މަސްތުވާތަކެތި ހޯދަން ގދ. ހޯނޑެއްދޫގައި ހިންގަމުން އަންނަ އޮޕަރޭޝަންގައި، ވަޅުލާފައި ހުއްޓާ ފެނުނު މަސްތުވާތަކެތީގެ ޕެކެޓްތައް ނަގަނީ. -- ފޮޓޯ: ޕޮލިސް
02 ނޮވެމްބަރ 2022 - 19:02
ގދ. ހޯނޑެއްދޫގައި ފުލުހުން މީގެ ހަފްތާއެއް ކުރިން ފެށިގެން ހިންގަމުން އަންނަ އޮޕަރޭޝަންގައި މިއަދު އިތުރު 69 ކިލޯ ޑްރަގްސް ހޯދާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޯނޑެއްދޫގައި ވަޅުލާފައި ހުއްޓާ މިދިޔަ މަހުގެ 27 ވަނަ ދުވަހު ފެނުނީ 13 ކިލޯ ޑްރަގްސް ކަމަށާއި އިތުރަށް ކުރި މަސައްކަތުން މިއަދު ވަނީ ހޯނޑެއްދޫންނާއި ކައިރި ފަޅު ރަށަކުން 69 ކިލޯ ޑްރަގްސް ފެނިފައި ކަމަށެވެ.
މަސްތުވާތަކެތި ހޯދަން ގދ. ހޯނޑެއްދޫގައި ހިންގަމުން އަންނަ އޮޕަރޭޝަންގައި، ވަޅުލާފައި ހުއްޓާ ފެނުނު މަސްތުވާތަކެތީގެ ޕެކެޓްތަކެއް. -- ފޮޓޯ: ޕޮލިސް
މިހާތަނަށް ފެނުނު 82 ކިލޯ ޑްރަގްސްގެ ތެރޭގައި މެތު އަދި ހެރޮއިން ހިމެނޭ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.
މަސްތުވާތަކެތި ހޯދަން ގދ. ހޯނޑެއްދޫގައި ހިންގަމުން އަންނަ އޮޕަރޭޝަންގައި، ވަޅުލާފައި ހުއްޓާ ފެނުނު މަސްތުވާތަކެތީގެ ޕެކެޓްތަކެއް. -- ފޮޓޯ: ޕޮލިސް
ހޯނޑެއްދޫގައި ކުރިއަށްދާ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވަގުތު މެޔަށް ތަދެއް އެރުމަށް ފަހު މަރުވި މައްސަލައެއް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން އަންނަނީ ތަހުގީގުކުރަމުންނެވެ. މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑު މިހާރު ވަނީ ޕޯސްޓް މޯޓަމް ހެދުމަށް އިންޑިއާ އަށް ގެންގޮސްފަ އެވެ.
Apart from 13 kgs of heroin our teams found buried in G.DH Hoadehdhoo on 27/10, @PoliceMv teams have done commendable work to find 69 kgs of narcotic drugs buried in G.DH Hoadehdhoo and a close by uninhabited island today. Taking it to a total 82 kgs of both meth & heroin. pic.twitter.com/ZZCLL0QxXW
— Mohamed Hameed (@M_Hameedh) November 2, 2022
އާއިލާ އިން ބުނާ ގޮތުގައި ރަޝީދު މަރުވީ ފުލުހުން އޭނާ ހައްޔަރުކުރި ވަގުތުން ފެށިގެން މެޔަށް ތަދުވާ ކަމަށް ބުނެ ފަރުވާ އަށް އެދެމުން ދިޔައިރު ވެސް ފަރުވާ ނުދީ ލަސްކުރުމުގެ ސަބަބުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިކަމެތި
03 November 2022
މި ހަބަރު ކިޔާފަ ހާޓް އެޓޭކެއް ނުޖެހުނީ ހަމަ ކިރިޔާ. ހޯޑެއްދޫއަކު ނޫޅޭނެ ޑްރަގު ބޯ މީހެއް
އުމަރުބެ
03 November 2022
މާލޭ ދެކުނުފަރާތު ފަޅުގަ 2 އިންޖީނުއަޅާފަ އެ ހުންނަ ލޯންޗަތަކަކީ މާލެޔަށް ޑްރަގް އެތެރެކުރާ ލޯންޗްފަހަރު ނޫންބާ... ލަންކާ ކައިރިން މަސްބާނާތީ 600 ލިޓަރު ޕެޓްރޯލް އަޅާލައިގެން ނޫނީ އެއިން ލޯންޗެއް މަހަކަށް ނުފުރާނެ.
