ކުރީގެ ޕޮލިސް ކޮމިޝަނަރު، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް (ވ) އެމްއެންޕީގެ ޖަލްސާއެއްގައި. -- ފޮޓޯ: މިހާރު
07 ނޮވެމްބަރ 2022 - 22:11
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްޑީޕީގެ އިންތިހާބުތައް ފުލުހުން ހުއްޓުވީ ނޫން ކަމަށާއި ފުލުހުން ދިޔައީ ވޯޓު ގުނަން ކަމަށް ވިދާޅުވެ ޔާމީން ކުރެއްވީ ފުރައްސާރައެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ޔާމީނަށް ފާޑުކިއުން އަމާޒުވީ ނިމިގެން ދިޔަ ޕީޕީއެމްގެ އިންތިހާބަކީީ ޑިމޮކްރަސީގެ ނަމޫނާއެއްގެ ގޮތުގައި ސިފަކުރައްވައި، އެމްޑީޕީގެ އިންތިހާބުތަކުގައި ވޯޓުލަނީ ސިމެންތިގަށާ މެޝިންތަކާއި ބާލިދީތަކުގައި ކަމަށް ވިދާޅުވުމުންނެވެ.
އެ ވާހަކައަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ އެމްޑީޕީގެ އިންތިހާބުތަކަށް އެ މަނިކުފާނުގެ ވެރިކަމުގައި ފުލުހުން ފޮނުވީ ހުރަސްއަޅަން ނޫން ކަމަށާއި އެއީ އެ ޕާޓީއަށް ނުވެގެން ވޯޓު ގުނައިދޭން ކުރެއްވި ކަމެއް ކަމަށެވެ.
އެ ވާހަކައަށް ރައްދު ދެއްވައި ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ލީޑަރުންގެ މަލާމާތުގެ ފުރައްސާރައަށް ފުލުހުންގެ ހިދުމަތް ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތަކީ ޑިމޮކްރަސީގެ މުހިންމު ބައެއް ކަމަށާއި އެ ހިދުމަތް ނިކަމެތިކުރަން އަމިއްލައަށް ކުރާ ކޮންމެ މަސައްކަތަކީ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Political leaders should not use police service for their sarcastic political games, police service an integral part of our democracy and any attempt to humiliate the service per se is a threat to our democracy. https://t.co/1OXZoAHyiX
— Abdulla Riyaz MP (@riyazabdulla) November 7, 2022
ޔާމީންގެ ވެރިކަމުގައި އެސްއޯ ފުލުހުން ގޮސް ހުއްޓުވީ އެމްޑީޕީން 2018ގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ބޭއްވި ޕްރައިމަރީ އެވެ. ވޯޓުލުން ކުރިއަށް ދަނިކޮށް ހުރަސްއަޅައި މާލެ އާއި ރަށްރަށުގައި ބައެއް ވޯޓު ފޮށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަންކާރި
08 November 2022
ރިޔާޒު ތިއުޅެނީ ޔާމީނަށް ހެޔޮކަންކަމާ ނުބައިކަންކަން ކިޔައިދޭންތޯ؟؟ ތިދައްކަނީ ރައްޔިތުންގެ ލާރިން 3 ބިލިއަން ރުފިޔާ ގެއްލުވާލައި އެތައްބަޔަކު ޖަލައްލައި، މުޅި ޖުޑިޝަރީ ގަޑުބަޑުކޮށް ކޮރަޕްޝަނަކީ ހަލާލު އެއްޗެއްކަމަކަށް ރައްޔިތުންނަށް ވިސްނައިދޭން އުޅުނު މީހެއްގެ ވާހަކަ. ރިޔާސީ އިންތިޚާބުގައި ސައްޕެއްޖަހާ ރައްޔިތުން ބޭރުކޮށްލީމައިވެސް ލަދު ހަޔާތް ކަނޑާލާފައި ކުނިމޫނު ހަދައިގެން ރައްޔިތުން ފަހަތުން ނިކުމެ އުޅޭ މީހެއްގެ ވާހަކަ.
ޙުސައިންބެ
08 November 2022
ލާރި ގުނަން ފުލުހުން ދިޔަތަ؟
ކިޔާމީހާ
08 November 2022
މިހާތަނަށް މިރާއްޖޭގައި އެންމެ ހަޑި ހުތުރު ވެރިކަމެއްކުރީ ޔާމީނު
އެޑަމް
08 November 2022
މިރިޔާޒު ހައްޔަރުކޮއްގެންނަމަވެސް މީނާޕަބުލިކުގެކުރިމަތީ އަފުރާސީމުގެގެމަރުގެމަސްއަލަހާމަކުރަންނުނެފާވާއިރު އެކަންތައް ނުބަލާ ސަރުކާރުން ހަނުހުންނަނީކީއްވެބާ?
މުޖުތާޒު
08 November 2022
މިރިޔާޒު ޔާމީނުއާއަޅައިގަނެގެން މިއުޅެނީ ކީއްވެބާ
ރަދުން
07 November 2022
ފުލުހުންގެ ފްލެޓްތަކުންކަޓްނެގުމަކީވެސް ފުރައްސާރަ.ސިޓީ ބޮނޑިހިފައިގެން މަގުމަތީ ދުވުމަކީވެސް ފުރައްސާރަ.
ގަހަރުލާދާ
07 November 2022
ތިޔަބުނާ ދުވަސްވަރު ތިޔަބުނާ މީހަކު ހޭވައްޓަލާފައި އުޅުނީ ޑިގުކުޅެން. ދުނިޔެއަށް ޖެހޭ އޮއެއްވައެއް ތިޔަބުނާ މީހަކަށް އެއިރަކު ރޭކައެއްނުލާ. ވެރިކަމުގެ ތަޚުތު އަތުޖެހުނީމަ ކަމަކަށް ވަޒީރެއް ލާފަ އޭނަގެ ކަމަކީ ހަމަ ޑިގުކުޅުންކަން ހުރިހާ ރައްޔިތުން ދަނޭ. އެހެންކަމުން ތިޔަބުނާ ދުވަހަކުވެސް ފުލުހުން ދިޔައީ ކީއްކުރަންކަން އޭނައަށް އެނގިފައި އޮންނާނީ އަތްބަޔަށް ބަލަހައްޓައިގެން އިންދަ މީހަކުއައިސް ކަންފަތްބުޑުގަ އެބުނި ގޮތަކަށް. މިއަކު އޭނަގެ ކުށެއްނެތް
މުޖުތާޒު
08 November 2022
ތިބުނާދުވަސްވަރު ރިޔާޒު ސީޕީއަކަށް ހުރެ ދުވީ ނާޒިމުފަހަތުން ފުލުސް އޮފީހުގަ ކުރާކަމެއް އޭނަބަލައެއްނުލާ
ސަސ
07 November 2022
އާއެކޭ، ރަގަޅު ޕުލެޓްފޯމެއް ލިބުނީމަ އަފްރާސީމް މަރުގެ މައުލޫމާތު އާއްމުކުރާނެވާހަކަ ބުނެފަ ހުރިހާ ދިވެހިންނަށް ތިޔަ ކުރަމުން ދަނީ އިންތިހާއީ ފުރައްސާރަ.
މުޖުތާޒު
08 November 2022
ޢެއީއޭނަގެއާދަ