ބަޖެޓް ކޮމިޓީ. ކޮމިޓީގެ ވަކި ހިސާބަކުން ޒުވާބު ހޫނުވެ، މެދުކަނޑާލަން ޖެހުނު--ފޮޓޯ:މަޖިލީސް
13 ނޮވެމްބަރ 2022 - 18:20
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަޑައިގެން ދެއްކެވި ވާހަކަތަކާ ގުޅިގެން ސަރުކާރުގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުންނާ ދެމެދު ހޫނު ޒުވާބެއް ހިންގައިފި އެވެ.
މެންދުރު ފަހު ބޭއްވި ބަޖެޓު ކޮމިޓީގައި މެންބަރުން ވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ ގޮތުން އަމީރަށް ގިނަ ސުވާލުތަކެއް ކުރިމަތި ކުރައްވައިފަ އެވެ. ބަޖެޓުގެ ޒުވާބު އެންމެ ފުރަތަމަ ފެށުނީ ކޮމިޓީ ފެށިތާ ގާތްގަނޑަކަށް 30 މިނިޓް ވި ފަހުން، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ސުވާލު ކުރައްވަން ފެއްޓެވި ހިސާބުންނެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ފެކްޝަން ކޯޅުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގައި ހުންނެވި ޝަރީފު، ބަޖެޓުގެ ގިނަ ކަންކަމާ ގުޅޭ ގޮތުން ސުވާލު ކުރައްވަމުން ގެންދަވަނިކޮށް، މާވަރު ދާއިރާގެ އިދިކޮޅު މެމްބަރު މުހައްމަދު ސައީދު، މެމްބަރުން ކުރައްވާ ސުވާލުތަކަށް ފުރިހަމަ އަށް ޖަވާބު ދެއްވަން ގޮވާލައްވައި ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ، ބަޖެޓާ ގުޅިގެން މެންބަރުން ކުރައްވާ ސުވާލުތަކަށް ފުރިހަމައަށް ޖަވާބު ދެއްވަން ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.
އިދިކޮޅު މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރީ، އެ ކޮމިޓީގައި ކޮންމެ މެންބަރަކަށް ސުވާލާއި ޖަވާބު ދެއްވަން ފަސް މިނިޓްގެ ވަގުތެއް ދިން އިރު، ސުވާލުތަކަށް ޖަވާބު ނުދެއްވުނު ނަމަވެސް، އެ ހިސާބުން އަނެއް މެމްބަރަށް ސުވާލު ކުރުމުގެ ފުރުސަތު ދޭން ފެށުމުންނެވެ.
ކޮމިޓީގައި ހިނގި ޒުވާބާ ގުޅޭ ގޮތުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ސައީދު ވިދާޅުވީ، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ބާރު ކޮމިޓީގައި އޮތުމުން، އެ ބޭފުޅުން މަސައްކަތް ކުރައްވަނީ އަވަސް އަރުވާލައިގެން ބަޖެޓު ފާސްކުރަން ކަމަށެވެ. އަދި ކޮމިޓީ ކުރިއަށް ގެންދާނެ ގޮތް ވެސް ނިންމަނީ އެ މެންބަރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުލަތުގެ ބަޖެޓަކީ ވަރަށް މުހިއްމު ތަސައްވަރެއް ހުށަހަޅާ އެއްޗެއް. ސުވާލެއް ކޮށްލާ ނިމޭނީ ވެސް ދެ ތިން މިނިޓުން. ސުވާލެއް ކޮށްލިއަސް މިނިސްޓަރު ޖަވާބު ކިހިނެތްތޯ 10 ސިކުންތަށް، 30 ސުކުންތައް ފައްތާނީ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.
އެ ކަމާ ހިތްހަމަ ނުޖެހި، އިދިކޮޅު މެމްބަރުން ޒުވާބު ކުރައްވަން ފެއްޓެވުމާއެކު، ސަރުކާރުގެ މެމްބަރުން ވެސް ރައްދު ދެއްވަން ފެއްޓެވީ އެވެ. އަދި ބައެއް މެމްބަރުންގެ ރުޅި ކޮންޓްރޯލު ނުވެ، ހަޑިހުތުރު ބަސްތައް ވެސް ބޭނުން ކުރެއްވި އެވެ.
