ފުލުހުން މާލޭގައި ހާއްސަ އޮޕަރޭޝަނެއް ހިންގަނީ.---ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު
08 ޖޫން 2016 - 14:08
ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް ޕްްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަކިކުރި ވަކީލަކަށް ބަދަލުގެ ގޮތުގައި ދޮޅު ލައްކަ ރުފިޔާ ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.
މިދިޔަ އާދިއްތަ ދުވަހު އެ ޓްރައިބިއުނަލުން އެގޮތަށް އަމުރުކުރީ ޕީޖީ އޮފީހުގައި ވަކީލެއްގެ ގޮތުގައި އައިމިނަތު އަރީޖް ހުސައިނާ ބެހޭގޮތުން ފުލުހުން ތައްޔާރުކުރި އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އޭނާ ވަކިކުރި މައްސަލައިގަ އެވެ.
އެ މައްސަލަ ބެލުމަށް ފަހު ޓްރައިބިއުނަލުން ކުރި އަމުރުގައިވަނީ އެ މައްސަލާގައި އަރީޖް ވަކިކުރީ އެކަށީގެންވާ ހަމައެއް އޮވެގެން އަދުލުވެރިކަމާ އެކު ކަން ސާބިތުނުވާ ކަމަށާއި އެހެންވެ އޭނާ ވަކިކުރީ ގާނޫނާ ޚިލާފަށް ބަލަންޖެހޭ ކަމަށެވެ. އެހެންވެ ބަދަލުގެ ގޮތުގައި 153،000 އަށް ވުރެ ގިނަ ރުފިޔާ އޭނާއަށް ދޭން ވަނީ އަމުރުކޮށްފަ އެވެ.
އަރީޖް ކުރިން ހުރި ވަޒީފާ އަނބުރާ އިއާދަކޮށްދޭން އެދިފައި ވިޔަސް ދެ ފަރާތުގެ ދެމެދުގައި އިތުބާރު ގެއްލިފައިވާތީ ވަޒީފާ އަނބުރާ އިއާދަކުރަން އަމުރު ނުކުރެވޭނެ ކަމަށް ޓްރައިބިއުނަލުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެކިފުތު
09 June 2016
އެކަމަކު އެފެންވަރުގެ ވަޒީފާއެއް ދައުލަތުގެ އެހެން އިދާރާއަކުން ނަމަވެސް ނުލިބޭކަމުގައި ވަނީނަމަ އަރީޖް އަށް އިންސާފު ފުރިހަމަ ގޮތުގައި ލިބުނުކަމަކަށް ނުބެލެވޭނެ ނޫންތޯ؟
ސޫފިޔާން
09 June 2016
ތިފުލުހުންހަދާ އިންޓެލިޖެންސް ރިޕޯޓުގެ ސަބަބުން، ދިވެހިންނަށް ލިބިފަވާ ގެއްލުން މަދެއްނޫން
އުމަރު
08 June 2016
މިފައިސާގެ ޒިންމާ ނަގާނީކާކު؟ މިއީ މައްސަލައަކީ މީހަކު އެއްވެސް މައްސަލައަކާއި ނުލައި ވަކިކޮށް އެއްލާލުމުން ޤާނޫނުން އޭނާއަށް ފައިސާނަގައިދޭ، އެކަމަކު ދެން އެކަމުގެ ޒިންމާ ނަގާނެ މީހަކުނުވޭ
ނަމްރު
08 June 2016
ޓްރެބިޔުނަލްގެ އެއްވެސްނިންމުމެއްމިސަރުކާރަކުންތަންފީޒުނުކުރާނެ
ނައިންސިކްސްޒީރޯ
08 June 2016
ތިޔަ އިންޓެލް ރިޕޯޓު މިހާރު ވެއްޖެ ޤާނޫނުއަސާސީއަށްވުރެ މަތީ އެއްޗަކަށް!
Murasil
08 June 2016
ބަދަލު ދޭކަށް ނުޖެހޭނެއެވެ.