17 ޖެނުއަރީ 2022 - 17:57
އައްޑޫ ހިތަދޫ ހިރާ ސްކޫލް ހިންގުމުގައި ދެމެހެއްޓެނިވި ތަރައްގީ އަށް އަމާޒު ކޮށްގެން މަސައްކަތް ކުރާތީ ޔޫއޭއީގެ ސަރުކާރުން ދޭ "ޒައިދު ސަސްޓެނައިބިލިޓީ އެވޯޑް" އެ ސްކޫލަށް މި އަހަރު ލިބިއްޖެ އެވެ.
ހިރާ އަށް އެ އެވޯޑް ލިބުނީ ދެކުނު އޭޝިއާގެ ގްލޯބަލް ހައި ސްކޫލް ކެޓަގަރީންނެވެ.
ޒައިދު ސަސްޓެނައިބިލިޓީ އެވޯޑް ދިނުމަށް ޔޫއޭއީގައި މިއަދު ބޭއްވި ހަފުލާގައި ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވިއިރު، ހިރާ ސްކޫލުން ހޯދި ކާމިޔާބީ އަށް އެ މަނިކުފާނު މަރުހަބާ ވިދާޅުވި އެވެ.
Congratulations to the students of @hiraschoolmv for winning the Zayed Sustainability Prize under the Global High School - South Asia category at #ADSW 2022.
— Ibrahim Mohamed Solih (@ibusolih) January 17, 2022
I am certain that these students will pave the way for their generation to become future sustainability leaders. pic.twitter.com/68az1vlYSc
ރައީސްގެ ޓުވީޓް
ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ކާމިޔާބި އަކީ ކުރިމަގުގައި ހިރާ ސްކޫލުން ނުކުންނަ ދަރިވަރުން ސަސްޓެއިނަބިލިޓީ ލީޑަރުންނަށް ވާނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
ހިރާ ސްކޫލަކީ ތިމާވެއްޓާ ރައްޓެހިކޮށް، ހިންގުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ތަނެކެވެ.
ޒައިދު ސަސްޓެނައިބިލިޓީ އެވޯޑަކީ ޔޫއޭއީގެ ބާނީ ޝައިހް ޒައިދު ބިން ސުލްތާން އަލް ނަޙްޔާންގެ ނަމުގައި ދޭ އެވޯޑެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
20 January 2022
އިތުރު ކާމިޔާބީއަށް އެދެން. ތިކުރާ ހިތްވަރަށް ސާބަސް!
އައްޑޫ ބެއްޔާ
18 January 2022
އައްޑޫ ހަމަ ގަދައީ. ފުރަތަމަ އައްޑޫ ހައި ސްކޫލުން. މިފަހަރު ހިރާ ސްކޫލުން. އަދި ވެސް ދެއް ހުރި އައްޑޫގެ ސްކޫލުތަކުން އިތުރު މޮޅު ޕްރޮޖެކްޓް ހުށަހަޅައިގެން ކާމިޔާބުވޭތޯ ބަލަންވީ. އައްޑޫ މީހުންނަކީ ތޫނުފިލި ބައެއް، ހިތްވަރުކޮށްފިނަމަ ކާމިޔާބުވާނެ!
ރާއްޖެ
18 January 2022
އަމިއްލައަށް މޮޅު ވާހަކަ ދެއްކުމަކީ ރީތި ސިފައެއް ނޫން! އަދި އަމުދުން މިކަހަލަ އެވޯޑް މި ހޯދަނީ ކިހިނެއްކަންވެސް ސާފެއްނޫން!
ރާއްޖެ3
20 January 2022
https://zayedsustainabilityprize.com/en/Apply/Committee/Jury ތިއީ ފިނޑިޔާރުންގެ ކޮމިޓީ. https://zayedsustainabilityprize.com/en މިއީ ތި އެވޯޑާބެހޭ މައުލޫމާތު ލިބޭ ސައިޓް. ރާއްޖެ ހަސަދައިގެ ބަސްތައް ނުލިޔެ ރަނގަޅުވާނީ މި ސައިޓަށް ޒިޔާރަތްކޮށްލުން. އަދި ރާއްޖޭގެ ކޮންމެ ރަށަކަށް މިއިނާމު ހާސިލުވިޔަސް އެކަމާ ކޮންމެ ދިވެއްސަކު އުފާކުރާނެ. ހަގީގަތުގައިވެސް އައްޑޫގެ 2 ސްކޫލަކުން މި އެވޯޑު ހޯދުމަކީ އައްޑޫ މީހުން ހޯދި ކާމިޔާބެއް ކަމަށް އަހަރެން ދެކެން.
