ފުލުހުން އަތުލައިގެންފައިވާ މަސްތުވާއެއްޗެހިތަކެއް: އިއުތިރާފް އެއްބަސްވުމުގެ ދަށުން އުމުރު ދުވަހުގެ ޖަލު އަދަބު 12 އަހަރަށް ވަނީ ކުޑަކޮށްފައި --- ފޮޓޯ/މިހާރު
12 އޮކްޓޯބަރ 2022 - 12:24
ބައި ކިލޯއެއްހާ ޑްރަގް ގެންގުޅުނު މީހަކާ އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން، އުމުރު ދުވަހުގެ ޖަލު ހުކުމުގެ އަދަބު 12 އަހަރުގެ ޖަލު ހުކުމަކަށް ކުޑަކޮށްފި އެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށަށް ގާނޫނުގައި އޮންނަ އެންމެ ލުއި އަދަބަކީ ވެސް އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާ ކުރުމެވެ.
މާލޭގެ އެޕާޓްމެންޓަކުން އޮކްޓޫބަރު، 2020 ގައި ބައި ކިލޯއެއްހާ ޑްރަގާ އެކު އަތުލައިގަތް އާދަމް ސަމޫހަށް އަދަބު އެއަށް ވުރެ ލުއިވީ އޭނާ ކުށަށް އިއުތިރާފްވުމުން އޭނާގެ އަދަބު 12 އަހަރަށް ލުއިކުރަން ދައުލަތުން އެއްބަސްވުމެއް ހެދުމުންނެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ކޯޓުގައި ކުށަށް އިއުތިރާފްވި އެވެ.
އެއްބަސްވުމުގައިވާ ގޮތަށް މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ އޭނާ 12 އަހަރާއި ހަ މަހަށް ޖަލަށްލުމެވެ. އެކަމަކު އޭނާ އެއް އަހަރާއި 11 މަސް ބަންދުގައި ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަން ޖެހެނީ 10 އަހަރުގެ ޖަލު ހުކުމެކެވެ.
ޖަލު ހުކުމުގެ އަދަބު ކުޑަކުރިޔަސް، ޖޫރިމަނާގެ އަދަބު ލުޔެއް ނުކުރެ އެވެ. އެހެންވެ، ގާނޫނުގައި އޮންނަ 100،000ރ. އިން އޭނާ ވަނީ ޖޫރިމަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީައަހުމަދު
04 July 2023
މީނަ މިނިވަން ވެސް ވެއްޖެ . ލާރިނެ މީހުން ޖަލުގަ . ލާރިހިތި މީހުން ދެދުވަހުން ގެއަށް . ސާބަސް
ތުނޑުހަސަނު
12 October 2022
މިގޮތަށް ޑީލް ހެދުމަކީ ޕީޖީއަށް ކޮން ގާނޫނެއްގެ ދަށުން ލިބިދީފައި އޮތް ބާރެއްތޯމިއީ. އެނގޭކުއްޖަކު ނިކަން ބުނެދީބަލަ. ހަސަންބެއަށް ނޭނގޭތީ މިއަހާލީ.
ބިތްޖެހި
12 October 2022
ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާ އޭގެ ދަށުން ހަދާފަވާ ގާނޫނު ތަކާ ގާނޫނުލް އުގޫބާތުގެ ދަށުން ޕީޖީ އަށް ލިބިދީފަ އޮއްނަ ބާރެއް މިހެން ޑީލު ހެދުމަކީ. ގާތްތިމާގެ ކުދިން ސަލާމަތް ކުރަން ހަދާފަ އިން ގާނޫނީ ބާގަނޑުތައް
ހަސަންދީ
12 October 2022
ވަރަށް ރަނގަޅު ނިންމުމެއް ޕީ.ޖީން.