މާވަރު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ބަޖެޓު ކޮމިޓީގައި--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
އެހާ ހިސާބުން ކޮމިޓީ ކުރިއަށް ނުގެންދެވި ފަސް ވަރަކަށް މިނިޓަށް ކޮމިޓީ މެދު ކަނޑާލި އެވެ. ދެން ކޮމިޓީ ކުރިއަށް ގެންދިޔައީ އިދިކޮޅު މެންބަރުންނާ ނުލަ އެވެ.
ބަޖެޓު ކޮމިޓީގައި ހިމެނެނީ ޖުމުލަ 26 މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިދިކޮޅު ހަތަރު މެންބަރުންނެވެ. ފިނޭންސް މިނިސްޓަރު މެންދުރުފަހު ބައިވެރިވެވަޑައިގެންނެވި ބަޖެޓު ކޮމިޓީ ދޮޅު ގަޑިއިރަށް ކުރިއަށް ގެންދިޔަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަަހުމަދު
14 November 2022
ބަޖެޓް ބޮޑުވަމުން ވަމުން ގޮސް ދުނިޔެއަށް ނުފެތޭވަރު ވެއްޖެ. ސުވާލު އުފައްދާ މީހުން ބޭރުކޮށްލާފަ ހަދަނީ ހަދާނެ އެއްޗެއް. މިއަށްވުރެ ދެން ސޯލިހެއް ނުވެވޭނެ އެކަކަށްވެސް.
އިލި
14 November 2022
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ސައީދު މި އީ ކިތައްމެމްބަރުން ހިމެނޭ ޕާޓީއެއްގެ މީހެއްބާ
ހޮލިބެ
14 November 2022
މި އަމީރަކީ ދައުލަތުގެ ކޮމިޝަންތަކާ އިތުރު މުއައްސަސާތަށް ފިނޭންސް އަށް ގޮސް ބަޖެޓް ވާހަަކަ ދައްކާއިރުވެސް ވަރަށް ބޯހަރު ޒުވާބު ގިނަ މީހެއް. މީނާއަކަށް ނޭގެ އެވެސް ހަމަ ވޯޓު ދޭންތިބި މީހުން ކަމެއް
ސޮލިހު ރާޖާ އައުޓް
13 November 2022
މަޖުލިހުގައިތިބި ސޯލިހު ފެކްޝަން މެންބަރުންގެ އަހުލާގަކީ ސޯލިހައް ދެން އަހަރެން ވޯޓު ނުދޭނެ އެއް ސަބަބު. އުޑެއްބުޑެއް ނޭގުނަސް އަނގަތަޅާ ނަގައޭއެބަ. ދެން ސޯލިހައް ވޯޓު ނުދޭނެ އެހެން ސަބަބުތަކަކީ،،، ގާނޫނު ހަދައިން އަމިއްލަ އަންބޮޑި ބޮޑުކުރާތީ، ނުފޫޒުން ކުފޫ ހަމަނުވާ އެތައްބައަކަށް ވަޒީފާބަހާތީ، ކޮރަޕްޝަނަކީ ނިޒާމީ ކަމަކަށް ހަދާފަވާތީ!
ހުސްބުޅި
14 November 2022
ކޮރަޕްޝަނަކީ މިހާރު ނިޒާމީގޮތުން ތަރުތީބުވެގެން ހިންގާކަމެއް. ހިޓުލަރު މީހުން މަރާފަ ބުނި ތިމަންނަ އޮންނާނޭ ގާނޫނު ހަދާފަ އެކަމައް.. ރާއްޖޭގައި ކޮރަޕްޝަންވެސް ހިންގަނީވެސް އެހެން
ޟައިޏާ
13 November 2022
އަމީރުއާއި އެސްޖޭ ކޮންސްޓްރަކްޝަންއާ އޮތް ގުޅުމާމެދު ސުވާލުކުރުން އެދެން.ބަޖެޓުން ބޮޑު ބައެއް އެސްޖޭއަށް ދެވޭ.
ނައުމާ
14 November 2022
މަޖިލިސް ކުރީގެ ރައީސް މަސީހުއާއި ވެސް ތިޔަ ސުވާލު ކޮށްލަދީބަލަ؟ ޔާމީން އިރު ގިނަ ޕުރޮޖެކްޓު ސްޖޭއަށް ދިނުމުގައި އޮތީ އާއިލީ ކޮން ގުޅުމެއް ތޯ؟
ކުޗީ
13 November 2022
ބަތްކައްކާ ކުޅެނީ. މެޖޯރިޓީ އޮތީމަ އެހަދަނީ ހަދާނެ އެއްޗެއް. ޓެކްސް ވެސް އެއޮތް ގޮތަށް ބޮޑުކުރާނެ ، ބަޖެޓްވެސް ހުށަހެޅިގޮތަށް ފާސް ކުރާނެ.
