ޚަބަރު / އަމީނީމަގު

ގަސް ނެގުން ހުއްޓުވުމާ މެދު އާދިއްތައިގައި ގޮތެއް ނިންމަނީ، މާލީ ގެއްލުން ބޮޑުވެދާނެ ކަމަށް އާރުޑީސީން ބުނޭ

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑަނީ: މަގު ހަދައި ނިމުމުން ތާރު އަޅައިގެން ހަދާ މަގުތަކާ އެކަށީގެންވާ ބާވަތުގެ ގަސް އިންދާނެ ކަމަށް އާރްޑީސީއިން ބުނޭ -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވާ ގޮތަށް، އަމީނީ މަގުގެ ގަސްތައް ކެނޑުމާއި އުފުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެފި ނަމަ، އެ މަގު ހެދުމުގެ މަޝްރޫއާއެކު، އެ ކުންފުންޏަށް މާލީ ގެއްލުންތަކެއް ވާނެ ކަމަށް އާރުޑީސީން މިއަދު އެ ކޯޓުގައި ބުނެފި އެވެ.

އަމީނީ މަގު ހަދަން ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްފައިވާ 84 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަށްޓަކައި ގަސްތައް ނަގަން ފެށުމުން އެކަން ހުއްޓުވަން ސިވިލް ކޯޓަށް ނަޝީދުގެ ފަރާތްޕުޅުން ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލައިގައި ވަކާލާތު ކުރަނީ ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ އެވެ. ގަސްތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދުނީ ޝުނާނާގެ ލޯފާމުން ހުށަހެޅި އެ މައްސަލައިގެ ތެރެއިންނެވެ.

މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ހަމަޖެހިފައި އޮތީ ވަގުތީ އަމުރާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ. އެ އަޑުއެހުމުގައި ޝުނާނާގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހުގެ ދެ ވަކީލަކާއި އާރުޑީސީގެ ވަކީލަކު ބައިވެރިވެވި އެވެ.

ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލައިގައި ވަނީ އަމީނީ މަގުގެ ގަސްތައް އުފުރުމަށް ނިންމުމުގެ ކުރިން އެ ގަސްތައް ނުއުފުރައި މަގު ހެދުމުގެ މަސައްކަތް ކުރެވެން އޮތްތޯ ޔަގީން ކޮށްފައި ނުވާ ކަމަށެވެ. އެ މައްސަލައިގައި އެދިފައި ވަނީ، އެ ގަސްތައް ނުނަގައި މަގު ހެދުމުގެ މަސައްކަތް ކުރެވެން އޮތް އިރު، ގަސްތައް ނަގަމުން ދަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. ގަސްތައް ނެގުން ނޫން ގޮތެއް އޮތްތޯ ބަލަން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެދުނެވެ.

ޝުނާނާ ވިދާޅުވީ، މައްސަލަ ބަލައި ނިމެންދެން ގަސްތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނުނެރެފި ނަމަ، ހުށަހަޅާފައިވާ މައްސަލައިގައި ހައްލު ހޯދަން ބޭނުންވާ ކަމުގެ މުއާލާތް ކެނޑޭނެ ކަމަށެވެ. އެހެން ނޫން ނަމަ މައްސަލަ ބަލައި ނިމޭއިރު، ހުރިހާ ގަހެއް ހުންނާނީ ކަނޑައި ނިމިފައި ކަމަށާއި ހައްލެއް ނުގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ދައުލަތުގެ ވަކީލު ވިދާޅުވީ، މަތީ މަރުހަލާ ކޯޓަކުން ކުރިން ނިންމާފައިވާ މައްސަލައެއްގައި ވަގުތީ އަމުރުންނާއި މައުލޫއީ ދައުވާ އިން އެއްފަރުވާއަކަށް އެދޭ ހާލަތުތަކުގައި ވަގުތީ އަމުރު ނުނެރެވޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެން ނޫނީ ދުރާލައި މައްސަލައިގެ މައުލޫ އަށް ގޮތެއް ނިންމޭނެ ކަމަށް ވިދާޅުވި އެވެ.

