މިނިސްޓަރު ފައްޔާޒް: ޕީޕީއެމްގެ ދާއިރާތަކުގެ އިންތިޚާބާ ގުޅިގެން އޭނާ އާ ކުރެއްވީ އެމްޑީޕީގެ އިންތިޚާބަށް ސަރުކާރުން ހުރަސް އެޅި ހާދިސާ ---ފޮޓޯ/މިހާރު
05 ނޮވެމްބަރ 2022 - 18:57
އިދިކޮޅު ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބު މިއަދު ކުރިއަށް ދާތީ، މީގެ ފަސް އަހަރު ކުރިން އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް ސަރުކާރުން ހުރަސް އެޅި ހާދިސާގެ ހަނދާންތައް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު އާ ކުރައްވައިފި އެވެ.
ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބު ހެންވޭރު ދަނޑުގައި މިއަދު ކުރިއަށް ދާތީ އެކަމަށް މަރުހަބާ ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ އެފަދަ ސިޔާސީ ހަރަކާތްތައް މި ސަރުކާރުން ނުހުއްޓުވުމުން އެނގެނީ ސިޔާސީ މިނިވަންކަން ރާއްޖޭގައި ލިބިފައިވާކަން ކަމަށެވެ.
އެ ޓްވީޓްގައި ފައްޔާޒް ދެން ފާހަގަ ކުރެއްވީ މީގެ ފަސް އަހަރު ކުރިން، 2018 ވަނަ އަހަރު އޭރުގެ އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ކުރިއަށް ދަނިކޮށް އެކަމަށް ފުލުހުން ހުރަސް އަޅައި، ވޯޓު ފޮށިތައް ގެންދިޔަ ހާދިސާ އެވެ.
"މީގެ ފަސް އަހަރު ކުރިން މަންޒަރު ކިތަންމެހާ ވެސް ތަފާތު. ވޯޓު ފޮށި ބަލާ އޭރު އައީ ފުލުހުން." ފައްޔާޒްގެ ޓްވީޓްގައިވެ އެވެ.
ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބަށް މަރުހަބާ ކިޔަން.
— Fayyaz Ismail (@faya_i) November 5, 2022
ސިޔާސީ މިފަދަ ހަރަކާތްތަކަށް މިއަދުގެ ރައީސް @ibusolih ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރުއޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއް. މީގެ 5 އަހަރު ކުރިން މަންޒަރު ކިތަންމެހާވެސް ތަފާތު. ވޯޓުފޮށި ބަލާ އޭރު އައީ ފުލުހުން pic.twitter.com/Pby970cyog
ފައްޔާޒްގެ ޓްވީޓް
ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ 87 ދާއިރާއެއްގެ އިންތިހާބު ކުރިއަށް ދާއިރު، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ އިތުރުން ރަށްރަށުގައި ވެސް ވޯޓު ފޮށިތައް ވަނީ ބަހައްޓައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުންޖިޗޭ
06 November 2022
ތިޔަ ކުރި ތަޖުރިބާއަކީ ޤާނޫނަށް ގޮންޖަހައި މާގަޓުހުރި ކަން ދައްކަން އޭރު ކުށްވެރިއެއްގޮތުގައި ޖަލަށް ޙުކުމްކޮށްފައިހުރި މީހަކު ރިޔާސީ ކެންޑިޑޭޓަކަށް އިންތިޚާބުކުރުމަށް މަސައްކަތްކުރި ކުރުން ޤާނޫނީ އިމުގެތެރެއިން ހުއްޓުވީމަ ކުރެވުނު ތަޖުރިބާއެއް، ބުރެޒިލްގޮތަށް މިރާއްޖެއަކު ކަންތަކެއްނުކުރެވޭނެ އަދިވެސް، އެގޮތަށް އުޅެފިއްޔާ އަދިވެސް ހަމަ އެތަޖުރިބާކުރަން ޖެހޭނެ، އިއްޔެގޮސް އެތަނަށް އަރައިނުގަތަސް ސިޔާސީ މިނިވަންކަމެއް މިރާއްޖެއަކުނެތްކަންޔަޤީން.