ޑޮކްޓާރ. ބަނާނާ
03 November 2022
ގަލްފްކްރާފްޓްތައް ގަނެގެން ތެޔޮބަރުކޮށްގެން ބޭރުކަނޑަށް ނިކުމެ ބާނާ މަސް ފެކެޓްކުރެވިފަ ވަޅުތެރޭ ތިޔާ އޮތީ ފެންނަން ! ހިތާމައިގެ ކޮޅެއްނެތް!
ކަތްދައްތަ
03 November 2022
ހަވާލުވާނެ މީހަކު ނެތް. އެންމެފަހުން ސުޕްރީމް ކޯޓުން އެއްބަސްވާނީ ތިޔަރަށަށް އެރި ވެލައެއް އެޅި އެއްޗެއްކަމަށް. ވެލަޔަކަށް ތިޔަކަން ނުކުރެވޭނޭ އެއްވެސް އެއްޗެއްގަ އޮވޭތޯ ސުވާލުކުރާނީ. ބޮއި ހަލާކު.
އަފްރާސިޔާބު
03 November 2022
އަސްލު ހޯނޑެއްދޫ އަކީ ތިމަސައްކަތް ވަރަށް ހީވާގިކަމާއެކު ކުރާ ބައެއް. އެމީހުންގެ ބޮހުންނަކީ މާލޭގެ ބޮޑެތި ވިޔަފާރި ވެރިން. މިބުނި ވިޔަފާރިވެރިންގެ މައިގަނޑުކޮށް އެރަށުގެ ޒުވާނުން ލައްވައި ކުރުވާ މަސައްކަތަކީ ޑްރަގު ޕަރޗޭސް ކުރުމަށްޓަކައި އަވަށްޓެރި ގައުމުތަކަށާއި މެދުއިރުމައްޗާއި އެފްރިކާގެ ގައުމުތަކަށް ފޮނުވައި މުދާ ފޮނުވާނެ ޕޯޓުތަކާއި މޯޑު ތައްކިޔައިދީ އަދިލިބޭ މުދާ ވިއްކުމުގެ މަސައްކަތް. ސީދާ ކޭޝް ދީފައި ފޮނުވަނީ އެކި ދިމާތަކަށް.
މިނޫންކަމެއްނެތްދޯ
03 November 2022
މި އެއްޗެހިން ގަސްފަޅާނަމަ މިހާރު ރާއްޖޭގެ ހުރިހާ ރަށަކުން ބޯކޮށް މަލަމަތި ދައްކާނީ އެކަހަލަ ގަސްތައް. ހުރިހާ ރަށެއްގަވެސް ތި އެއްޗެހި ވަޅުލާފަ އޮންނާނީ
މިރުހެއް
03 November 2022
މިހާރު ފަޅާމިއަރަނީ ޕޯސްޓްމޯޓަމަށް މަރުވުމީހާގެ ހަށިގަނޑު ގެންދިއުމަށް ޢާއިލާ ނުޤަބޫލުވުމުގެ ޙަޤީޤަތް. ޤަބޫލުކުރެވޭގޮތުގައި ތިރަށަކީ ޑުރަގު ވިޔަފާރީގެ ވަރުގަދަ އައްޑާއެއް. އަދި ނިޔާވި ރަޝީދަކީ އެކަމުގެ ވަތުބަތާނައެއް ކމަަށް ބުނެ އުޅޭ. ލަފާކުރެވޭގޮތުގައި، ރަޝީދު ނިޔާވީ ފުލުހުން އަތުލީމަ ގަތްބިރަކުން ހާޓިކިޓިކިއެއްޖެހިގެން.