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑަނީ: އެތަނުން ކަނޑާ ގަސްތައް އިންދުމަށް ހަމެޖެހިފައި ވަނީ ކުޑަގިރީގައި. މަގު ހަދައި ނިމުމުން ތާރު އަޅައިގެން ހަދާ މަގުތަކާ އެކަށީގެންވާ ބާވަތުގެ ގަސް އިންދާނެ ކަމަށް އާރްޑީސީއިން ބުނޭ -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

"މިހާރު" ގައި ޝާއިރު ކުރި ރިޕޯޓަކަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ދެއްވާފައިވާ އިންޓަވިއުއެއްގައި، ވަގުތީ އަމުރެއް ނެރެފި ހާލަތެއްގައި ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކޮށްގެން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައިވާތީ އެކަން ވެސް ޝުނާނާ ފާހަގަ ކުރެއްވި އެވެ. އެހެންކަމުން، އެފަދަ އަމުރެއް ނެރެފި ނަމަ މަޝްވަރާ އަށް ވެސް މަގުފަހިވާނެ ކަމަށް ޝުނާނާ ވިދާޅުވި އެވެ.

އެ ގަސްތަކުގެ މޫތަކުން ނަރުދަމާ ހޮޅިތަކަށް ވެފައިވާ ގެއްލުން ޝުނާނާ ދެއްކެވި ފޮޓޯއަކުން ފެންނަކަން ފާހަގަކޮށް، ދައުލަތުގެ ވަކީލު ރައްދުގައި ވިދާޅުވީ، އެއީ މަގާ އެކަށީގެން ނުވާ، އޭގެ މޫތަކުން ގެއްލުންވާ ގަސްތަކެއް ކަމަށެވެ. އަދި އެ ގަސްތައް ނަގަމުން ދަނީ އެ ނޫން ގޮތެއް ނެތިގެން ކަމަށް ވިދާޅުވި އެވެ.

ވަގުތީ އަމުރުގެ ޖަވާބުގައި ދައުލަތުން ވެސް ނިއުސް އާޓިކަލެއް ހުށަހެޅި އެވެ. އެއީ އަމީނީ މަގުގެ ގަސްތައް ކެނޑުމާ އެއްކޮޅަށް އެންވަޔަރުމެންޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަދި ތިމާވެއްޓާ ބެހޭ މާހިރެއް ކަމަށްވާ މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ވާހަކަ ދައްކަވާފައިވާ ލިޔުމެކެވެ.

އާރުޑީސީގެ ވަކީލު ވިދާޅުވީ، މަޝްރޫއު ކުރިއަށް ގެންދަނީ ބަޔަކާ ހަވާލުކޮށްގެން ތާވަލަކާ އެއްގޮތަށް ކަމަށާއި ވަގުތީ އަމުރަކާ ހެދި މަޝްރޫއު ކުއްލިއަކަށް ހުއްޓާލަން ޖެހިއްޖެ ނަމަ އާރުޑީސީ އަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ. ކުންފުނިން ދޫކޮށްފައިވާ ކޮންޓްރެކްޓުތަކުގެ މައްސަލަ ޖެހޭނެކަން ފާހަގަކުރެއްވި އެވެ. އަދި ފައިސާ ދައްކާފައި ވަކި މުއްދަތަކަށް ބޭނުން ކުރާ ގޮތަށް ހޯދާފައި ހުރި މުދާ ވެސް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ މަޝްރޫއު ހުއްޓާލަން ޖެހިއްޖެ ނަމަ ކޮންމެ ދުވަހަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން އާރުޑީސީ އަށް ވާނެ ކަމަށެވެ.

