21 ނޮވެމްބަރ 2022 - 17:29
ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އައްނަބީލާ ހަބީބާ ހުސައިން ހަބީބު މިއަދު އަވަހާރަވެއްޖެ އެވެ.
ރާއްޖޭގެ ކުރީގެ ރަސްގެފާނު އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ކާފަ ދަރިކަނބަލުން އަދި ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ލިބިވަޑައިގެންފައިވާ ހަބީބާއަކީ ދައުލަތަށް 49 އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވި ބޭކަނބަލެކެވެ.
ހަބީބާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތީ އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އޭނާއަކީ ލިޔުންތެރިކަމާއި އަދަބިއްޔާތާއި ތާރީހަށް ވެސް މުހިންމު ހިދުމަތްތަކެއް ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ބޭކަނބަލެކެވެ. އެ ދާއިރާ އިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް ލިބިވަޑައިގެންފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރުކަން ވެސް އެ ކަމަނާ ކުރެއްވި އެވެ.
ހަބީބާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ގައުމީ ކުތުބުހާނާގަ އެވެ. އެ ތަނުގައި އެކަނި ވެސް 29 އަހަރުގެ މުއްދަތަކަށް އޭނާ ހިދުމަތް ކުރެއްވި އެވެ. އޭގެ ކުރިން ތައުލީމީ ދާއިރާގަ އާއި ދައުލަތުގެ އެހެން އިދާރާތަކުގައި ވެސް ހަބީބާ މަސައްކަތް ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުޙައްމަދު އިލްހާމް ( ކިންގް އިލްހާމް )
22 November 2022
ހެޔޮރަޙްމަތް ލައްވާށި،
ށަވިޔަނި
21 November 2022
اللهم اغفر لها وارحمها و اسكنها في الجنة آمين
ސައިފް އަލީ
21 November 2022
ވަރަށް ޚިދުނަތްތެރި އަޚްލާގު ރަނގަޅު ބޭފުޅެއް. ހަބީބާއަށް ސުވަރުގެ މިންވަރު ކުރެއްވުން އެދި ދުއާ ކުރަން.?????????????????????އާމީން އާމީން
މުރުސީ
21 November 2022
އިއްނާލިއްލާހި ވައިނާއިލައިހި ރާޖިއޫން
ގުދުގުދުލީބެއްޔާގެ ތެދުބަސް
21 November 2022
ހަބީބާއަށް ކާފާފުޅު ޝަމްސުއްދީން ދެކިލެއްވިތޯ؟ ހަބީބާގެ ފުރާނަފުޅަށް ރަޙްމަތްލައްވާށި. އާމީން.
ހާނި
22 November 2022
ނޭގޭތަ އެކަމެއް. ހަމަ އަންތަރީސްވެއްޖެ.
ދުމްމ
21 November 2022
ވަރަށް ޚިދުނަތްތެރި އަޚްލާގު ރަނގަޅު ބޭފުޅެއް. ހަބީބާއަށް ސުވަރުގެ މިންވަރު ކުރެއްވުން އެދި ދުއާ ކުރަން.