ޒިއާ
13 November 2022
ދެން ފަންނީ އެކުސްޕާޓުން އޮޕީނިއަނެއް ދޭށޭ ބުނީމަ ދިނީމާ ބުނާކަހަލަ، ބަލަ މި މިއޮތީކީ މަ ބޭނުންވާ ގޮތަކަށް ނޫނޭ އެހެންވީމަ ކޭލެވެސް އޮޕީނިއަންވެސް ކެންސަލް އޭ. ގަވަރުނަރައްވެސް އެހެދީ އެހެން. ދެން އެމީހައަށް ބަވާ ކުދިކުރަނީ. ސޯލިހު ފެކްޝަންގެ ޑިމޮކުރަސީ އަކީ ހުޝާމަދު ކުރުމާ، ކޮންމެ ކަމަކަށް ޔެސް ސޯ ކިޔުއްވުން. އެހެންނޫނީ އެމީހެއްގެ ބޮލުގައި އިދިކޮޅު ލޭބަލު އަޅުވާނެ. ރޮޒެއިނާ މަވޯޓޯ އެއީ އެކަމުގެ އެކްސްޕާޓެލުން. ނޯތުކޮރެޔާ ސުޓައިލު ހަމަ!
ހަޚިމެ
14 November 2022
މިއީ ވެރިކަން ލިބޭ ފަރާތަކަށް މަޖްލިސް ދޭނެ ފަހު ފަހަރެވެ. މަށަކީވެސް މޑޕ މީހެއް އިބޫ އަށް ވޯޓު ދިނަސް ކައުންސިލް އަދި މަޖްލިސް އަށް މަ ދެން ދޭނީ އިދިކޮޅަށް
މިއީ މަށޭ
13 November 2022
އޭ މަށޭ އެބަ ކިޔާތަ؟
ވަކަރުގެ
13 November 2022
ހަޑި އަވަގުރާނަ ގޮވީ މަވޯޓާ ޝަރީފު. މަޖްލިސް ބެލި ކޮންމެ މީހަކައް ފެންނާނެ އެތަން މިއަދު!!!
ވަޖިދުވޯޓާ
13 November 2022
ބަލަގަ އޭނާގެ ދަރިއަށް އޭނާގެ ނުފޫޒުން ހޯދާދީފަ ހުރި ބޭރުގެ އެންބެސެޑަރުކަން ދިފާއުކުރަން ސަރީފު ވަޖިދުވަނީއޭ އެ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
13 November 2022
ޒުވާބޮކޮށް ތަޅާފޮޅައިގެން ޑިމޮކުރަސީ ފައްކާކުރެވޭނީ.
ޖިމޯޓަން
13 November 2022
އިދިކޮޅެ މެން މަޖިލީސް ކޮމެޓީއަށް ދިޔައީވެސް ފަނިކޮށްލަން ކިޔައިގެން. މިއީ މި ގައުމުގެ ހުރި ގުދުރަތީ މުއްސަނދިކަން ނު އަގުގަ އެމްއެމްޕީއާރުސީ ކިޔާ ކުންފުންޏަކަށް ވިއްކާލާ އެ ފައިސާ އަމިއްލަ ޖީބަށާ އެތައް ބަޔަކަށް ބަހާލިއިރު އަތް ޖަހަން ތިބި ގްރޫޕް. މިހާރު ގައުމަށް ހެޔޮ އެދިގެންނޭ ކިޔާ ފިތުނަ އުފައްދަނި
ޕިއަރުސީ
13 November 2022
ހެހެހެ ތިކަމެއްނޭގެ. އޭސީސީމެންބަރުން ވެސް ބޭރުކުރީ ސޯލިހު ފެކުޗަންގެ މަޖުލިހު މެންބަރުންތަކެއްގެ މައްސަލަބަލާތީ
ލަދުލަދު
13 November 2022
ކޮން އިދިކޮޅެއް އެއްކޮޅެއް ކިޔާކަށް؟؟ ކޮމިޓީތައް ހިންގަނީ ހުދުމުހުތާރުކޮއް ޑިމޮކުރަސީއޭ ރިހާކުރޭ ކިޔާފަ