ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި މުހައްމަދު އިބްރާހިމް މަނިކު (ކ) އަދި ޑިޒާސްޓަ ސެންޓަރުގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އަކަށް ހަމަޖެއްސެވި އަހުމަދު ރަޝީދު.---ފޮޓޯ: ރައީސް އޮފީސް
11 ޖެނުއަރީ 2017 - 17:57
ސަރުކާރުގެ ދެ މަގާމަކަށް ރައީސް އަބްދުﷲ ޔާމީން މިއަދު ބަދަލު ގެންނަވައިފި އެވެ.
އެގޮތުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިހާތަނަށް ހުންނެވި، ތ. ގުރައިދޫ، މެދުގޭ މުހައްމަދު އިބްރާހިމް މަނިކު ވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފަ އެވެ. އޭނާ މީގެ ކުރިން ވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
މީގެ އިތުރުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ލ. ގަން (ތުނޑި) ކޯޒީކޯނަރު، އަހުމަދު ރަޝީދު ވަނީ ބަދަލުކުރައްވައިފަ އެވެ. އޭނާ މިހާތަނަށް ހުންނެވީ އެ އޮފީހުގެ އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަގާމުގަ އެވެ. ކުރީގެ އެޓޮލްސް މިނިސްޓްރީގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަހުމަދު ރަޝީދު ވަނީ މި ސަރުކާރުގައި ޔޫތު މިނިސްޓަރުގެ ނައިބުކަން ވެސް ކުރިން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަޑިކިލަނބު
11 January 2017
ތިޔަ ދެބޭފުޅުންނަކީވެސް ފަސްބައިގައި އެއްވެސް މިލަކަމެއް ނެތް ދެބޭފުޅުންކަމަށް ތިޔަ ބަދަލުވީ. ވަރަށް ސަލާމް....
އިޓްސް
11 January 2017
މަމެން ޕިންކީންގެ ސަރުކާރުން މިއަދު ސަރުކާރުގެ ސިޔާސީ މަގާމް ތަކަށް އެގެނައި ބަދަލަކީ އެއީ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ބަދަލެކެވެ. އެފަދަ އޯސަމް ބަދަލު ތައް އެމެން ޑޮލަރު އަގު ބޮޑު ކުރި ތިން އަހަރު ގައި އެމެންނަށް ގެންނަށް ނޭގިގެން ނޫންތޭ އެމެންގެ ބޮޑޭ ފެބް ހަތެއްގައި އަނގަ ވަތަށް ގޮނޑިން ވެއްޓުނީ އެހެން މަމެން ނެތީމު ކިޔަން އިނގޭ ޓްވިޓަރޭ. ދެން ތަމެން މޫނު ކުނި ކޮށްގެން ބޮލުގެ އިސްތަށި ގަނޑު ނަގާ ހުޅި ޖަހައިގެން މިކޮމެންޓް އަށް ރިއެކްޓް ނުކުރާ ހުށި ކަމެވެ. އިޓްސް އިން ދަވޭ ވީ އާރ ގޮނާ ސީ ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމް..
ލާރި
11 January 2017
އެޓޮލްސް އަކީ އަބޫޣުރައިބު