ކުރީގެ ރައީސް އަބްދުﷲ ޔާމީން
16 އޮކްޓޯބަރ 2022 - 15:13
ވޯލްޑް ބޭންކުން މި މަހު ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ހިޔާ މަޝްރޫ އާ ގުޅޭ ގޮތުން ހިމަނާފައި ހުރި ވާހަކަތަކަށް އެ މަޝްރޫއު ހިންގެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައި ވަނީ 25 ބުރީގެ އުސް އިމާރާތްތަކަކީ ދިވެހިން އާންމުކޮށް ދިރިއުޅެމުން އަންނަ ފަދަ ތަންތަން ނޫން ކަމަށްވާތީ އެއީ ދިވެހިންގެ ވައްޓަފާޅިއާ ނުގުޅޭ ފްލެޓުތަކެއް ކަމަށެވެ. އަދި އެ ފްލެޓުގައި މީހުން ދިރިއުޅެން ފަށާފައިވާ 6،338 ފްލެޓު ތަކުގެ ތެރެއިން 2،345 ތަނުން ކުލި ނުދައްކާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ޔާމީން ހއ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތުރާކުނުގައި ވާހަކަ ދައްކަވަމުން، އުސް އިމާރާތްތަކެއްގައި އުޅެން ޖެހެނީ ވަކި ގައުމެއްގެ ވަކި ބައެއްތޯ އެ މަނިކުފާނު ސުވާލު އުފެއްދެވި އެވެ.
ދިވެހިން އުޅެން ބޭނުންވާ ވައްޓަފާޅި އެނގޭނީ ދިވެހިންނަށް އެކަނި ކަމަށާއި ބޭރުން އަންނަ ބަޔަކަށް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. ދިވެހި ދަރިން ވެސް އެޕާޓްމަންޓުތަކުގައި އުސް އިމާރާތްތަކުގައި އުޅެން ބޭނުންވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ހައްގު މިންވަރެއް ނޫންތޯ އެއީ. އަޅުގަނޑުމެން ވެސް އަޅުގަނޑުމެންގެ ދަރިން އެޕާޓްމަންޓުތަކުގައި ގެންގުޅެން ބޭނުންވާނެ ދެއްތޯ. އެހެންވެ އެއީ ކޮން ވައްޓަފާޅިއެއްގެ ވާހަކަ މި ދައްކަނީ،" ޔާމީން ވިދާާޅުވި އެވެ.
ހިޔާ ފްލެޓު އިމާރާތް ކުރަން ސަރުކާރުން ނަގާފައިވާ ލޯނު އަދާކުރަން ދަތިވާނެ ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވާ ވާހަކަ ވެސް ޔާމީން ގަބޫލުފުޅެއް ނުކުރައްވަ އެވެ.
ޔާމީން ވިދާޅުވީ އެތަނުގައި ތިބި މީހުން އަތުން ކުލި ބަރާބަރަށް ނަގައިގެން ލޯނު އަދާ ކުރެވޭނެ ކަމަށެވެ. އަދި އެ މީހުން ކުލި ނުދޭން އުޅެނީ ކީއްވެތޯ ވިސްނާލަން ޖެހޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ރިސޯޓުތައް ހިންގާ ބޮޑެތި މަހުޖަނުން ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް އާއި އެކިއެކި ފީތައް ނުދައްކާ އިރު އެއަށް ވުރެ އަސާސީ ހިދުމަތެއް ހޯދާ ބަޔަކު ކުލި ދައްކަން ޖެހޭ ސަބަބެއް އޮތްތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.
"ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް ފައިދާ ނަގާ ރިސޯޓު ހިންގާ މީހުން އެއް ބަޔަކު އެބަތިބި މީރާ އަށް ދައްކަންވާ ޓެކްސް ނުދައްކާ. އެއީކީ މައްސަލައެއް ނޫން ، އެކަމަކު ބޯހިޔާވަހިކަން ނެތިގެން އުޅޭ އެންމެ ނިކަމެތިން ފައިސާ ނުދެއްކީމާ މި ބުނަނީ މިއީ އިގްތިސާދީ ގޮތުން ދެކޮޅު ޖެއްސޭނެ ކަމެއް ނޫނޭ،" ޔާމީން ވިދާޅުވި އެވެ.