ޖުހާބެ
12 October 2022
އެއްވެސް ސަރުކާރެއްގައެއް ނެތް މި ބޮޑުމައްސަލަ ހައްލުކުރުމުގެ ގާބިލްކަމެއް އެތައްގައުމެއްގަ މަރުގެ އަދަބުދޭކަމެއްގަ ރާއްޖޭގަ އެންމެ 12 އަހަރު
ދުންމާރި1
12 October 2022
ބަލަ ޕީޖީއަށް ޤާނޫނުން ކަނޑައަޅާ އަދަބެއް ލުއިކޮށްދެވޭތަ؟ ތިޔަހެން ޑީލްހަދައިގެން އަދީބާ ޒިޔަތު 800 އަހަރުގެ ޙުކުމް ކުޑަކޮށް ދައުލަތުން ގެއްލުނުހާ ފައިސާ ހުދުކާފޫރަށްވެ އެފައިސާ ދައްކަން ނުޖެހި ގޭގަ ޙުކުމް ތަންފީޒުކުރަނީ ތިޔައީވާ ވަރުގަދަޑިލެއްތާ ނިކަމެތިންނަށް ދެއުޅިއެއްނުވާ ދަޢުވާތަކުގަބޮޑެތި އަދަބުތައް މހަމަ ސަދޫމުބާ؟
ވިޔޮޅު
12 October 2022
ދެން ކޮންމެވެސް ބޭކަލެއްގެ ދީލަތިކަމުން، ނޫނީ ޑޭޓާ ބޭސްގެ މައްސަލަޔަކުން، ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކުރެވުނީ ކަމަށް ފެނިގެން ދޮޅަހަކަށް އަހަރުގެ ތެރޭގައި "މިނިވަން" ވެދާނެކަމަށް ފެނޭހެއްޔެވެ؟
ސައްލޫ
12 October 2022
ނޫން ޕެރޯލް އިން 3 ނޫނީ 4 އަހަރުން ނިކުމެވޭނެ ގަވާއިދާ އެއްގޮތައް. 12 އަހަރުގެ މާނަޔަކީ ގިނަވެގެން 4 އަހަރު. މަވެސް 3 އަހަރައް ކޮއްފަ 1 އަހަރުން ނެރެލީ
އަލްފާނީ
12 October 2022
ޑްރަގް އެތެރެކޮށް ވިއްކާމީހުން ހައްޔަރުކޮށް އަދި ހުކުމް ނާންނަގޮތައް ހެދުން ރަނގަޅުވާނީ..ބާރުނެތް ގާނުނެއްގަ ބޮޑެތި އަދަބުތަކެއް ލިޔެގެން ތިބުމުގެ ބޭނުމެއްނެތް..3މުއައްސަސާ ގުޅިގެން ހިންގަނީ ޖަރީމާ..އެމީހުން ހައްޔަރު ކުރަނީވެސް ސުރުޚީތަކަށް ފުލުހުން ކަމެއްކުރާކަން އަރުވަން..
ހުސޭނިކުބޭގެ މާޙް ޖަބީނު
12 October 2022
ޑްރަގުގެ މައްސަލަތަކުގެ ވާހަކަ ދެއްކުމެއް ނެތެވެ ދުވާފަރު ކައުންސިލް މައްސަލަ ހިނގާނެއެވެ. އެހެނީ އޮއްބަން ދޭނެ ލާރިއެއް އެމީހުން އަތަކު ނުހުންނާނެއެވެ.
އަލީލީ
12 October 2022
އަމިއްލައަށް ހަދާ ގާނޫންތަށްވެސް ކުޅޭކުޅޭ އެއްޗެއްސަވެ ނިމިއްޖި. ހިތާވާ މީހާކާ ޖެހިއްޖެ ނަމަ ކުޑަ އަދަބު މި އޮންނަނީ. ދުވަސްކޮޅަކުން މީހުން މަރާ މީހުން ވެސް 3 މަހުގެ ގޭ ބަންދަށްލާފާނެ ދައުލަތުން ޑީލް ހަދައިގެން