މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައިގައި ހޯދަމުން އަންނަ މީހާ -- ފޮޓޯ: ޕޮލިސް މީޑިއާ
02 އޮކްޓޯބަރ 2022 - 14:28
މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައަކާ ގުޅިގެން މީހަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނީ އެ އިދާރާގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ހޯދަނީ ހުޅުމާލެ، ގޯތި ނަންބަރު 11399، މުހައްމަދު އަޒުހާން އިސްމާއިލް، 31، ކަމަށެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދެ އެވެ.
މި ފަހުން ފުލުހުންނަށް އިންޒާރުދީ، އަނިޔާކުރާ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އެފަދަ މައްސަލަތަކުގައި ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.
ފުލުހުންނަށް އިންޒާރުދޭ މީހުންގެ މައްސަލަ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، މިހާތަނަށް އެ އިން އެއްވެސް މީހަކަށް މާ ބޮޑު ފިޔަވަޅެއް އެޅިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައިސް
02 October 2022
އެހެންތަ. ފުލުސް އޮފީހަށް ވަދެ އިންޒާރުދީ ބިރުދައްކާ ނިމިގެން ދިޔައިމަ ދެންވީ ރައްޔިތުން އެމީހާ ހޯދަން.
އަލީ ހަލީމް
02 October 2022
އޭނާ އިންޒާރު ދީފަ ދިޔައިމަ، ފުލުހުން ދެދުވަސް ފަހުން ފަންސުރު ރިޕޯޓް ހިފައިގެން ގޮސް ގާޒީއެއްގެ ހުއްދަ ލިބުނީމަ، ކުޑަމިނުން ތަހުގީގު ކުރަން އެމީހަކު ބަންދު ކުރެވެނީ! ސުވާލެއްވެސް ކުރެވޭނީ އޭރުން. އެނޫން ގޮތަކައް އެމީހާ ބަންދެއް ނުކުރެވޭނެ މިގައުމަކު!
ހިޔާލީ އަލީ
02 October 2022
މި ކަހަލަ މީހުން އަތުވީމަ އުމުރަށް ޖަލަށް ލެވޭނެ ގޮތަކަށް ގާނޫނާ ގަވައިދުތައް ހަރުކަށިކުރަންވީ، މި ގައުމަކީ ގޭންގުތަކުގެ މީހުން ބޭނުން ގޮތެއް ހަދަން އޮތްތަނެއްނޫން
ޗަމްޗަމް
02 October 2022
ހުޅުމާލޭން ގޯތި ލިބިފައިވާ/ގަނެފައިވާ ޢިއްޒަތްތެރިޔެއް، ދެއްތޮ
ނިކަމެތި ބޮންދުމީހާ
03 October 2022
ޗަމްޗަމް..ރާއްޖެއުފަން އަރާމުގަ/ސަލާން ނުޖަހަން ނުޖެހޭ އިއްޒަތްތެރިއެއް ދެއްތޯ؟
ހަސަނު
02 October 2022
"...... އެކަމަކު، މިހާތަނަށް އެ އިން އެއްވެސް މީހަކަށް މާ ބޮޑު ފިޔަވަޅެއް އެޅިފައެއް ނުވެ އެވެ" މީ މައްސަލައަކީ......
ހުސެން
02 October 2022
ފުލުހުންގެ މަރުކަޒަކަށްވަދެ އިންޒާރުދީ ބިރުދެއްކީމަވެސް ތަނުންތަނަށް ހައްޔަރު ނުކުރެވުނު، ކީއްތިކުރަނީ؟ ހުރިހާކަމެއް ބޮއްސުންލާފަ، ތިޔަފަދަކަންކަން ތިހެން ދޯދިޔާވެ އިންޒާރުދޭމީހުން ސަލާމަތްވުމުގެ ނަތީޖާ ވަރަށް ހިތިވާނެ