ހިޔާ މަޝްރޫއަކީ އިގްތިސާދީ ގޮތުން ދެކޮޅު ޖެއްސޭނެ މަޝްރޫއެއް ކަމަށާއި ދެކޮޅު ނުޖެހޭ އެއްވެސް ކަމެއް އެމަނިކުފާނުގެ ވެރިކަމުގައި ކުރައްވާފައި ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫތަކަށް އެކަށީގެންވާ ސަބްސިޑީއެއް ދޭން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވެ ބިލިއަނެއްހާ ޑޮލަރު އެކި މީހުންނަށް ބަހައިލި ކަމަށާއި އެހެންވެ އެކަމަށް ހަރަދު ނުކުރައްވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިސާމް
17 October 2022
ވޯލްޑް ބޭންކް ރިޕޯޓުގަ މައްސަލަ އެބަހުރި. އެހެނަސް ހަގީގަތަކީ ވޯޓު ހޯދަން ހަރަދު ބޮޑުކޮށް ޔާމިނު ފްލެޓް އެޅީ ދެންވާނެ ކަންކަމަށް ނުވިސްނާ. އެހާ ބައިވަރު މީހުން އެއްތަނަކަށް ޖަމާ ކުރާއިރު ލިބެން ޖެހޭ ހިދުމަތަށް ނުބަލާ.
ޑިމޮކްރަސީ
17 October 2022
ވޯލްޑް ބޭންކުން ބުނީމަ ދިވެހެިން އަދިވެސް އުޅެންވީ ހަޑަސްބުރިޔަށް ދަގަޑު ހަރަންތަ ދުނިޔޭގެތަންތާގަ 200 300 ބުރިޔަށް ހަދާފަހުރިތަންތަންވެސް އެބަހުރި ކީއްވެ ފާޑުނުކިޔަނީ
ކޮމަންޓޭޓަރ
17 October 2022
މި ސަރުކާރުން ދީފައިވާ މައުލޫމާތަށް ބަލައި ވޯލްޑް ބޭންކުން ރިޕޯޓެއް ހެދުމުން ދެން އޭގެން ފެންނާނީ ހުސް "ނޫންކަންތައް" ނޫންތޯއެވެ. ފުރަތަމަ މިސަރުކާރުން ކީ އެއީ ކޮތަރުކޮށްޓެއް ކަމަށެވެ. ރައްޔިތުން އެކަން ޤަބޫލެއް ނުކުރި. ދެން ކުލިނުދެއްކޭވަރަށް ތަނުގެ ކުލިބޮޑުކޮށް، އެތަނަކީ ތަކުލީފެއް ކަމަށް ބަލާން ޖެހޭވަރުކުރީއެވެ. އެވަރުންވެސް ރައްޔިތުން އެކަން ގަބޫލުނުކުރިއެވެ. 4 އަހަރު ތެރޭ އެތަނުގައި ވަސީލަތެއް ނެތީ މިސަރުކާރުގެ އިޙްމާލެވެ. ޤައުމު ދާވާލީއެވެ.
ބޭނުމެއްނޫން.
17 October 2022
ވޯލްޑްބޭންކާއި އދ. ގެ ޖަމާޢަތްތަކާއި، ކޮމަންވެލްތާއި، މިހިރަ މިހިރާ ތަންތަނަކީ ޔާމީނަށް ހަޖަމު ނުކުރެވޭ ތަންތަންކަން ކުރިންވެސް އޮތީ އެނގިފަ. އަނެއްކާވެސް ބަލިގަނޑު ތިހިރަ ހިލެނީ. ތިފަދަ މީހަކު ކިހިނެއްތޯ ދުނިޔޭގަ އޮތް މިފަދަ ކުޑަ ގައުމެއްގެ ވެރިކަން ކުރާނީ. ތިފަދަ މީހަކު މިގައުމަށް ވެރިޔަކަށް އައިސްފިނަމަ އަނެއްކާވެސް މިގައުމު ވާނީ ދުނިޔެއާ އެކަހެރި.
ދޮންބެއަލީ
17 October 2022
ދޮންމީހުން 50 ބުރި 70 ބުރި ޓަވަރު ތަކުގައި އުޅެއް އޯކޭ. އޭސިޔާ މީހުން ފަންޖިފުޑީގައި މީ އަބަދުވެސް ހުޅަގުން ވިސްނާގޮތަކީ. ތިޔަފުލެޓްލިބުނު މީހަކުނެތް ދޫކޮށްލާފަކާ، ދެން މާލޭ ކުލިން 3000 ،2000 ރުފިޔާ މަދުވެއްޖެ ޔަޤީނުންވެސް . މިހާރު އިހަކުމާލެއިން ބޭނުން އަގެއްކިޔައިގެން ކުއްޔަށް ދެވުނަސް މިހާރު އެކަމެއްނުވޭ މީހަޤީޤަތަކީ..ތަން މެނޭޖުކޮށް ވިޔަފާރި ހަބަކަށް ހަދަން ނޭގުމަކީ ފުލެޓް ތަކުގެ މައްސަލައެއްނޫން.