ދައުލަތުން ފާހަގަކުރި ގޮތުގައި، ގަސްތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރުމުގެ ނަތީޖާއަކަށް ވާނީ މަޝްރޫއު ރާވާފައި އޮތް ގޮތާ އެއްގޮތަށް ނުހިނގައި މަސައްކަތްތައް ހުއްޓުން ކަމެވެ.

ސިވިލް ކޯޓުގައި އެ މައްސަލަ ބައްލަވާ ގާޒީ މަރިޔަމް ވަހީދު ވިދާޅުވީ، ވަގުތީ އަމުރާ މެދު ގޮތެއް ނިންމައި އެކަން އަންނަ އާދީއްތަ ދުވަހު ދެ ފަރާތަަށް އަންގާނެ ކަމަށެވެ.

އަމީނީ މަގު ހެދުމަށް އެ މަގު ކޮނެފައި: އެ މަގު ތަރައްގީ ކުރަން ނިންމާފައި ވަނީ ތާރު އަޅައިގެން -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް ދެއްކި ވާހަކަތަކުން މައްސަލައިގެ މައުލޫގެ ތެރެއަށް ވަދެވި، އެކި ކަންކަމުގައި ބަހުސްކޮށް އެކަމަށް ގިނަ ވަގުތުތަކެއް ހޭދަވި އެވެ. އަޑުއެހުން ތިން ގަޑިއިރަށް ދިގުލައިގެން ދިޔަ އެވެ.

ގަސްތައް އުފުރުމުން، ތިމާވެއްޓަށާއި އާންމުންގެ ސިއްހަތަށާއި މޫސުމަށް ކުރާނެ ނޭދެވޭ އަސަރުތައް ބަލައި ކަށަވަރު ކުރުމަކީ ދައުލަތުގެ ގާނޫނީ ޒިންމާއެއް ކަމަށް ވިޔަސް އެ ޒިންމާ އަދާކޮށްފައި ނުވާ ކަމަށް ޝުނާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮންމެހެން ނަގަން ޖެހިގެން ނޫނީ ގަހެއް ނުނަގަން އީއައިއޭގައި ވެސް ބުނެފައިވާ ކަމެވެ. އަދި ގާ ޖަހައިގެން މަގު ހެދުމަކީ ގަސް ނުނަގައި މަގު ހެދޭނެ ގޮތެއްކަން ފާހަގަކޮށްފައިވާއިރު، އެ ގޮތަށް މަޝްރޫއު ހިންގިދާނެ ކަމަށް ވިދާޅުވި އެވެ.

ޝުނާނާ ވިދާޅުވިގޮތުގައި، ކޯޓަށް ހުށަހަޅާފައިވާ މައްސަލައިން ހާސިލު ކުރަން ބޭނުންވާ ނަތީޖާއަކީ، ގާނޫނުން ލާޒިމުކޮށްފައިވާ ދިރާސާތައް ހެދުމެއް ނެތި ރާއްޖޭގައި ދުވަސްވީ އެއްވެސް ގަހެއް ނެގުން އެއްކޮށް ހުއްޓުވުމެވެ.

ދައުވާގައި ބުނާ ކަންކަން ސާބިތު ކުރަން ކަމުގެ މާހިރުން ގެންނަވާނެ ކަމަށް ވެސް ޝުނާނާ ވިދާޅުވި އެވެ. ގަސްތައް ބަހައްޓައިގެން ވެސް މަގު ހެދޭނެ ކަމާއި ގަސްތައް ނުނެގުމުގެ މުހިންމުކަން ކިޔައިދޭނެ ބޭފުޅުން އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

