ވިޔަފާރި / ޓޫރިޒަމް

ޓޫރިޒަމް ސީޒަންގެ ފެށުން ރަނގަޅު: ނޮވެމްބަރު މަހު 16 ޕަސެންޓުގެ ކުރިއެރުމެއް

ރާއްޖެ އައި ޓޫރިސްޓުންތަކެއް ރިސޯޓެއްގެ މޫދުގައި: މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް 1.17 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައިވޭ.-- ފައިލް ފޮޓޯ: އިވޯލްވް

ރާއްޖޭގެ ޓޫރިޒަމް ސީޒަނުގެ ފުރަތަމަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ގާތްގަނޑަކަށް 16 ޕަސެންޓް އިތުރުވެއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ސީޒަނަކީ ޔޫރަޕަށް ފިނި މޫސުން ކަމަށްވާ ނޮވެމްބަރުން އޭޕްރީލް މަހާ ދެމެދު އެވެ. ހާއްސަކޮށް، މި ދުވަސްވަރު އަންނަ ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އާދެ އެވެ. އެހެންވެ، ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ ވަރަށް ބޮޑަށް މައްޗަށް ދެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމު ކުރި މިދިޔަ ނޮވެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މަހު ރާއްޖެ އަށް 104،572 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އެއީ އޭގެ ކުރީ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެ އައި 90،218 ޓޫރިސްޓުންނަށް ވުރެ 15.9 ޕަސެންޓް އިތުރު އަދަދެކެވެ.

ނޮވެމްބަރު މަހު އައި ޓޫރިސްޓުންގެ އަދަދު އިތުރުވެފައި ވާއިރު، އެ މަހުގެ ނިޔަލަށް 1.17 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި 1.1 މިލިއަން ޓޫރިސްޓުންނަށް ވުރެ 4.6 ޕަސެންޓް އިތުރު އަދަދެކެވެ.

ނޮވެމްބަރު މަހު ވެސް އެއް ގައުމަކުން އެންމެ ގިނައިން ޓޫރިސްޓުން އައީ ޗައިނާ އިންނެވެ. އެކަމަކު، އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ދާން ފަށާފައި ވާ އިރު، މިދިޔަ ނޮވެމްބަރު މަހު ވެސް އެ އަދަދު ވަނީ އޭގެ ކުރީ އަހަރުގެ ނޮވެމްބަރު މަހާ އަޅައިބަލާއިރު 4.5 ޕަސެންޓް ދަށަށް ގޮސް، 18،954 އަށް ތިރިވެފަ އެވެ. އަދި މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އައި ޗައިނާ ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތަށް ވުރެ 10.2 ޕަސެންޓް ދަށްވެ، 343,259 އިން 308,077 އަށް ތިރިވެފަ އެވެ.

ރާއްޖެ އައި ޗައިނާގެ ޓޫރިސްޓުންތަކެއް އެއާޕޯޓުގައި: ޗައިނާގެ މާކެޓް ވަނީ ދަށަށް ގޮސްފައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން އައި ޓޫރިސްޓުންގެ ނިސްބަތް ވަނީ މިިދިޔަ ނޮވެމްބަރު މަހު ވެސް ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. އެ ގޮތުން، އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އިންޑިއާ އިން ނޮވެމްބަރު މަހު 6,895 ޓޫރިސްޓުން އައިސްފައި ވާއިރު، އެއީ އޭގެ ކުރީ އަހަރުގެ ނޮވެމްބަރު މަހު އެ ގައުމުން އައި 4,857 މީހުންނަށް ވުރެ 42 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް އިންޑިއާ އިން އައި ޓޫރިސްޓުންގެ އަދަދު ވަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 28.1 ޕަސެންޓުގެ ކުރިއެރުމެއް ހޯދައި، 44,705 އިން 57,264 އަށް އަރައިފަ އެވެ.

މިހާރު ރަނގަޅުވަމުން އަންނަ ޔޫރަޕްގެ މާކެޓުން ވަނީ ނޮވެމްބަރު މަހު ވެސް ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އެ ގޮތުން، އޭގެ ކުރީ އަހަރުގެ ނޮވެމްބަރު މަހާ އަޅައިބަލާއިރު، ޔޫރަޕްގެ އެންމެ ޒަމާންވީ ޓޫރިސްޓް މާކެޓުތައް ކަމަށްވާ އިނގިރޭސި ވިލާތުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 15.3 ޕަސެންޓުގެ ކުރިއެރުމެއް ހޯދައި 7,001 އިން 8,071 އަށް، އިޓަލީން 12.6 ޕަސެންޓުގެ ކުރިއެރުމަކާ އެކު 4,429 އިން 4,987 އަށް އަދި ޖަރުމަނުން 11.1 ޕަސެންޓުގެ ކުރިއެރުމެއް ހޯދައި 9,682 އިން 10,759 އަށް އިތުރުވެފަ އެވެ.