ޖުނާހު
18 January 2022
މިއީ ހުރިހާ ގޮތަކުން ވަރަށް ފުރިހަމަ ސުކޫލެއް. ރާއްޖޭގެ 1 ނަންބަރު ސުކޫލު . މަރުހަބާ ސޭހު އަނިލް
ހަސަންފުޅުބެ
17 January 2022
ހާދަ މޮޅުޓީމެއް އުޅޭ ސްކޫލެކޭތީ!! ދިވެހި ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ ވިސްނުމާއި ފިކުރު، ތޫނުފިލިކަން އިތުރުވަމުން ކުރިއަރަމުންދާތަންފެނި ވަރަށް އުފާވޭ. ހާއްސަކޮށް އެކިރޮނގުރޮނގުން ހާސިލްކުރާ އިންޓަނޭސަލް އެވޯޑް ތަކުން އަހަރުމެން ފަހުރުވެރިވަން..
އަދުޝަން.
17 January 2022
އައްޑޫ ހިތަދޫ އެއްނޫން. އައްޑުއަކީ މިހާރު ޤާނޫނީގޮތުން ސިޓީއެއް. އައްޑޫގައި ރަށްރަށެއް ނުހުންނާނެ. މިފަދަ ބަހަރުތަކުގައި ލިޔަންވާނީ އައްޑޫސިޓީގެ ސުކޫލެއް ކަމަށް. ހިތަދޫ އޭ ބުނީމަ ހީވަނީ ވަކި ރަށެއްގެ ސުކޫލެއްހެން. އެހެން ކަމަށް ވާނަމަ މަޖީދިއްޔާ ގެ ވާހަކަ ލިޔާއިރު ލިޔަންވާނީ މާލޭ ހެންވޭރު މަޖީދިއްޔާ ސުކޫލޭ.
ރަދީފްއޮފިޝިއަލް
17 January 2022
މާލެ ފެނުން ހިއްލާލި ދުވަހުން ފަށައިގެން މާލޭގެ އެއްވެސް ހިސާބެއް އެއީ ވަކިރަށެއްގެ ގޮތުގަ ކަނޑައެޅިފަ އޮތް ބާ؟ ރާއްޖޭގެ ތާރީޙް ގަޑުބަޑުކުރަން ތިޔަ ބާވަތުގެ ކޮމެންޓް ނުކުރުން އެދެން.ވ.ވެދުން
އޮނަރަބްލް އަފީފު ދީދީ.
17 January 2022
ދިވެހިރާއްޖޭގެ ތައުލީމީ މުންނާރުގެ ގޮތުގައި ފާހަގަކުރެވޭ އައްޑޫސިޓީގެމައްޗަށް އެއްވެސްޒަމާނެއްގައި ރާއްޖޭގެ އެހެން އެއްވެސްރަށަކަށް (ކ.އަތޮޅު މާލެވެސް ހިމަނައިގެން) ކުރިހޯދިފައިނުވޭ. # މަޖުބޫރީ ހާލަތް މެދުވެރިކޮށް އައްޑޫ ރައްޔިތުން ވިއްސިވިހާލިކޮށް ވަޒަނުން ބޭރުނުކޮށް އެމީހުންގެ ކުދިން ލޯބިވާ އާއިލާއާއި އެކުގައި ބޮޑުވުމަށް ފުރުސަތުދިންނަމަ މިފަދަ ޝަރަފުވެރި އެތައް އެވޯޑް ތަކެއް އެކުދިން ހޯދާނެ. އަންނާންއޮތް ޖީލު ހާލަތު ބަދަލު ކުރާނެކަމށް ދެކެން.
ރަދީފްއޮފިޝިއަލް
17 January 2022
ޑރ. ބަނާނާ ޔޫ ކޮބާ؟/ އެއްތައް ބެނަފެލެ މި ކާމިޔާބީއަށް.
ހާސަރު
17 January 2022
މަރުހަބާ ހިރާސްކޫލް. ތިޔައީހަމަ ނަމޫނާ ސްކޫލެއް، ތިޔަ ސްކޫލްގެ ފޭސްބްކް ޕޭޖް ބަލައިލުމުން ފެނޭ ވަރަށް ހިތްގައިމު ކަންތައްތައް.
ރަދީފްއޮފިޝިއަލް
17 January 2022
ކޮބާ ފެނޭތަ؟؟ ފެނޭ ދޯ. މަރުހަބާ ހިރާ ސްކޫލް.