ޒައިދު ސަސްޓެނައިބިލިޓީ އެވޯޑް ދިނުމަށް ޔޫއޭއީގައި މިދިޔަ ޖެނުއަރީ މަހު ބޭއްވި ރަސްމިއްޔާތުގައި، ހިރާ ސްކޫލުގެ ދެ ދަރިވަރަކާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު.-
06 ނޮވެމްބަރ 2022 - 10:27
ތިމާވެށީގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރަން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ސަމިޓު، ކޮޕް ސަމިޓުގައި ބައިވެރިވުމަށް ސ. ހިތަދޫ ހިރާ ސްކޫލްގެ ދަރިވަރަކު މިއަދު މިސްރަށް ފުރައިފި އެވެ.
ޔޫއޭއީގެ ސަރުކާރުން ދޭ "ޒައިދު ސަސްޓެނައިބިލިޓީ އެވޯޑް" ލިބުމުން ފަހިވި އެ ފުރުސަތުގައި އދ. ގެ ތިމާވެށީގެ ސަމިޓުގައި ބައިވެރިވާނީ ހިރާ ސްކޫލުގައި ގްރޭޑު 10 ގައި ކިޔަވަމުން އަންނަ އައިޝާ ސާރާ އަހުމަދެވެ.
ހިރާ ސްކޫލުގެ ވައިސް ޕްރިންސިޕަލް ހައްވާ ޒަރީނާ "މިހާރު" އަށް ވިދާޅުވީ ކޮޕް ސަމިޓުގައި އެ ދެ ކުދިން ތަމްސީލު ކުރާނީ ޒައިދު ސަސްޓެއިނިބިލިޓީ ކަމަށެވެ. އެ ތަނުގައި ބައިވެރިވާނެ ކުދިން ކަނޑައެޅީ ވެސް ޒައިދު ސަސްޓެއިނިބިލިޓީންނެވެ.
ޒައިދު ސަސްޓެނައިބިލިޓީ އެވޯޑަކީ ޔޫއޭއީގެ ބާނީ ޝައިހް ޒައިދު ބިން ސުލްތާން އަލް ނަޙްޔާންގެ ނަމުގައި ދޭ އެވޯޑެކެވެ.
ޔޫއޭއީގައި މިދިޔަ ޖެނުއަރީ މަހު ބޭއްވި ރަސްމިއްޔާތުގައި ހިރާ ސްކޫލަށް އެ އެވޯޑު ލިބުނީ ދެކުނު އޭޝިއާގެ ގްލޯބަލް ހައި ސްކޫލް ކެޓަގަރީންނެވެ.
ޒަރީނާ ވިދާޅުވި ގޮތުގައި ތިމާވެށީގެ ބޮޑު ސަމިޓެއްގައި އެ ސްކޫލުގެ ދެ ކުއްޖަކު ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މިއީ، މީގެ 11 ވަރަކަށް އަހަރު ކުރިން ހުޅުވި ސްކޫލަށް ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާ ކުރު މުއްދަތެއްގެ ތެރޭގައި ލިބުނު ކާމިޔާބީއެއް މިއީ،" ހަތަރު ސަތޭކައެއްހާ ކުދިން ކިޔަވާ ސްކޫލުގެ ވައިސް ޕްރިންސިޕަލް ވިދާޅުވި އެވެ.
ކޮޕް ސަމިޓަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމާއި އެޑޮޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި އަދި ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ބޭނުންވާ މާލީ ކަންކަން ފަހިކުރުމަށް މަސައްކަތް ކުރުމާއި އެކަމަށް ބާރުއަޅައި، މަޝްވަރާކުރުމަށް ގައުމުތަކުގެ ލީޑަރުންނާއި އެކި ޖަމިއްޔާތަކާއި ވިޔަފާރިވެރިންނާ އެކު ބާއްވާ ސަމިޓެކެވެ. އެ ސަމިޓުގައި ރާއްޖޭގެ ވަފުދުގެ އިސް ބޭފުޅަކީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަރުބަޗޯފު
06 November 2022
އެކުދިން ތަމްސީލުކުރަނީ ކޮން ގައުމެއްތޯ ދެން ބަލަންޖެހެނީ، ރާއްޖޭ މަޖިލީހު ރައީސްއަށް ހޮވާފަހުރިމީހާވެސް ބުރުންޑީ ތޯއްޗެ ކޮންމެވެސް ގައުމެއް ތަމްސީލުކުރާކަހަލަ ގޮތަކަށް މިސްރަށް ގޮސްގެން އުޅެނީ.
