ހިތަދޫ ޕޮލިސް ސްޓޭޝަން -- ފައިްލ ފޮޓޯ
11 ނޮވެމްބަރ 2022 - 19:04
ސަލާމަތީ ބާރުތަކުން މާލެ އާއި އައްޑޫގައި ޓެރަރިޒަމްގެ މައްސަލައަކާ ގުޅޭ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލެ އާއި އައްޑޫގެ އިތުރުން އައްޑޫގެ ކަނޑުގެ ސަރަހައްދުގަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ފޮޓޯތަކުން އެނގޭ ގޮތުގައި އައްޑޫގައި ކުރިޔަށް ދާ އޮޕަރޭޝަންގެ ތެރެއިން ބައެއް ގެއެއް ވެސް ބަލާ ފާސް ކުރަމުން އެބަދެ އެވެ.
އޮޕަރޭޝަންގައި ބަލާ ފާސް ކުރުމަށް ގެއަކަށް ވަދެފައި ވަނީ ސިފައިންގެ ބޮން ސްކުއާޑުން ކަމަށް އައްޑޫގެ މީޑިއާއަކުން ރިޕޯޓު ކޮށްފައި ވެ އެވެ.
ނަމަވެސް އެކަމާ ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
ރާއްޖޭގައި މީހުން މަރަން ފަސް ނުޖެހޭ ނުރައްކާތެރި 1000 އަކަށް ވުރެ ގިނަ މީހުން އުޅެމުން އަންނަ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއް މާލެއާއި އައްޑޫ ސިޓީއާއި އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް އެބަ ގެންދަން.
— Maldives Police (@PoliceMv) November 11, 2022
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަ333
11 November 2022
އައްޑޫގަ ފާޅުކޮށް ހަރުކަށި ޖަމާއަތް ހަދައިގެން މުޖުތަމައުގައި މިއަދާ ހަމަޔަށް ތިޔަ ގުރޫޕަކުން ދިރިއުޅޭއިރު އެމީހުން ކަންކަން ބަލާނެ ބަޔަކު ނެތް...ދައުލަތްވަނީ އެކަމަށް ފެއިލްވެފައި...ހެދިކާ ތަންތަނަށް ޑެލިވަރީކޮށް ފުޅާކޮށް ހެދިކާވިޔަފާރިކުރޭ....ހައިޓީ ކިޔާތަނަކީ އެމީހުން ހެދިކާ އެންމެ ގިނައިން ޑެލިވަރީ ކުރާތަން...އެތަނުން ތިޔަ ގުރޫޕު ހެދުނު ސައިބޯން ތިބެނީ ޑެލިވަރީ ނިންމާލާފަ.
ސެމި
11 November 2022
މިކަހަލަ ކަންކަން ފުލުހުން އަޅާނުލާތިބެނީ ބަޔަކަށް އެތަކެއްއަނިޔާވަންދެންތަ؟ މިއިީ ހަަމައެއްވެސް ގާނޫނޭއް ހިނގާގައުމެއްނުން. އިމްރަާންއާއި މާރިޔާ އިސްތިއުފާދީ ކަންކަން ބޮެއްސުންލައިގެން ގޮސްފި!