މިދިޔަ އަހަރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކުރިން ލަފާކުރިޔަސް، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާގެ މާކެޓް ވަރަށް ބޮޑަށް ދަށްވުމުން، ސަރުކާރުން ވަނީ އޭގެ ކުރީ އަހަރެކޭ އެއްވަރަށް 1.4 މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފައިފަ އެވެ.

މިދިޔަ މަހުގެ ހިސާބުތައް އަދި އާއްމު ނުކުރާތީ، އަހަރު ނިމުނުއިރު އެ އަމާޒަށް ވާސިލުވެވުނު ކަމެއް ޔަގީނެއް ނޫނެވެ. އެކަމަކު، ޓޫރިސްޓް ސީޒަނާ ދިމާކޮށް ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވެފައިވާ ކަމަށް އެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައި ވާއިރު، އާ އަހަރާ ދިމާކޮށް ރެކޯޑް އަދަދެއްގެ އަމިއްލަ ޖެޓް މައި އެއާޕޯޓުގައި ވަނީ ޖައްސައިފަ އެވެ.

މި އަހަރު ރާއްޖޭގެ ޓޫރިޒަމް ރަނގަޅުކޮށް، ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި، ގިނަ ފެއާތަކެއްގައި ބައިވެރިވުމާއި ރާއްޖޭގައި ބައިނަލްއަގުވާމީ ޓޫރިޒަމް ފެއާއެއް ބޭއްވުމުގެ އިތުރުން ޓޫރިޒަމް އިޝްތިހާރު ކުރުމަށް ގެންގުޅޭ އުސޫލުތައް ބަދަލުކުރުން ހިމެނެ އެވެ.

6 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަން

10 January 2017

ބަލަ ޓުއަރިސްޓު ވިސާގާ އައީމާ ހަމަވާނީ ޓުއަރިސްޓުންނައް ހެޔޮ ކަރަންފޫ ވިއްކަން އަޔަސް.

The name is already taken The name is available. Register?

މެންޓަލިސްޓް

09 January 2017

ދަންނަވަންތޯ ވާހައެއް ރާއްޖެއަންނަ ގިނަބޭރުމީހުންނަށް އިމިގްރޭޝަންއިން ޖަހައިދޭނީ ޓޫރިސްޓް ވިސާ ،، ވީމާ ލުބީމިރުސް ވިއްކަން އަންނަމީހުންނާޢި އެހެންކަންކަމުގައި އަންނަމީހުންވެސް ހިމެނޭނީ ޓްއަރިސްޓުންގެ ގޮތުގައި ،،، ވީމާ އެހިސާބު ބަލައިގެން އަސްލު ގެސްޓްހައުސްތަކާޢި ރިސޯޓްތަކާއި ހޮޓާތަކަށް އައި މީހުންގެ އަދަދެއް ބަރާބަރަށް ނޭންގޭނެ ،،، ވީމާ ތިޔަހެން ޕަރސަންޓް މައްޗަށްދިއައޭ ބުނެގެން ތިޔަހިސާބަށް ބަރޯސާވެވޭކަށް ނެތް ،،، ވަރަށްވެދުން

The name is already taken The name is available. Register?

މިތުރު

09 January 2017

ކޮންމެ ނަމެއް ކިޔަސް ސަރުކާރާ އިދިކޮޅުގަ ތިބެގެން ރާއްޖޭގެ ޓުވަރިޒަމް ސިނާއަތު ހަލާކު ކޮށްލަން ތިކުރާ މަސަތްކަތް އެއްވެސް ދިވެހި ރަށްޔިތަކު ގަބޫކެއްނުކުރާނެ. އެތަށް ދަތި އުދަގުލާ އެކު ވެސް އަދުގެ ރައީސް އެޅުއްވި ހަރުދަނާ ފިޔަވަޅުތަށް ފެނިގެން މިދިޔައީ. ސީޒަން ފެށިގެން އައީ ޕްރައިވެޓް ޖެޓް ތަކުން އެރޕޯޓް ފުރިގެން.

The name is already taken The name is available. Register?