ގަސްތަކުން ލިބޭ ފައިދާތަކަށް ބަލާއިރު، އެ ގަސްތައް ނެގުމަކީ އިއާދަނުކުރެވޭނެ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް ޝުނާނާ ވިދާޅުވުމުން ރައްދުގައި ދައުލަތުން ބުނީ، ގަސްތައް ނެގުމަކީ އިއާދަ ނުކުރެވޭނެ ގެއްލުމެއް ކަމަށް ނުދެކޭ ކަމަށެވެ. ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް އަމީނީ މަގު ހަދަން ގަސްތައް ނަގާއިރު، އެ ގަސްތަކުން އޮފިތައް ނަގައިގެން އެހެން ދިމަދިމާލުގައި އިންދާނެތީ އެއީ އިތުރުވާ ގަސްތަކެއް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަދި ނަގާ ގަސްތަކުގެ ބަދަލުގައި ބޮޑުވެފައި ހުރި ގަސްތަކެއް މަގުގައި އިންދާނެކަން ވެސް އެ ކަމަށް ބާރު ދިނުމުގެ ގޮތުން ދައުލަތުން ފާހަގަކުރި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އަމީނީ މަގު ހަދަމުން ދަނީ ޒަމާނުއްސުރެ މާލޭގެ މަގުތައް ހަދަމުން އައި ގޮތަށް ބަލައި ތަޖުރިބާގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެ މަގުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނެވޭނީ މިހާރު ރާވާފައިވާ ގޮތަށް ތާރު އަޅައިގެން ކަމަށް ވިދާޅުވި އެވެ. އަދި ތާރު އަޅާއިރު، ގަސްތައް ބަހައްޓައިގެން ހެދޭނެ ގޮތެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

15 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޯޑިނޭޓަރ

07 October 2022

މައްސަލައިން ހާސިލު ކުރަން ބޭނުންވާ ނަތީޖާއަކީ، ގާނޫނުން ލާޒިމުކޮށްފައިވާ ދިރާސާތައް ހެދުމެއް ނެތި ރާއްޖޭގައި ދުވަސްވީ އެއްވެސް ގަހެއް ނެގުން އެއްކޮށް ހުއްޓުވުންކަމަަށް މައްސަލަ ހުށަހެޅި ފަރާތުން ބުނަނީ. . އެެހެންވީމާ ދުވަސް ވީ ގަހެއް ކަން ބެލޭނެ ވަކި އުމުރެއް ކަނޑައަޅާ ތިމާވެއްޓާ ބެހޭ މިނިސްޓްރީ އިން ޤަވާއިދެއް ނެރުނީމާ އެ ނިމުނީ. އޭރުން ތި މައްސަލަ ހުށަހެޅި ބޭނުން ޙަޞިލު މުޅި މައްސަލަ އަށް ޙައްލެއް ލިބުނީ.

The name is already taken The name is available. Register?

ތިމާވެށި

07 October 2022

ދެމެހެއްޓެނިވި ގޮތެއްގައި މަގު ބެލެހެއްޓޭނީ މިހާރު ހުރި ހުރިހާ ގަހެއް މުލުން ނަގާފައި ރީތިކޮއް ޕްލޭންކޮއްގެން ހެދުން.. ދެން ޖަހާ ގަސްތައްވެސް ހަމަ ހެދޭނެ ރަގަޅަށް ބަލަހައްޓަންޔާ..

The name is already taken The name is available. Register?

ޒައިކް

07 October 2022

އަންނި ތިޔަހާ ތިމާވެށި ދެކި ލޯބި ވަންޏާ ކީވެއްތަ ސާކުސަމިޓަށް އައްޑޫގަ މަގު ހެދި އިރު އެ މަގުތަކުގަ ހުރި ގަސްތައް ކެނޑީ؟؟

The name is already taken The name is available. Register?

ޙަލީނު

07 October 2022

ފަޅުތައް ވިއްކާފަ ފަސް އަޅާ ފަރު ހިއްކާ އިރު ތިމާވެއްޓަށް އިއާދަ ނުކުރެވޭނެވަރުގެ ގެއްލުމެއް ލިބޭ ކަމަކަށް ނުވޭ !

The name is already taken The name is available. Register?