ވަތުބަތާނަ
03 November 2022
މިގައުމުގަ ބިރު ގަންނާކަށް ނުޖެހޭނެ. އަނިޔާއެއް ނުކުރާނެ. ކޯޓުން ސާބިތެއް ނުވާނެ. ދެން ކޮން ބިރެއް އެމީހުން ގަންނަންވީ.
އިއްޕަ
03 November 2022
ހުވަދު އަތޮޅުގެގިނަ ފަޅުރަށްތައްބަލާ! 1 ޓަނުގެމަސްތުވާ އެއްޗެހި ކޮބާހޭ؟ މަދު އަދަދެއް ނޫން. ޕާކިސްތާނު ބޯޓުގެ ބަނޑުފިލާގަ ޑަބަލްފޫ އަޅައިގެން އެތެރެކޮށްފަ ތިހިރީ... ނަޑައްލާ ޗިކާ، ފަރެސްމާތޮޑާ ހައްސާނު (ހައްސު) ، ދާންދޫ ފޭކުމޯޑު، މާލެ ކޮޓަރިގޭ މޯޑު އަދި އެގޭ އިއްލި، ކޮލަމާފުށި ސިނޭ، ރ. އުނގޫފާރު 13ކިލޯ ހަސަންޓޭ އަދި އަދީބުގެ ބޯއި ކަަށްބުނާ ޝިރުހާނުގެ އިތުރުން ހޯދެއްދޫ އަރުޝަދު ފަދަ މީހުންގެ މައްސަލަތައް ހިންދާލާ! ވާނެ އެއްޗެއް މިއޮތީ ވެފަ!
ނީން
03 November 2022
އަރުސަދު ދޯ ހައްޔަރު ކުރަނީ. ނޫސްތަކުން ފެނޭ. ދެން ހުރި މީ ހުން އަކީ އިބޫ ސޯލިހުގެ ބޯއިސް ވީމަބކަންނޭންގެ އެމީހުންނާ ސުވާލެއްވެސް ކޮއް ނުލަނީ އެއްޗެއްގަ ޖަހާ ވެސް ނުލަނީ. ކަލޭމެން އަކައް ބެސް ނުކެރޭ އެހެން މީހުންގެ ނޫސްޖަހާލަން. ޕްރޮޕަގަންޑާ
ސަންނި
03 November 2022
ތި ލިސްޓު ޕޮލިހުގައި އޮންނަތާ އެތައް އަަހަރެއް. ޤައުމު ހަލާކު ވިޔަސް ވަރިހަމަ ކޮށްގެން ތިބީ.
މަރަމޯލު7878
03 November 2022
ހޯޑެއްދޫމީހުންާ މިރުސް ހެއްދުން ހުއްޓާެލީ މިހެން ވެގެން ދޯ.... ގދ. ގ ބައެއް ބޯޓު ފަހަރު ރަށަށް އައުމުގެ ކުރިން ހޯޑެއްދޫއަށް ޖައްސާ ބަރުކޮށްގެން ރަށަށް އަންނަނީ.
ގުއިޓައްޕަންއައްޔައްޕާ
02 November 2022
ތިޔައީ ވަރަށް ބޮޑުމައްސަލައެއް އިގޭތޯ. ފުލުހުން ތިގޮތަށް ތަންތަނަށްވަދެ ކޮނެ ޑްރަގު ހޯދައިގެން ނުވާނެނޫންތޯ. ގޯތީގެވެރިން ތީމާގެ މީހުން އެއްވާނެ. ކޮނުނީތީ އަނބުރާ ތިގޯތިބޭނުމެއްވެސް ނޫންކަންނޭގޭ. އަނެއްކޮޅުން ބުނަންޖެހޭމީހާ ކައިރީ ބުނެފަބާ ނޫނީ ކުއްވެރިވާނީ ކޮނުނުމިހާ