ލައިފްސްޓައިލް / އިންޑިއާ

އާދަޔާޚިލާފަށް ބޯ ބޮޑު ކުއްޖާ އޮޕަރޭޝަން ކޮށްފި

މިރުތިޔޫންޖޭ އޮޕަރޭޝަން ނުކުރާއިރު އޭނާގެ ބޯ އޮތް ގޮތް

އިންޑިއާގެ ރާންޕޫރު ސްޓޭޓްގެ އޮޑީޝާއަށް އުފަން އުމުރުން ހަތް މަހުގެ ކުއްޖެއްގެ ބޯ އާދަޔާޚިލާފަށް ބޮޑުވަމުން ގޮސް ދުނިޔޭގައިވާ އެންމެ "ބޯ ބޮޑު ކުއްޖާ" އަށް މިހާރު ވަނީ ވެފަ އެވެ.

މިރުތިޔޫންޖޭ ދާސް ނަމަކަށް ކިޔާ މި ކުއްޖާއަށް ޖެހިފައިވަނީ ހައިޑްރޯސެފަލަސް ކިޔާ ބައްޔެކެވެ. ބަލީގެ ސަބަބުން ސިކުނޑީގައި އާދަޔާޚިލާފަށް ގިނައިން ފެން އުފެދި ބޯ ބޮޑުވެފައި ވަނީ އެވެ.

އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް)ގައި މި ކުއްޖާގެ އޮޕަރޭޝަން މިހާރު ވަނީ ކޮށްފަ އެވެ. ބޮލުން ހަތަރު ލީޓަރު ފެން ނެގުމުން މިހާރު އާދައިގެ ކަރައެއްގެ ސައިޒަށް އެ ކުއްޖާގެ ބޯ ވަނީ ކުޑަވެފަ އެވެ.

ހަ ހަފުތާ ވަންދެން ދިން ފަރުވާ ފެށިއިރު ކުއްޖާގެ ބޮލުގައި 96 ސެންޓި މީޓަރު ހުއްޓެވެ. އެންމެ ފުރަތަމަ ދިން ފަރުވާއިން 70 ސެންޓިމީޓަރަށް ބޯ ކުޑަވި އެވެ. އަދި އެއަށްފަހު މިހާރު ބޮލުގައި ހުރީ 26 ސެންޓި މީޓަރެވެ.

ތުއްތު މިރުތިޔޫންޖޭ ހޮސްޕިޓަލުގައި

ބުވަނޭޝްވަރް އަވަށުގައި ހުންނަ އެއިމްސްގެ ސުޕްރިންޓެންޑެންޓް ޑރ.ދިލިޕް ޕަރިދާ ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މި ކުއްޖާއަށް ފަރުވާ ދެމުން އަންނަ ކަމަށާއި ކުއްޖާގެ ބޮލުގައި 5.5 ލީޓަރު ފެން ހުރި ކަމަށެވެ. އަދި މިހާތަނަށް 3.7 ލީޓަރު ފެން ނެގުމަށްފަހު ކުއްޖާގެ ބޮލުގައި ސްޓަންޓެއް ހަރުކޮށްފައިވާ ކަމަށާއި އޭތީގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރާ ކަމަށް ޑރ. ޕަރިދާ ވިދާޅުވި އެވެ. މި ތުއްތު ކުއްޖާގެ މައިންބަފައިން ކަމަށްވާ ކަމަލޭޝް ދާސް އާއި ކަވީތާ ބުނި ގޮތުގައި ދަރިފުޅަށް ޖެހިފައިވާ ބަލީގެ ސަބަބުން އަވަށްޓެރިންގެ އުނދަގޫ ވަރަށް ބޮޑުވެފައިވާ ކަމަށެވެ. ދަރިފުޅާ ދިމާލަށް "ޖަޔަންޓް ހެޑް" އާއި "ގޯސްޓް ބޭބީ" ފަދަ ނަން ނަމުން އަވަށުގެ މީހުން މުޚާތަބުކުރާ ކަމަށްވެ އެވެ.

ތުއްތު މިރްތުންޖޭ އޮޕަރޭޝަނަށްފަހު މަންމަގެ އުނގުގައި

ދަރިފުޅުގެ ބޯ މިހާރު ކުޑަވަމުންދާތީ އަލުން އެނބުރި އަވަށަށް ދިއުމުން އަވަށްޓެރިން ދަރިފުޅާ މެދު ދެކޭ ގޮތް ބަދަލުވާނެ ކަމަށް އެ ކުއްޖާގެ ބައްޕަ އުންމީދު ކުރެ އެވެ.

