އަލިފާނުގެ ހާދިސާ އިން މަރުވި މީހުންގެ ބައެއް އާއިލާތައް މޯޗަރީގައި--ފޮޓޯ: ފަޔާޒު މޫސާ | މިހާރު
11 ނޮވެމްބަރ 2022 - 21:25
މ. ސެންޑްރޯޒްގެ ހުޅަނގުބައިގައި އިއްޔެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑު އެ މީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން މިއަދު ފަށައިފި އެވެ.
ރާއްޖޭގައި މި ފަހުގެ ތާރީހެއްގައި އެންމެ ގިނަ ބައެއްގެ ފުރާނަ ދިޔަ އަލިފާނުގެ ހާދިސާގައި އިއްޔެ ރޭ މަރުވި 10 މީހުންގެ ތެރެއިން ހަތް މީހުންނަކީ އިންޑިއާ މީހުންނެވެ. ބަންގްލަދޭޝްގެ ދެ މީހަކު ވެސް މަރުވެފައިވާއިރު 10 ވަނަ މީހާ އަކީ ކާކު ކަމެއް އަދި ސާފެއް ނުވެ އެވެ.
ފުލުހުން މިރޭ ބުނީ މަރުވި މީހުންގެ ތެރެއިން އެ މީހުންގެ އާއިލާ އިން ހަށިގަނޑު އެ ގައުމަށް ގެންދަން ބޭނުންވާ ނަމަ އެކަން ހަމަޖެއްސުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އެ ގައުމެއްގެ އެމްބަސީއަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަރުވި ބައެއް މީހުންގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހި، ކާކުކަން ދެނެގަންނަން ފުލުހުންނަށް އުނދަގޫވި އެވެ. އެ މަރުވި އެންމެންގެ ހަށިގަނޑު ވެސް މިހާރު އޮތީ ގަލޮޅު މޯޗަރީގަ އެވެ.
އެ ހާދިސާ އިން ސަލާމަތްވި ބަންގްލަދޭޝްގެ މީހަކަށް އައިޖީއެމްއެޗްގައި ކްރިޓިކަލް ހާލުގައި ފަރުވާ ދެމުން އެބަދެ އެވެ. އޭނާގެ ހަށިގަނޑު ވެސް އޮތީ ކާކުކަން ނޭނގޭ ވަރަށް ފިހިފަ އެވެ.
ސެންޑްރޯޒް ހުޅަނގުބައިގައި ތިރީގައި ހުންނަ ޖަރާޖެއްގައި ރޯވެގެން ކަމަށް ބުނެ އެވެ. އެ ގޭގައި މަތީ ފުލޯގައި ދިރިއުޅުނީ ބިދޭސީ މަސައްކަތްތެރިންނެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، ސްރީ ލަންކާ އަދި އިންޑިއާގެ މީހުން ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާބެގެ ދަރި
12 November 2022
އެމީހުން ރާއްޖެ ގެނައި މީހުން ކޮބާ. އެ ބަޔަކު ވެސް ޒިންމާކުރުވަންޖެހޭނެ
ރާއްޖެ މީހާ
11 November 2022
ހަށިގަނޑުތައް ފޮނުވާލަނީ ސަރުކާރުގެ ހަރަދުގައިތޯ
ޖާގަޖ
12 November 2022
ކަލެޔައް ވާނުވާ މާބޮޑަށް އެނގެނީ. ލާރި ހުންނަނީ ހަރަދު ކުރަން ޖެހޭ ކަންކަމައް ކުރަން. ކޮންމެހެން ކުރަންޖެހޭ ހަރަދާ ބޭކާރު ހަރަދާ ވަކި ކުރަން އިނގުމަކީ ބޮޑެތިމީހުންނަށް އެނގެން ޖެހޭ ކަމެއް. މިކަހަލަ ހިތްދަތި ދަނޑިވަޅުގަވެސް ލަދެއްނުގަނޭތަ ކަލޭ
ޖޯޖް
12 November 2022
ކަލެއަށް ކޮން ކަމެއްތަ ސަރުކާރު ހަަރަދުގަ ފޮނުވިއަސް
ނަންނެއްގޮލަ
12 November 2022
ޅަދެއް ހަޔާތެއް ނެއް ދޯ ކޮމެންޓު ކުރާއިރު. ސަރުކާރު ހަރަދުގަ ދޯ ފނުވަނޖެހޭނީ މި ސަރުކާރުގެ އިހުމާލުން ވާ ކަންކަމޭ
ވަން
12 November 2022
އެހެންވެއްޖެނަމަ އެއީ ކޮރަޕްޝަން