ޚަބަރު / މަގު ހެދުން

ހިތަދޫގެ މަގުތަކުގައި ތާރުއަޅަން ފެށީ ހިންދޫ ދީނުގެ އަޅުކަމަކުން، ބަލައެއް ނުގަނެވޭ!

އައްޑޫ ސިޓީގެ މަގުތަކުގައި ތާރު އަޅަން ހަވާލު ކޮށްފައިވާ އިންޑިއާ ކުންފުނިން އެ މަސައްކަތް ފަށަން ހިންދޫ ދީނުގެ އަޅުކަމެއް ކުރަނީ.--

އައްޑޫ ހިތަދޫގެ މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް، ހިންދޫ ދީނުގެ އަޅުކަމަކުން އިންޑިއާގެ ކުންފުނިން މިއަދު ރަސްމީކޮށް ފެށި މައްސަލަ ބޮޑުވެއްޖެ އެވެ.

ސޯޝަލް މީޑީއާގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުނިން ހިތަދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ފެށީ ހިންދޫ ދީނުގެ މީހުން އެފަދަ ކަންކަން ފެށުމަށް ކުރާ ދީނީ ހަރަކާތަކުންނެވެ. ތާރު އަޅަން ބޭނުންކުރާ މެޝިނުގެ ކައިރީގައި ތިބެ އަޅުކަން ކުރުމަށް ފަހު، އެ މެޝިނުގައި ކާއްޓަކުން ޖަހަައި ފަޅައިލަ އެވެ. އެފްކޮންގެ ކޮންމެ މުވައްޒަފަކު ކަހަލަ ގޮތަކަށް، ހިންދޫ ދީނުގެ އަޅުކަން ފުރިހަމަ ކުރުމުގެ ގޮތުން އެ ގޮތަށް އަމަލުކުރާ ތަން އެ ވީޑިއޯ އިން ފެނެ އެވެ.

މިއީ، ރާއްޖޭގައި ހިންގާ މިފަދަ މަޝްރޫއެއް ފެށުމަށް އެހެން ގައުމެއްގެ ދީނީ އަޅުކަން ބަޔަކު އިސްކޮށް، އެ ގޮތަށް އަމަލުކުރާ މަންޒަރު ފެނުނު ފުރަތަމަ ފަހަރެވެ. އެހެންވެ، ގިނަ ބަޔަކު ދަނީ އެ ކަމަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް، ދިވެހިން އިންޑިއާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނެ ދިވެހި ސަރުކާރަށް ވެސް ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ. އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެ އަމަލު ނުހުއްޓުވުމުން ވެސް މީހުން ވަނީ ރުޅިގަދަ ވެފަ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިންގެ ދަށުން، 1.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން އައްޑޫގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މި އަހަރު ފެބްރުއަރީ 18ގަ އެވެ.

އެ މަޝްރޫއުގެ ދަށުން އައްޑޫގެ ހުރިހާ ރަށެއްގެ މަގުތައް ހަދައި، ފެން ހިންދުމުގެ ނިޒާމެއް ވެސް ގާއިމު ކުރާނެ އެވެ. އައްޑޫގެ ހުރިހާ މަގެއް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް އެފްކޮންސްއާ ހަވާލުކުރީ މިދިޔަ އަހަރު ފެބްރުއަރީގަ އެވެ.

އެ މަސައްކަތުގެ ތެރެއިން މިއަދު ވަނީ ބައެއް މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފަ އެވެ.

ހިންދޫ ދީނުގެ އަޅުކަމަކާއެކު، ހިތަދޫގެ މަގުތަކުގައި ތާރު އަޅަން ފެށި މައްސަލަ ފެންމަތިވިއިރު، އެ ރަށުގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި އެފްކޮން އިން ތަޅުން އަޅައި ދިން މައްސަލައެއް އޭސީސީ އަށް ވަނީ ހުށަހަޅައިފަ އެވެ. އެމްޑީޕީއަކީ މި ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ ކަމަށް ވާއިރު، އެފްކޮންގެ އެ އަމަލަކީ އަމިއްލަ މަސްލަހަތާއި ނުފޫޒު ފޯރުވުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެފްކޮންސް އިން ހިތަދޫގެ މަގުތަކުގައި ތާރު އަޅަން މިއަދު މި ފެށީ އެ މަސައްކަތް ލަސްވުމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. އަދި މިހާތަނަށް އައްޑޫގައި އެ ކުންފުނިން ހެދި މަގުތަކުގެ ފެންވަރު ދަަށްވުމުން އެ މައްސަލަ ވެސް އައްޑޫ މީހުން އަންނަނީ ޖައްސަމުންނެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ސްކޯޕް

- 107 ކިލޯމީޓަރުގެ މަގު ހެދުން (ތާރުއެޅުމާއި ގާއެތުރުން). - 104 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމެއް ހެދުން. - އައްޑޫގެ ރަށްތަކުގައި މަގުތަކުގައި 376 ސީސީޓީވީ ކެމެރާ ހަރުކުރުން. - އައްޑޫގެ ރަށްތަކުގެ މަގުތަކުގައި 3،600 ހޮޅިބުރި ހަރުކުރުން.

މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ކުރަމުން އަންނަ އެފްކޮންސް އިން މިދިޔަ ޖޫން މަހު ބުނީ އައްޑޫގެ މަގުތައް ހެދުމާއި ބްރިޖުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި އެ ދެ މަޝްރޫއު ވެސް ކަނޑައަޅާފައިވާ ތާރީހަށް ނިންމާލެވޭނެ ކަމަށެވެ.

95 ކޮމެންޓް, 68 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 0%
icon angry icon angry 87%
icon wow icon wow 1%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙާމަ333

03 November 2022

މިއީ ސަރުކާރު އިންޑިއާއަށް އަޅުވެތި ވެފަ އޮތްވަރު...ހަމަ ހުވާ މިވެރިކަން ބަދަލުކުރަން ޖެހޭކަމާމެދު ޝައްކެތްނެތް...ލަދުކޮބާ...ގައުމު ވިއްކާލި ސަރުކާރު

The name is already taken The name is available. Register?

23883ދ

03 November 2022

މިވަރުގެ މާތް ގައުމެއް ނޯންނާނެ ދުނެޔެއަކު. މަށަށް ވަރިހަމަ މުޅިގައުމު ކާފަރުވިޔަސް. މައުޅޭނީ އިސްލާމްދީނަށް. ނިމުނީ.

The name is already taken The name is available. Register?

ޙާމަ333

03 November 2022

ކަލޭކަހަލަ ކޮންމެ ކަމެއް ވަރިހަމަމީހުން އުޅޭތީ މިހެންމިވަނީ

The name is already taken The name is available. Register?

ޢާދަނު ބނަ

03 November 2022

މަށަށް ގޯހީ ލިޔުންތެރިޔާ

The name is already taken The name is available. Register?

އެމެރިކާ

02 November 2022

ރާއްޖެ މި ދަނީ ގޯހުންގޯހައް

The name is already taken The name is available. Register?

ބޭރު ގައުމު

02 November 2022

ދިވެހިން އިންޑިޔާ އަދި ލަންކާގެ މިސްކިތްތަކަށް ނުވެއްދުމަށް ގޮވާލަން!!

The name is already taken The name is available. Register?

އިހުތިރާމް

02 November 2022

މިއީ މައްސަލައެއް ނޫން! އެހެން ދީންތަކުގެ މީހުންނަށް އިހުތިރާމް ކުރަން ދަސްކުރަންވީ!!

The name is already taken The name is available. Register?

ޣުއި ފާތުމަ

02 November 2022

ޢެމީހެއްގެ ދީން ހިމާޔަތް ކުރާނީ އެމީހަކު.

The name is already taken The name is available. Register?

ޙިނި

02 November 2022

އިބޫގެ ސަރުކާރައް ކެރޭނެބާ އެކަން ހުއްޓުވަން އެއްޗެކޭބުނަން،

The name is already taken The name is available. Register?

އަލިބެއްޔާ، އެކުވެރިސުވައިދީބް

02 November 2022

أَسْتَغْفِرُاللّٰهَ‎ ހިތާމައިގެ ކޮޅެއްވެސް ނެތް!

The name is already taken The name is available. Register?

ސެމި

02 November 2022

ކޮބާތޯ މައްސަލައަކި! އެމީހުން ފައްޅިއެއްއެޅިީކިއެއްނުން. ބިސްމި ކިޔާހެން ބަރަކާތައް އެދެނީ. ދިވެހިން މައްސަލަޖައްސާނެ ކޮންމެކަަމަކަށްވެސް!

The name is already taken The name is available. Register?

މައްސަލައަކީ

02 November 2022

ސެމި ތިއީ މުސްލިމެއްނަމަ އެނގޭނެ ކާއްޓެއް އެހެން ފަޅައިގެން ބަރަކާތެއް ނުލިބޭނެކަން. އެމީހުންގެ ޝިރުކުން ފުރިގެންވާ ދީން ފަތުރަން ބާރުދެވެނީ ތިޔަ ޒާތުގެ ވާހަކަ ދެއްކީމަ. އެމީހުންގެ ދީނާ ސަގާފަތް ފަތުރާވަރުން މިގައުމުގައިވެސް ކުލަޖެހުމާ ޔޯގާއާ އެއްޗެހި ފެށިފަ މިއޮތީ. ދެން އެއަށްވުރެ ބޮޑަށް ދޫދޭން ފެނިގެން އެގައުމުގެ ހުރިހާ ދީނީ ދުވަހެއް މިތަނުގަ ފާހަގަކުރަން ގޮވާލާތަން އަންނާނީ. އެމީހުން ޕްރޮޖެކްޓްތައް ހިންގިޔަސް އެވަރަށް ދަށުވާކަށްނުޖެހޭ.

The name is already taken The name is available. Register?

ހިމމމމ

02 November 2022

ބުދެއް ބަހައްޓައިގެން އެޔަށް ސަޖިދަ ޖެހީމާވެސް ބުނާނެ، ކޮބާތޯ މައްސަލައަކީ! އެއީ އޭނާގެ މިނިވަންކަމޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454