ފައްޔަބޯ
06 November 2022
ކަމެއްނެތް ކަންނެތް މީހެއް
ސައްޙާފް
06 November 2022
އަހަރެމެން މި ދައުރު ފެށުނީއްސުރެ ކުރާ ހިތި ތަޖުރިބާ އަކީ ތިބޭފުޅާ ހިޔާ ފެލްޓް ރައްޔިތުންނަށްދޭން ހުރަސްއެޅުމުގެ ތަޖުރިބާ. ވެރިކަމަށް އައިތާ 4 އަހަރު ވާން އުޅެނިކޮށް އެތަންތަން ދިނީ ހިތުން ނުފިލާވަރު ހިތްދަތިކަމާކާއެކު. މިއަދު އަތް އަޅާ ފޮރުވައިގެން ތިހުރީ ހިޔާގެ ވެދަނަ ފިޔަވަހައި، ތިބޭފުޅުން ކިޔާ ގޮތުން ނަމަ ވިނަރެސް ފްލެޓް. އެކަމަކު މީހުންނާ ދިމާލަށް ބާރަށް އިނގިލި ދިއްކުރާތި.
ބޮޑުމީހާ
06 November 2022
ދިވެހި ރާއްޖޭގެ ޝަރުއީ ކޯޓަކުން ހުކުމެއްކޮށްފައި ހުރި މީހަކު، ރައިސުލްޖުމްހޫރިއްޔާއަށް ޝަރުތު ހަމަނުވާ މީހަކު، ޤާނޫނުތަކާއި ޚިލާފަށް ކެނޑިޑޭޓަކަކަށް ހަދައި މުއައްސަސާތަކަށް ގޮންޖަހައި އިންތިހާބެއް ބޭއްވީމާ ފުލުހުން ގޮސް ހުއްޓުވާނެ! އެމްޑީޕީން މުޅިންވެސް ޖައްސާނީ އެކަހަލަ ސްޓަންޓް
ކަތިބުރުމާ
06 November 2022
އިއްޒަތްތެރި ފައްޔާޒު.. މިއަދު ޕީ.ޕީ.އެމް އިމްތިޚާބު ބޭއްވީ ކަމާއި ބެހޭ ފަރާތްތަކުން ގަވާއިދުން ނަގަންޖެހޭ ހުއްދަތަސް ނަގައިގެން އިގޭތޯ...އެދުވަހު ތިބޭފުޅުންނަށް އެހެންދިމާވީ ތިބޭފުޅުޅުން ބާރުދައްކަން ހުއްދަތަށް ނުނަގާ އުޅުއްވީމަ ކަަމުގައި މައްލޫމާތަށް ޓަކައި ދަންނަވަން......
ޔާމީނު ސަލާންބުނި
06 November 2022
ހުއްދަނުދިނީ. ވާނުވާޭންގި ވާހަކަ ނުދައްކާ.
މަގުފުޅާ
06 November 2022
ހުއްދަޔޯލަ. އެބުނާ ހުއްދައެއް ލިބުނީހީ ވެރިކަން ނިމުނީމަ
ޗާގޮސް
06 November 2022
އަދާލަތު ޕާޓީ ގަނެލީ. ރާއްޖޭގަ ކޮރަޕްޝަން އާމުވަނީ.
ޗައިނާ
06 November 2022
އެމްޑިޕީ ދެން ރަނގަޅު ވާނީ އައުލީޑަޝިޕެއް. ދެންނެ އެމްޑިޕީ ކުރިނާރާނެ ﷲއިންޝާ
ޝޮކްތެރަޕީ
06 November 2022
ކޮބާހޭ އުތުރު ތުރުތިލަފަަޅު އެއްބަސްވުންތަ?
ތޔކހ
05 November 2022
ސިޔާސީ މިނިވަންކަމޭ ޕީޕީއެމް އިން އައްޑޫގަ ބާއްވަން އުޅޭ ޖަލްސާއައް ހުރަސް އެޅުމާއި އަދި ޕީޕީއެމް އިން މުޒާހިރާ ކުރަން އުޅޭއިރައް ހީވަނީ ދެފަޔައް ހިނިއަރައިގެން އުޅޭހެން މިނިވަންކަން ބޮޑުކަމުން
ޙގފދސރގގދ
06 November 2022
ކަލޯމެން ދައުރުގަ ކޮންމެ ގެއެއްގައިވެސް މުޒާހަރާކުރުން ހުއްދަ. މިބައިގަނޑު ބުއްދިފިލާ ދިޔައީތަ
އައްޑޫ ބަސް
05 November 2022
ދޮގާ މަކަރަ އޮޅުވާލުން އެމްޑީޕީ ކަށީގަ ހަރުލާފަ.