ތަކުރުބެއްޔާ
06 November 2022
އަބަދު އައްޑޫ ސްކޫލަތަކަށް ތި އެވޯޑެއް ލިބެނީ ކީއްވެތަ؟؟؟ އައްޑޫ ނޫން ބަޔަކު ނޫޅެނީތަ މި ރާއްޖޭގައި،
ގުދުގުދުލީބެއްޔާގެ ތެދުބަސް
06 November 2022
ރާއްޖެއަކީ ދުނިޔޭގާ އެންމެ ތިމާވެއްޓަށް ހޭލުންތެރި، އެހެނަސް އެންމެ ތިމާވެއްޓަށް ނުބަލާއުޅޭ ރައްޔިތު އުޅޭ ގައުމު. ރާއްޖެ ކޮންމެކަމެއްގާވެސް ތަފާތުވާނެ.
ޙަބީބު.
06 November 2022
ތަފާތު ކުރުން ނައްތާލުމައް އުތުރާ ދެކުނުން ބައިވެރިކުރިނަމަ ބަލައިގަނެވުނިސް
ތަފާތު
06 November 2022
މީގަ ނެތް ތަފާތު ކޮށްފައެއް
ގަބުޅި ކަތީބު
06 November 2022
އިސްމާމިކް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވަނީ ހިރާ ސްކޫލްގެ އެއް މުއައްސިސް.. އެހެންވީމަ ތިކަމުގަ ދެން އިތުރަށް ކީކޭތަ ބުނަންއޮތީ؟
ަހަވަރު
06 November 2022
"ޔޫއޭއީގެ ސަރުކާރުން ދޭ "ޒައިދު ސަސްޓެނައިބިލިޓީ އެވޯޑް" ލިބުމުން ފަހިވި އެ ފުރުސަތުގައި އދ. ގެ ތިމާވެށީގެ ސަމިޓުގައި ބައިވެރިވާނީ ހިރާ ސްކޫލުގައ......." މިއެވޯޑު ލިބުނުނަމަ އުތުރުން ވެސް ބައިވެރި ވެވުނީސް..
ސާބަސް ދަރިން
06 November 2022
ސާބަހޭ. ވާނުވާ ނުބަލާ ކޮމެންޓު ނުކޮށްބަލަ. މިއީ ޒައިދު ފިއުޗާރ އެވޯޑް ލިބޭ ސްކޫލުގެ ކުދިންގެ ތެރެއިން 2 ކުއްޖަކަށް އެ އެވޯޑީގެ ފަރާތުން ދޭ ފުރުސަތެއް. މިއީ ބަހާ ކަދުރެއްނޫން. އަދި ބުނެފާނަން. ދެން އަންނަ ޒައިދް ފިއުޗާރ އެވޯޑް ސެރަމަނީއަށްވެސް އެ ސްކޫލުން ދެ ކުއްޖަކަށް ދައުވަތުދޭ
ހާސަރު
06 November 2022
ޚަބަރެއް ފެންނަ އިރަށް ކޮމެންޓްކުރަނީ ! ކިޔާލިނަމަ ދޯ އެގޭނީ މިއީ ސަރުކާރުން ދިން ދަތުރެއްނޫންކަން. ގޮތެއްފޮތެއްބަލާނުލާ މީހުންނާ ދިމާކުރެވޭތޯވިއްޔަ ބަލަނީ!