ސިވިލް ކޯޓުގެ ޝަރީއަތް ހިންގާ މާލަމެއް: -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
24 އޮކްޓޯބަރ 2022 - 11:21
މައްސަލައެއްގައި އަމަލުކުރި ގޮތުން ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމަށް ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އެ ކޮމިޝަންގެ ވެބްސައިޓުގައި މިއަދު ބުނީ، ތިން މައްސަލައެއްގައި ގާޒީ ފަހީމް އަމަލު ކުރެއްވީ ސުލޫކަށް އަސަރުކުރާ ފަދަ ގޮތަކަށް ނޫން ކަމަށެވެ.
އެކަމަކު، ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތް ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ދޭންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ބުންޏަސް އެ މައްސަލަތައް ގާޒީ ނިންމާފައިވަނީ ޣައިރު ހާޒިރުގައި ކަމަށާއި އެކަމަށް ގާޒީ ފަހީމް އިއުތިރާފު ވެފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުން، މައްސަލައާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ގަރީނާ ހުށަހެޅުމާއި މައްސަލައާ ގުޅޭ ވާހަކަތައް ދެއްކުމަށް މައްސަލައިގެ ހަސްމުންނަށް ނުވަތަ ހަސްމުން ތަމްސީލުކުރާ މީހުންނަށް އިޖުރާއަތުތަކުގައިވާ ގޮތުގެ މަތިން އެކަށީގެންވާ ފުރުސަތު ދޭން ޖެހެ އެވެ.
އެއާ ހިލާފަށް ގާޒީ ފަހީމް އަމަލު ކުރެއްވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވުން ކަމަށް ޖޭއެސްސީން ބުންޏެވެ.
އެހެންވެ، ގާޒީ ފަހީމަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް އެ ކޮމިޝަނުން ނިންމި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚިލާފވިތޯނުވޭތޯ
25 October 2022
ހާދަބޮޑު އަރަތެކޭ މީ. "ފަހީމް އަމަލު ކުރެއްވީ ސުލޫކަށް އަސަރުކުރާ ފަދަ ގޮތަކަށް ނޫން ކަމަށެވެ" މިހެން ބުނެފަ ދެން މި ބުނަނީ، "ފަހީމް އަމަލު ކުރެއްވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވުން ކަމަށް ޖޭއެސްސީން ބުންޏެވެ". ވާނުވާ ޖަހާފަ މިއޮތީ. މި މީހުން މި މީހުން އަމިއްލައަށް ހިމާޔަތްކޮށް، ގޯސް ހެދުމުންވެސް ފިޔަވަޅު ނާޅަންޏާ ދެން ކިހިނެއް ރަނަގޅުވާނީ ކަންކަން
އެމްސް
24 October 2022
ގާޒީކަން ދިމުމުގަ ކަރަޕްޝަންގެ ތުހުމަތު، އޭސީސީއަށް ޙާޒިރުކޮށްފަ ހުރި އެކަކުވެސް ހުރެގެން ނުވާނެ!
ށަވިޔަނި
24 October 2022
މި ޖޭ އެސްސީއަކީ އަދުލުއިންސާފު ގާއިމުކުރަން ހުރަސް އަޅާތަނެއް. ގާޒީއަކަށް ވަރަށް ބޮޑު އިޚްތިޔާރު ލިބިގެން ނޫނީ އަދުލު ގާއިމު ނުކުރެވޭނެ.