މުޙައްމަދު

09 January 2017

އަޅުގަނޑު މަސައްކަތް ކުރާ ރިސޯޓް ހިމެނޭގޮތަށް ގިނަ ރިސޯޓްތަކުގެ އެވަރެޖު އޮކިއުޕެންސީ އަކީ %50 ކަމުގައި ދަންނަވަން! ~ވަރަށް ވެދުން~

The name is already taken The name is available. Register?

ލުކްވެލް

09 January 2017

ކުރީ އަހަރަށް ވުރެން މިއަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު %4.6 މައްޗަށް ދިއުން އެއީ ރަންރީނދުލޭ މެން ދައްކާ ވާހަކަ ތައް ދިމާ ނުވާ ކަމުގެ އަލިގަދަ ދަލީލު ނޫންތޯ މިފެނިގެން ދަނީ. އެމެން ކަނޑުކޮސް ގޮވާ އެމެންގެ ކަނޑުކޮސް އަޑު ފޮށިން ރާއްޖޭގެ އިގްތިސާދު ދަށަށް ދަނީ އޭ ކިޔާ ޕްރޮފޭ ފަތުރައިގެން. ރާއްޖޭގެ އިގްތިސާދު ދަށަށް ދާނަމަ ރާއްޖޭގެ ޓޫރިޒަމް އަށް %4.6 ގެ ކުރިއެރުމެއް ނާންނާނެއެވެ. ދެން އަނެއްކޮޅުން މާލޭގެ ދެކުނުން އެނބޫދޫ ފަޅު ކުއްޔަށް ހިފާފައިވާ އިންވެސްޓަރު މިހާރު އެނބޫދޫ ފަޅު ހިއްކަން އެފެށީ އެއީ އިންވެސްޓަރުން ރާއްޖެ އަށް އަންނަ ކަމުގެ އަލި ގަދަ ދަލީލު ތަކެއް ނޫންތޯއެވެ. ދެން ފެނިގެން ދާނީ މާލޭގެ ދެކުނުން މާލޭގެ ބެކް ޔާރޑް އިން މާލޭގެ ތިން މާލެ ވަރުގެ ފަޅު ހިއްކިގެން އަންނަ ތަން. އަދި އެ ގޮތުން ހިއްކޭ ފަޅާއި މާލެ އާއި ދެމެދު ޗައިނާގެ އެހީގައި ބްރިޖް އެޅިގެން ދާ ތަން ވެސް ފެނިގެން ދާނެއެވެ. މިކަން ކަމުން މިދޭހަ ވަނީ ރާއްޖޭގެ އިގްތިސާދު ހުރީ ރަނގަޅު ޑިރެކްޝަން އާއި ދިމާލަށް ކަން. މާލެ ސަރަހައްދު ތަރައްގީ ވެގެން ދައުލަތަށް ވަންނަ އާމްދަނީ އިތުރު ކުރެވޭނީ ޓްރިލިއަނުން. ރަށް ފުށަށް ކުރާ އެއްވެސް ޚަރަދަކުން އޭގެ ރިޓާން ދުވަހަކު ވެސް ނުލިބޭނެއެވެ. މީ ހަގީގަތަކީ.

The name is already taken The name is available. Register?

ކޮބާ

09 January 2017

ސޯޅަ ޕަރސެންޓް ކުރިއެރުމާއި އެކު ރާއްޖޭގެ ޓޫރިސްޓް ސީޒަން ފެށީ އެއީ ރާއްޖޭގެ ހިސްޓްރީ ބުކް ޕޭޖް ގައި ވެސް ހަމަ އެކަނި މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުގައޭ މަމެން ބުނަން ނެތީމު އިނގޭ. މަމެންނަށް އިނގޭހާ ވެސް އެއްޗަކީ އެމެން ޑޮލަރު އަގު ބޮޑު ކުރި ތިން އަހަރު ދުވަހުގެ ވެރިކަމުގައި މިފަދަ ޑިލައިޓްފުލް ނިއުސް އަޑު ނީވެ މަމެން ރައްޔިތުންނަށް އަޑުއިވިގެން ދިޔައީ މުޅިން ވެސް ޑިސްއެޕޮއިންޓިންގް ނިއުސް ދޯ. ކީއްކުރާނީ ދެން. މެކުނު ފުމުނަސް ގާހަކަ އަށް ނުފުމެވޭނެ ދޯ. އެމެންނަކީ އެއީ ލީޑަރޝިޕް އަށް ކޮލިފައިވާ ބަޔެއް ނޫނޭ ވެސް މަމެން ބުނަން ނެތީމު އެވެ. އިޒް ދެޓް ބަނޑުއަކިރިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454