ކަނޑު ގަދަ ދުވަހެއްގައި ލޯންޗެއް މާލެ އަންނަން ދަތުރުކުރަނީ: މި ދުވަސްވަރު ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް މެޓުން ބުނޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
12 އޮކްޓޯބަރ 2022 - 23:32
ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވާތީ ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުން މިރޭ އިލްތިމާސްކޮށްފި އެވެ.
އެމްއެެންޑީއެފުން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ހަތަރު ދުވަހު، ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގައި ވައިބާރުވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައި ވާތީ ކަނޑު ދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
އޮޑިވެރިންނާއި ކެޕްޓަނުންނާއި ފަޅުވެރިންނާއި އަދި ދަތުރުތަކުގައި ބައިވެރިވާ އާއިލާތަކާއި ރަހްމަތްތެރިން ވެސް މި ދަތުކުރެއްވެނީ ސަލާމަތާއި ރައްކާތެރި އުޅަނދެއްގައި ކަން ޔަގީންކުރެއްވުމަށް ފަހު ކަނޑުމައްޗަށް އެރުއްވުމަށް އިރުޝާދު ދެމެވެ،" އެމްއެންޑީއެފުން ބުންޏެވެ.
Active monsoon over Maldives area. pic.twitter.com/NoVdPacDfh
— Maldives Meteorology (@MetMaldives) October 12, 2022
ދަތުރުކުރާއިރު އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅަން ދިވެހި ސިފައިން އެދެ އެވެ. ދަތުރުތައް ފެށުމުގެ ކުރިން މޫސުމަށް ބަލައި، ރައްކާތެރި މަގެއް ހިޔާރުކޮށްގެން ދަތުރުކުރުމަަކީ ވެސް އެމްއެންޑީއެފުގެ އިލްތިމާސެކެވެ.
މެޓުން މިއަދު ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު ވެސް މުޅި ރާއްޖެ އަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވައިބާރުވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮކިޖުއް
13 October 2022
ބަލަ ސަމާލުވާށޭ އިއުލާނުކުރުމަކުން ނުފުދޭ. އެމީހުން ތިވާހަކަ އަޑުނާހާ ކަނޑުމައްޗައް ނުކުމެ ބޮނޑިބުއީމަ ދައުލަތުގެ ހަރަދުގައޭ ޖެހެނީ ފަސް ހަ ދުވަސް ވަންދެން ހޯދަން.ޓްރާންސްޕޯޓް މިނިސްޓްރީ, ކޯސްޓްގާރޑް އަދި ކައުންސިލްތައް ގުޅިގެން އުސޫލް ކަނޑައަޅާށޭ.ޕެސެންޖަރ/ކުރޫ މެނިފެސްޓް ހުށައްޅަން. އައިޑީ ޗުކޮކުރަން. އިންޝުއަރެންސް ކުރަން.މިކަންކަމަށް ހާއްސަ ޕޯޓަލް ހަދާ އުޅަނދުގެ ލޮކޭސަން ރިޕޯރޓްކުރާނެ އާލަތް ހަރުކުރުވާ.