ހައިޑްރޮސެފަލަސް އަކީ ކޮބާ؟

ހައިޑްރޮސެފަލަސް ޖެހުމުން ސިކުނޑީގައި އާދަޔާޚިލާފަށް ފެން އުފެދެ އެވެ. ފެން މާގިނަ ވުމުން ސިކުނޑިއަށް ޕްރެޝަ ބޮޑުވެ އެވެ. އަދި ސިކުނޑީގެ ޓިޝޫތަކަށް ގެއްލުން ލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. މި ބައްޔަށް، ސިކުނޑީގައި ފެން ހެދޭ ބައްޔޭ ވެސް ކިޔައި އުޅުނެވެ. ނަމަވެސް ސިކުނޑީގައި އުފެދޭ މި ދިޔާ އެއްޗަކީ ހަގީގަތުގައި ފެނެއް ނޫނެވެ. މިއީ ސެރީބްރޯސްޕައިނަލް ފްލުއިޑް (ސީއެސްއެފް) އެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، މޭ ނުބައިކުރުން، ހޮޑުލެވުން، ވާނުވާ އޮޅުން އަދި ލޮލުގެ ފެނުމަށް ގެއްލުން ވުން ހިމެނެ އެވެ. (މިސާލަކަށް ލޯ ފުސްވުން ނުވަތަ ޑަބަލްކޮށް އެއްޗެހި ފެނުން)

ކޮންޖެނިޓަލް ހައިޑްރޯސެފަލަސް އަކީ ތުއްތު ކުދިން އުފަންވާއިރު ވެސް ޖެހިފައި ހުންނަ ބައްޔެކެވެ. މިއީ ސްޕައިނާ ބިފިޑާ ކަހަލަ އުފެދުމުގައި ހުންނަ އައިބަކުން ވެސް ދިމާވެދާނެ ކަމެކެވެ. މި ހާލަތުގައި ތުއްތު ކުއްޖާގެ މައި ބަދަ ރަނގަޅަށް ނުއުފެދެ އެވެ.

ކުއްޖާއަށް ބަލިވެއިނދެގެން އުޅޭ ދުވަސްވަރު މައިމީހާއަށް ކޯފުއްޕި ނުވަތަ ރުބެއްލާ (ޖާމަން މީސަލްސް) ކަހަލަ އިންފެކްޝަނެއް ޖެހިއްޖެ ނަމަ ނަތީޖާއެއްގެ ގޮތުން މިފަދަ ކުއްޖެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. ރަނގަޅަށް ފަރުވާ ނުކުރެވިއްޖެނަމަ، މި ބަލި ޖެހޭ ކުދިންނަށް ނަފްސާނީ އަދި ޖިސްމާނީ ބޮޑެތި ގެއްލުންތައް ދިމާވުމަކީ ވަރަށް ގާތް ކަމެކެވެ.

މި ބައްޔަށް ދޭ އެންމެ މުހިއްމު ފަރުވާ އަކީ ޝަންޓެއް ލެއްވުމެވެ. އެއީ ސިކުނޑިއަށް ލައްވާ ހިމަ ހޮޅިއެކެވެ. ސިކުނޑީގައި އިތުރަށް އުފެދޭ ސީއެސްއެފް މި ހޮޅީގެ ޒަރިއްޔާއިން ހަށިގަނޑުގެ އެހެން ބަޔަކަށް އެޅޭ ގޮތް ހަދަ އެވެ. އާއްމުކޮށް މި ހޮޅިން ފައިބާ ދިޔާ އެއްޗެހި ދާ ގޮތަށް ހަދަނީ ބަނޑުތެރެއަށެވެ. އޭރުން ލޭ ދައުރުވާ ނިޒާމުން ފެންތައް ހަށިގަނޑުގެ ބައިތަކަށް އޮބިގެންދާނެ އެވެ.

1 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 66%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދާނޯމޮސް

09 January 2017

މިރުތިޔޫންޖޭ ދާސް ކޮށްކޮ އައް އަވަސް ޝިފާއަކަށް އެދެމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454