ކަސްޓަމްސުން މީގެ ކުރިން އަތުލައިގަތް މަސްތުވާތަކެތި.--- ފޮޓޯ/ކަސްޓަމްސް
16 ނޮވެމްބަރ 2022 - 15:59
ބްރެޒިލުން ރާއްޖެ އައި މީހެއްގެ އަތުން 15 މިލިއަން ރުފިޔާގެ ކޮކެއިން ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
އެ އިދާރާ އިން މިއަދު ބުނީ އެ މަސްތުވާތަކެތި އެތެރެކުރީ މި މަހުގެ ނުވަ ވަނަ ދުވަހު ބްރެޒިލުން ރާއްޖެ އައި އެ ގައުމުގެ އުމުރުން 29 އަހަރުގެ އަންހެނަކު ކަމަށެވެ.
އޭނާ ގެނައި ލަގެޖުގައި ޝައްކު ކުރެެވޭ ޒާތުގެ ބާވަތެއް ހުރުމުން, އިތުރަށް ފާސްކުރީ ކަމަށާއި އެ ތަކެތި އިތުރަށް ބަލައި ތަހުލީލު ކުރިއިރު ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.5 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 15 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ކަސްޓަމްސްއިން ލަފާކުރެ އެވެ.
އެ މީހާ އާއި މަސްތުވާތަކެތި ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
މިއީ މި އަހަރުގެ މިހާތަނަށް ކޮކެއިން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 10 ވަނަ ފަހަރު ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެ އިދާރާ އިން ބުނިގޮތުގައި މި އަހަރުގެ މިހާތަނަށް ޖުމްލަ 17 ކިލޯގެ ކޮކެއިން ވަނީ އަތުލައިގަނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންޑީއޭ ބޯޑު
16 November 2022
ސުވާލަކީ އަތުލައިގަނެވޭ މަސްތުވާތަކެތީގެ މަޢުލޫމާތު ކަމާއިބެހޭ އިދާރާތަކުން ނޭޝަނަލް ޑްރަގް އޭޖެންސީއާއި ހިއްސާކުރޭތޯއޭ؟ ނުކުރާނަމަ އެއީ ކީއްވެތޯ؟ އެންޑީއޭ އެއީ ހަމައެކަނި ފަރުވާދޭ ތަނެއް ނޫން. އެއަށްވުރެ އެމީހުންގެ ގާނޫނީ މެންޑޭޓް ފުޅާ. ވީއިރު އެފަރާތްތައް މި މަސައްކަތުގައި ބައިވެރި ނުކުރަނީ ކީއްވެތޯ؟
ސައްކެޔޮ
16 November 2022
ރަނގަޅަށްވިިއްޔާ ތީގެ3 ގުނަ ހަމަތިބޮނޑީގައިއޮންނާނީ އެތެރެކޮށްފަ. އަތުވިކަމަށް ބެލެވެނީ ހަތަރަކުން އެކެއް. ތިއަތުލައިގަތްގަތުމުގައި އުންސުރު ހަމަނުވާތީ ތިތަކެތި އެމީހާއި ހަވާލުކޮށްފައި ދުވަހަކުވެސް އެނަމުގައި ރާއްޖެ ނުއެރޭނެގޮތަށް ފޮނުވާލަން ހުކުމް އަތުވެދާނެކަމާއިމެދު ޝައްކުއެބައުފެދޭ.
ކޮރަލް
16 November 2022
ރާއްޖެ އަށް އެތެރ ކުރަނީ ނޫނީ ރާއްޖެ މެދުވެރި ކޮށް ޓްރެފިކް ކުރަނީ އަތުލައިފިނަމަ ލިބޭނެ އަދަބު ވެސް އެމީހުންނަށް އެނގޭތީ އެވެ. އެމީހުން އަތުވިއަސް ސަލާމަތް ވެ އެވެ. އަތު ނުވިއަސް ސަލާމަތް ވެ އެވެ.
ދގދސެފ×
16 November 2022
ބުރެޒިލުން ކޮކޭނު ނުގެނެ ޕެލޭ ނޫނީ ރޮނާލްޑޯ ގެނަސްބަލަ.
އަހުމަދުބޭ
16 November 2022
މަސްތުވާތަކެތި އަތުލައިގަނެވޭ، ދެން ޖަލުގައި މަހެއްހައިދުވަހު ބައިންދާފަ ދޫކޮއްލަނީ، އަތުލެވޭ މަސްތުވާތަކެވަންނަތަނެއް ނޭގޭ ޑުރަގުގެ މައްސަލައަށް ހައްލެއް އަންނަކަމަކަށް ދުވަހަކުވެސް ނުފެނޭ
ޖަމީލުބެ
16 November 2022
ކަސްޓަމާއި ފުލުހުން ވާންކޮށްފަ ބަހައްޓާތި! ކުއްވެރިން ޖެހޭނީ ކުޑަކަކޫ ޖަހަން، إن شاء الله
1828
16 November 2022
ވާންކުރީމައި ދަނީ ކަނޑައިގެން.
އަހަމީ
16 November 2022
ލަގޭޖްގަ 450ކިލޯ ހުރޭތަ
އިބްރ
16 November 2022
ހަތަރުކިލޯބައި. ސާފްވެއްޖެކަމަށް އުންމިދުކުރަން