ބައެއްކަންކަމުގަވަރަށްފޯރިހުރޭ

07 October 2022

ތިމާވެށީގެ "ގްލޯބަލް ޕްރެޒިޑެންޓް" އަށް އިނގި ލައްވާތޯ، މިއޮއްބޯހާ ސިނގިރޭޓާ ވޭޕުން އަދި އޭގެ ފިލްޓަރތަކާ ކާރޓްރިޖްތަކުން ތިމާވެއްޓަށް ގެއްލުންވާކަން. އަދި ވިހަދުން އެހްނ މީހުންނަށް ފޯރާތީ ޞިއްޙީ ގެއްލުންލިބި، އިންސާނީ ޙައްޤެއް ގެއްލޭކަން. ދުންފަތް ކޮންޓްރޯލްކޮށް އޭގެ ދުމުން އެހެން މީހުން ހިމާޔަތްކުރުމަށް އޮންނަ މުއާހަދާގަވެސް ރާއްޖެ ބައިވެރިވެފަވަނީ. މަޖްލީސް ރައީސް އަދި ސުނާނާ ގެ ލޯ ފާރމުން މިކަމާވެސް އުޅެދީބަލަ. ގަސް ހުއްޓަސް ދުމުން ކޮށިއަރާނެ

The name is already taken The name is available. Register?

ދޯ

07 October 2022

މަގު ވެސް ހަދަން ވޭ. ގަސް ވެސް ކަނޑައިގެންނުވޭ. މަގު ތައް ރަނގަޅަށް ހަދާފައި ގަސް އިންދީމަ އެންނު ތިކަން ވާނީ

The name is already taken The name is available. Register?

ވޯލް

07 October 2022

އަންނިގެ ބޭނުމަކީ އިބޫ އަށް ދަތި ކުރުން. އަންނި ނިންމާފަ ހުރި ކަންކަމަކީ ތިމާވެއްޓަށް ގެއްލުން ނުވާ ކަންކަންބާ؟؟

The name is already taken The name is available. Register?

ޖަޒީރާ މޮޔަހެއްދުން

07 October 2022

ވިލިނގިލީ ފަރު ހަލާކުރިއިރު އެބައިމީހުްނގެ ލޯތަކަށް ނުފެނުނީބާ؟ ނޫނީ އަތްދަސުވެފައި ތިބޭލެއް ހަމަ ބޮޑީބާ؟

The name is already taken The name is available. Register?

މހލދބ

07 October 2022

ގޮތެއް ފޮތެއް ބަލާނުލާ ރާއްޖޭގެ އެކި ދިމަ ދިމާލުން ތިހިއްކާ ތަންތަނުން ތިމާވެއްޓަށް ލިބޭ ހަމަ އެއްވެސް ގެއްލުމެއް ނެތީތޯ. ރަށްރަށުގަ މަގު ހެދުމަށް އެތަން ގަހަކާ ރުކަކާއި ކަނޑާފަ ހުރީ އެކަންވެސް ބަލަންވާނެ. ތާރިވެސް ގާވެސް އަޅާނެކަމެއް ނެތް.މިހާރު އަޅާފަހުރި ގާކޮޅު ހޮވާލާފަ ތިކަން ދެން ނިންމާލާ. ޖިންނި މައިތިރި ވީމަ އެހެންކަމެއް ކުރެވޭނީ.

The name is already taken The name is available. Register?

ނިހާދު2

07 October 2022

ގަސްތަށްނަގާފަ ތިމަގު ރަގަޅަހަދަންވީ ކުރީގެ ދިވެހިރާއްޖޭގެ އަޑުކުރިމަތިން އަޑިޕާކުގަ ހުރި ދިއްގާގަސްތަށް ޔާމިން ސަރުކާރުން އެމަގު ހަދާ ފުޅާކުރަން ހެދީމަވެސް މިގުރޫޕް ސިޔާސީބޭނުމެއްގަ އުޅުނު ހުއްޓުވަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454