ގެދަބުޅި
17 October 2022
ނޫނޭ މަނިކުފާނުގެ ގެގޮޅު އުސްކޮށް އެބަހެދެއެއްނު. އެއީކީ ނޫންތޯ ބޭނުންވިކަމަކީ. ޔާމީނު ހެޔޮނުވާނެ ދިވެހިންގެ ގުދުރަތީ ވަސީލަތްތައް ވިއްކައިގެން މަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފަ ހުރި ފައިސާތައް ދިވެހިންނާ ހަވާލުކޮށްފަ ދިވެހިންގެ ކައިރިއަށް އަންނާށެވެ.
މަހަށްދޭދޭބަލަ
17 October 2022
ރައީސް ޔާމީން އަކީ އެއީ ސާރކް ސަރަހައްދުގައި އުފެދުނު އެންމެ ގަޓް ހުރި ލީޑަރު އަދި އެމެރިކާ އާއި ހުޅަނގު އެންމެ ޖެހިލުންވާ ލީޑަރު އެއީ ސީދާ ސާރކްގެ ޕޫޓިންއޭ ކުޅަދާނަ އެއް ނޫނޭ ވޯލްޑް ބޭންކް ކިއެއްކުރަން އައިއެމްއެފް އަށް ވެސް ރައީސް ޔާމީން ވެރިކަމުގައި ރާއްޖެއާއި ވައި އެޅެން ވެސް ވޯލްޑް ބޭންކް އަދި އައިއެމްއެފް އެއީ އެމެރިކާއިން ހިންގާ ކޮރަޕްޓް ތަންތަނޭ އެމެން ބުނާ ގޮތަށް ހަދާ ގައުމެއް ވަނީ ބަނގުރޫޓްއޭ ވޯލްޑް ބޭންކް މަހަށްދޭބަލަ މަހަށް މަހަށް
ސާމިރު
17 October 2022
ހިޔާ ފުލެޓަކީ ވޯޓު ހޯދަން، ވަގުތުން އައިޑީ ކާޑުހިފައިގެން ދިއުމުން ދަފުތަރުގައި ޖައްސައި، އެމީހުން ހިމަނަިއގެން ލިސްޓު ނެރެގެން، ދިންތަނެއް، މާލޭގެ ނިކަމެތި ރައްޔިތުންނަށް ވުރެ ބޮޑަށް ރާއްޖެތެރޭގައި ގޯތިގެދޮރު ހުރި މީހުންނަށް ދީފައި ހުރީވެސް،
ޑިކްޓޭޓާރސްޑޯންޓްލިސްން
17 October 2022
މަނިކުފާނަކީ، މައުމޫނެކޭ އެއްފަދައިން، އެއްވެސް އިރެއްގަ ފާޑުކިއުން ބަލައިގަނެ އަދި ތަޙައްމަލުކުރުމުގެ ހިތްވަރު ހުރި މީހެއްނޫން. ހިޔާ ފްލެޓް މަޝްރޫޢު ހިންގާފަވާގޮތަށާ އަދި ފްލެޓްތައް ތަރައްޤީ ކުރިއިރު، އެވަރު ބޮޑު އާބާދީއަކަށް ބޭނުންވާނޭ އަސާސީ އިޖްތިމަޢީ ޚިދްމަތްތަކާ އިންފަރާސްޓަރަކްޗަރ އެ ސަރަހައްދުގައި އެއްވެސްވަރަކަށް ޤާއިމުކޮށްފައި ނެތުމާ، އެންމެ ފަޤީރު މީހުްންނަށް އަމާޒު ކުރިއިރު، އެތަނަށް ވަނުމަށް މީހުން ދަރަނިވެރިވާންޖެހުން. ހުސްމައްސަލަ
ޑިކްޓޭޓަރޭ
17 October 2022
މީހުން ދަރަނިވެރި ކުރުވީ މި ސަރުކާރުން.. ކުރީ ސަރުކާރުން ނިންމާފަ އޮތީ މުޅިތަން އެއްކޮށް ނިންމާ ޙަވާލުކުރުމަށް، މި ސަރުކާރަށް ނޭނގޭ ކަމެއް ކުރާކަށް..
ކިހާބޮޑުކަމެއް
17 October 2022
މިއުޅެނީ އުޑަށް ނޭރިގެނެއްނޫނެވެ. ކަލޭކަހަލަ ސިޔާސީމީހުންގެ ވަބާއިން ސަލާމަތްނުވެގެން ދިރި ނޫޅެވިގެންނެވެ.