޑެތި ރައްތަކުގެ ބޭބުންހިފާ. ހަރަދުވެސް ކުޑަވާނެ، ތަރައްގީކުރަންވެސް ފަސޭހަވާނެ. ވިސްނާ.....
ޢައިޝާ
08 January 2017
ކުޑަހުވަދުއަކީ މިކަމަށް އެންމެ އެކަށީގެންވާ ރަށް. ކުޑަހުވަދުވަރުގެ ތަރައްްްޤީ ރަަށެއް މި ދިވެހި ރާއްޖެއަކު ނޯންނާނެ.
އެދުރުބެ
08 January 2017
ކުޑަހުވަދޫ އަކީ ދެވަނަ މާލެ އެކަމަކު އެއްވެސް އަގެއްނެތް މާލެއެއް. އެއްވެސް ކަލަހަ ހިންހަމަޖެހުމެއްނެތް ކޮންކރީޓް ޖަންގައްޔަކަށް ތިޔަހަދަނީ. ގުދުރަތީ އެއްވެސް ކަމެއް ނިށާނެއްނެތް. އިތުރައް ތަރއްގީ ކުރަން ދެންވެސް ހަމަ ހިއްކަންޖެހޭނީ، މާދަންވެސް ރާޅެއް އަރާއިރށް އެންމެ ފުރަތަމް ގެބިގެންދާނީ ކުޑަހުވަދޫ ކަހަލަ ގުދުރަޓީގޮތުން ބިން ހެފެހެއްޓޭނެ ރުއްގަސް ނެތް، ނުވިތަާކަށް ބިންހިއްކުމަށްފަހު ވަށައިގެން ހިމާޔަތް ކުރެވޭނެ ގޮތެއްހަދާފައެއްނެތް ކުދި ރައްތައް. ތިހިއްކާ ބިމުގެ ބަދަލުގަ ބޮޑުރަށެއްގަ ކިތެއް މަގު، ނެރު، ތައުލީމު، ބޭސްފަރުވާގެ ވަސީލަތްތައް ގާއިމު ކުރެވޭނެ؟ ވިސްނާ، އުފަންވި ރށޭ ކިޔާފަ ދަރިންގެ މުސްތަގްބަލް ހަލާކުނުކޮށްލާ...
ޢައިޝާ
08 January 2017
ކުޑަހުވަދުވަރުގެ ހިތްފަސޭހަ އަމާން ރަށެއް މި ދިވެހި ރާއްޖޭގައި އެބަ އޮތްބާ؟
ނިންމާދީ
08 January 2017
ކުޑަ ހުވަދޫ އެއާރޕޯރޓް އަށް މުވައްޒަފުން ހޯދުން އެއީ އުފާވެރިކަން ގެނެސްދޭ ކަމެކެވެ. ދެން ސަރުކާރުގެ ބަޖެޓްގައި މިއަހަރު ހިމަނައިގެން ހަދަން ނިންމާފައިވާ އެއާރޕޯރޓްސް ތައް އަވަހަށް އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދަން ވީއެވެ. އެއިރުން އަވަހަށް އެއެއާރޕޯރޓްސް ތައް މިއަހަރު ނިމޭނީ. މިހާރުން މިހާރަށް މިމަސައްކަތް އެމްޓީސީސީ އާއި ހަވާލު ކޮށްލަންވީ އެވެ. އެއިރުން އެނިމުނީ އެވެ.