މޯލްޑިވިއަންއިން އިންޑިއާއަށް ދަތުރު ކުރާ މަންޒިލުތައް އިތުރު ކުރުމަށް ހޯދި ސޭލްސް އޭޖެންޓަކީ ގްލޯބަލް އޭވިއެޝަން ސާވިސް.
08 ނޮވެމްބަރ 2022 - 15:56
މޯލްޑިވިއަންއިން އިންޑިއާއަށް ދަތުރުކުރާ މަންޒިލްތައް އިތުރު ކުރުމަށް ގްލޯބަލް އޭވިއޭޝަން ސާވިސްއާ އެކު ޕާޓްނާޝިޕެއްގައި ސޮއިކޮށްފި އެވެ.
އެ ޕާޓްނާޝިޕުގެ ދަށުން، އެ ކުންފުނި މަސައްކަތްކުރާނީ ސައުތު އިންޑިއާގައި ޖެނެރަލް ސޭލްސް އޭޖެންޓެއްގެ ގޮތުގަ އެވެ. މޯލްޑިވިއަންއިން ބުނި ގޮތުގައި އެ ޕާޓްނާޝިޕުގެ ސަބަބުން، ބައިނަލްއަގުވާމީ ގޮތުން ކުންފުނި އިތުރަށް ހަރުދަނާވެ، އިތުރު ޑެސްޓިނޭޝަންތަކަކަށް ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ގްލޯބަލް އޭވިއޭޝަނަކީ 1975 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ 41 އޮފީސް އިންޑިއާގެ 16 ލޮކޭޝަނެއްގައި ހުރެ އެވެ. އެ ކުންފުންޏަކީ އެކި އެއާލައިންތައް ރިޕްރެޒެންޓްކުރާ ކުންފުންޏެކެވެ. އެ ކުންފުނިން މިހާރުވެސް އިންޑިއާގެ 14 އެއާލައިނެއް ރިޕްރެޒެންޓުކުރެ އެވެ.
އެ ކުންފުންޏަކީ، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަނުން ފުރަތަމަ ސެޓިފައިކުރި ޖެނެރަލް ސޭލްސް އޭޖެންޓެެވެ.
މޯލްޑިވިއަންއިން މިހާރު ދަތުރުތައް ކުރަނީ އިންޑިއާގެ ކޮޗިން އާއި ޓްރެވިންޑްރަމްގެ އިތުރުން ބަންގްލަދޭޝްގެ ޑާކާ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސައިންބޭ
09 November 2022
ޕިންކް ކުދިން ބުނާނެ، ތިޔައުޅެނީ އަނެއްކާ އިންޑިޔާގެ ނުފޫޒު ތިޔަ ކުންފުންޏަށްވެސް ފޯރުވޭނެ މަގު ފަހިކުރަންކަމަށް.
ކުމާރަސޭކަރާ
09 November 2022
މަންޒިލްތައް މާ ފަސޭހައިން ފެންނާނެ ގޫގްލް މެޕްސް އިން އިންޑިޔާގެ މަންޒިލްތައް ހޯދިޔަސް...
މިކަމަށް ހައްލެއް ދެއްވާ
08 November 2022
މޯލްޑިވިއަން މެލޭޝިއާ އަށް ދަތުރުއަޅަން ފަށާބަލަ ހަފްތާއަކު ދަތުރެއް ނަމަވެސް. މުދާވެސް މީހުންވެސް ވާނެ.
ށަވިޔަނި
08 November 2022
ތިކަން ކާމިޔާބުވާނެކަމަށް ނުފެނޭ.
އޮނަރަބްލް އަފީފު ދީދީ
08 November 2022
އެވިއޭޝަންގެ ދާއިރާގެ އިލްމާއި ހިންގުންތެރިކަމާއި ތަޖުރިބާނެތް "އަބުއި ބަޔަކު" ތިތަން ހިންގާން ތިބެގެން ކުންފުނީގެ ހާލަތު ބަދަލު ނުކުރެވި އިތުރަށް ދަރަނި ބޮޑުވަމުންގޮސް މާޒީގެ ހިތިތަޖުރިބާ އަނެއްކާވެސް ކުރާން ޖެހުމުގެ ކުރިން މޯލްޑިވިއަންގެ ސީނިއަރ މެނޭޖްމަންޓާއި ބޯޑް ބަދަލުކޮށް ކުންފުނި ސަލާމަތް ކުރަން ސަރުކާރުން މަސައްކަތް ކުރާނީ ކޮންއިރަކު..؟؟ މިކަން އަވަސް ނުކޮށްފިނަމަ އެތައް މިލިޔަން ރުފިޔާގެ ދަރަންޏާއިއެކު ދާދިއަވަހަށް ތިތަން ބަޤުރޫޓްވާނެ.
އޮނަރަބްލް އަފީފު ދީދީ
08 November 2022
މޯލްޑިވިއަންގެ ސީނިއަރ މެނޭޖްމަންޓްގެ ފެންވަރު މިކަމުންވެސް އެގިގެން އެބަދޭ. އެމީހުންގެ ވިސްނުން އެހެ "ބަސަރާއަށް ކަދުރު ވިއްކަން" ކަން އެމީހުނަކަށްވެސް ނޭގުނު. # އިންޑިޔާގެ އެންމެ ބޮޑު ފްލީޓް އޮތް އިންޑިގޯ އާއި ގޯ އެއަރ އަދި ޓާޓާ ކުންފުނި އެއަރ އިންޑިޔާ ގަނެގެން ފުޅާކުރަމުންދާއިރު ތަނެއް ދޮރެއް ނޭގޭ ބަޔަކު މިއޮތީ މިއިން ކަމަކަށް ވިސްނާލުމެއްނެތި މޮޅު ވާހަކަތަކެއް ދައްކާފަ. ދާދި އަވަހަށް އެއަރ އިންޑިޔާ މިސިޓީއަށްވެސް ޝެޑިއުލް ދަތުރު ފައްޓާނެ.
ސައްޙާފް
08 November 2022
އަންތަރީސް ވާވަރު ކަމެއް! ކީއްވެތަ ލަންކާއަށް ދަތުރުނުކުރަނީ؟ އެތަނުން ޓްރާންސިޓް ގެސްޓަކު އުފުއްލައިގެން ތި ކުންފުނީގެ ދަރަނި ކުޑަކޮށް މަދުވެދާނެތީ ބިރުންތަ؟ ލަންކާ ގެ ދެ އެއާލައިނުން ދުވާލަކު 3-4 ދަތުރު ރާއްޖެއެބައަޅާ!
ދޮންސޮރާ
09 November 2022
ލަންކާއިން ހުއްދަ ނުދޭތީ. އަދި ޗާޖްކުރާ ފީތަކުގެ އަގުބޮޑުކަމުން.
ފަލަކު
08 November 2022
ތިނޫން ތަނެއް ނެތީތޯ….