ޚަބަރު / އަބްދުﷲ ރަޝީދުގެ މަރު (ހޯނޑެއްދޫ)

ރަޝީދު މަރުވި މައްސަލާގައި ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގަނީ ކީއްވެތޯ ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުން، އެކޮމިޓީއަށް ހުށަހަޅާ ކަންކަން ހުށަހެޅުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މަޖިލިސް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގަނީ ކީއްވެތޯ ބެލުމަށް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ގދ. ހޯނޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދު ހައްޔަރުކުރަން ގެންދިޔަ މަގުމަތީގައި، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އޭނާގެ މެޔަށް ތަދެއް އަރައިގެން އުޅުމަށް ފަހު މަރުވި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ނެޝެނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ތަހުގީގު ވަނީ ފަށައިފަ އެވެ.

އެކަމާ ގުޅިގެން އޭނާގެ ޕޯސްޓްމޯޓަމެއް ހަދަން އެންއައިސީން ނިންމީ އެވެ. ރަޝީދުގެ ޕޯސްޓް މޯޓަމް އިއްޔެ ރޭ ފަތިހު އިންޑިއާ އަށް ފޮނުވާލީ ޕޯސްޓް މޯޓަމް ހެދުން ހުއްޓުވައި ހަށިގަނޑު ހޯދަން އާއިލާ އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެފަދަ އަމުރެއް ދެވެން ނެތް ކަމަށް ހުކުމްކުރި ފަހުންނެވެ.

އިއްޔެ ބޭއްވި އެ މަޖިލިސް ކޮމިޓީގެ ބައްދަލުވުމުގައި ގަމު ދާއިރާ މެމްބަރު މުހައްމަދު ވިސާމް ވަނީ ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު ކޮމިޓީ އަށް ހިއްސާ ކުރުމަށް އެދިވަޑައިގެންފަ އެވެ.

"ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ރަޝީދުގެ މައްސަލަ މިހާރު ބަލަމުން މި ދަނީ އެންއައިސީއިން. އެންއައިސީން ބުނެފަ އެބައޮތް ފުލުހުންނާ ގުޅިގެން ކަމަށް ތަހުގީގު ކުރިއަށް ގެންދަނީ. އެންއައިސީއަކީ ކޮމެޓީގެ ބެލުމުގެ ދަށުގައި އޮތް ކަމަކަށް ވާނީ ކޮމެޓީ އަށް މައުލޫމާތު ހިއްސާ ކުރުމަށް އެދެން."

ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވީ ރަޝީދުގެ މަރަކީ ފުލުހުންގެ އިހުމާލުން ވި ކަމެއް ކަމަށް ތުހުމަތު ކުރާއިރު އެކަން ތަހުގީގު ކުރަނީ ފުލުހުން ކަމަށް ވުމުން ޝައްކު އުފެދޭ ކަމަށެވެ.

ނަމަވެސް އެ މައްސަލައިގެ ތެރަށް ކޮމިޓީން ވަނުން އަދި އަވަސް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަށް ތާއީދު ކުރައްވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) އެވެ.

ހަސަން ވިދާޅުވީ މިހާތަނަށް އެއްވެސް ރައްޔިތަކު ރަޝީދު މަރުގެ ތަހުގީގު ހިންގާ ގޮތާ ގުޅޭގޮތުން އެއްވެސް މައްސަލަ ހުށަހަޅާފައި ނުވާ ކަމަށެވެ.

މެމްބަރުންގެ ވާހަކައަށް ފަހު ކޮމިޓީ މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއް ހެދުމަށް ނިންމީ ކީއްވެތޯ އާއި ތަހުގީގު ނިމޭނެ ކަމަށް ލަފާ ކުރެވޭ މުއްދަތާ ގުޅޭ މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރުމަށް އެންއައިސީ އަށް ސިޓީއެއް ފޮނުވުމަށެވެ.

އެންއައިސީ އަށް އެކަނި މި މައްސަލަ ތަހުގީގު ކުރެވެން އޮއްވައި ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދަން ނިންމީ ކީއްވެތޯ އެހުމުން އެ ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ހިނގަމުންދާ ތަހުގީގަކަށް ވާތީ އެ މައުލޫމާތު ދެވޭކަށް އަދި ނެތް ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ރަޝީދު މަރުވި މައްސަލަ މި ތަހުގީގު ކުރަނީ ހަގީގަތް ދެނެގަތުމަށެވެ. ތަހުގީގު އިސްކޮށް އިންސާނިއްޔަތުކަން އެއްފަރާތްކުރި ކަމުގެ ތުހުމަތަށް ފުލުހުން ޖަވާބުދާރީކުރުވުމަށެވެ. ފަރުވާގައި އިހުމާލުނުވާ ނަމަ އެކަން ކަށަވަރުކޮށްދީ ފުލުހުންގެ އިތުބާރު ދެމެހެއްޓުމަށެވެ.

ތުހުމަތު ރައްދުވާ މީހުންގެ ބައިވެރިވުމާ އެކު ހިންގާ ތަހުގީގަކުން އެކަން ވެދާނެތޯ އެއީ އުފައްދާ ސުވާލެކެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޮބާ

02 November 2022

ތީ އޭސީސީ އިން ކުރާ ކަހަލަ ދެއުޅި އެންނުވާ ތަހުގީގެއް. ދޮގު ހަދައިގެންވެސް. ތި މުއައްސަސާގެ އިތުބާރު ހިފަހެއްޓޭ ތޯ ބަލާނެ! ޢޭސީސީގެ ތަހުގީގު ހިންގާގޮތް ތިގޮތަށް ބަލާނެ މުއައްސަސާއެއް އުފައްދާނެ ނަމަ. ޢެސީސީ ގެ ތަހުގީގުގަ މީހުން ދިރުހުއްޓާ މަރާލަނީ! ދޮގު ތުހުމަތުކޮށް ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ތިބެ!

The name is already taken The name is available. Register?

އެރަށު މީހާ

01 November 2022

ތިކަމެއް ނުވާނެ، ކެމެރާތަކަށާ މީހުންގެ ލޮލަށް ފެނިފަ ހުރި މަންޒަރުތަކާ ގުޅިގެން މިހާތަނަށް އެއްވެސް ފުލުހެއްގެ މައްސަލަ ބެލި އެއްވެސް ފުލުހަކަށް ފިޔަވަޅު އެޅިފަ ނެތްކަމީ ހަގީގައް، ދެން އިމްރާނާ ހަމީދާ ދެމީހުން ކޮންމެ އެއްޗެކޭ ކިޔަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454