ވާވޭގެ "ޕީ50 ޕޮކެޓް" ދައްކައިލަނީ.
27 ނޮވެމްބަރ 2022 - 12:42
އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ، ޗައިނާގެ ކުންފުނިތަކުގައި އުފައްދާ މުވާސަލާތީ އާލާތްތަކާއި އެ ފަދަ އާލާތްތަކުގައި ބޭނުންކުރާ ސާމާނުތައް ގަތުން އެމެރިކާ އިން ހުއްޓާލައިފި އެވެ.
އެމެރިކާގެ ފެޑެރަލް ކޮމިޔުނިކޭޝަންސް ކޮމިޝަނުން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒް ކުންފުންޏާއި ޒެޑްޓީއީ ކުންފުނީގެ އުފެއްދުންތައް އެމެރިކާ އަށް އެތެރެ ކުރުމާއި އެމެރިކާގައި ވިއްކުން މިހާރު ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން ސަވައިލެންސް އާލާތްތައް އުފައްދާ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑަހުއާ ޓެކްނޮލޮޖީ އާއި ވީޑިއޯ ސަވައިލެންސް ކުންފުނި ހަންގްޒޫ ހިކްވިޝަން ޑިޖިޓަލް ޓެކްނޮލޮޖީ އާއި މުވާސަލާތީ ސާމާނު އުފައްދާ ކުންފުނި ހައިޓޭރާ ކޮމިޔުނިކޭޝަންސްގެ އުފެއްދުންތައް ވެސް އެމެރިކާ އަށް އެތެރެ ކުރުމާއި ވިއްކުން ވަނީ މަނާކޮށްފަ އެވެ.
އެމެރިކާ ސަރުކާރުގެ ކަންކަމަށް ފާރަލުމަށް ނުވަތަ ޖާސޫސްކޮށްފާނެ ކަމުގެ ބިރަށްޓަކައި، އެ ކުންފުނިތަކުގެ އުފެއްދުންތައް އެމެރިކާގައި ބޭނުންކުރުމާއި ވިއްކުން އަދި އެތެރެކުރުން މި މަނާކުރީ، ތައިވާންގެ މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިވަނިކޮށެވެ.
އެމެރިކާގެ ފެޑެރަލް ކޮމިޔުނިކޭޝަންސް ކޮމިޝަނުން ބުނި ގޮތުގައި އެ ފިޔަވަޅު އަޅަން ޖެހުނީ، މުވާސަލާތީ އާލާތްތަކުގެ ޒަރީއާއިން އެމެރިކާގެ ގައުމީ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކާތަކަކުން އެމެރިކާ ރައްޔިތުން ސަލާމަތް ކުރުމުގެ ގޮތުންނެވެ. އެމެރިކާ އިން ފިޔަވަޅު އެޅި ކުންފުނިތަކުގެ ތެރެއިން ހިކްވިޝަން ފިޔަވައި އެހެން ކުންފުންޏަކުން، އެމެރިކާ ސަރުކާގެ މި ނިންމުމާ މެދު މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
ހިކްވިޝަން އިން ބުނީ އެ ކުންފުނީގެ އެއްވެސް އުފެއްދުމަކުން، އެމެރިކާގެ ގައުމީ މަސްލަހަތަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. އެ ކުންފުނިން ބުނީ އެމެރިކާ ސަރުކާރުގެ އެ ނިންމުމަކީ އެމެރިކާގެ ގައުމީ މަސްލަހަތު ހިމާޔަތްކުރުމާ ގުޅިފައިވާ ނިންމުމެއް ނޫން ކަމަށެވެ.
އޭގެ ބަދަލުގައި އެ ނިންމުމަކީ، އެމެރިކާގެ ކުދި ވިޔަފާރިތަކަށާއި ލޯކަލް އިދާރާތަކަށާއި ސްކޫލްތަކާއި އެފަދަ ވަސީލަތްތައް ބޭނުންކުރާ ވަކިވަކި ފަރުދުން އެބައިމީހުންގެ އަމިއްލަ ގެދޮރާއި ވިޔަފާރިތަކާއި މުދާތައް ހިމާޔަތް ކުރުމަށް ކުރާ މަސައްކަތަށް ގެއްލުން ދިނުމަށް އެޅި ފިޔަވަޅުތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެމެރިކާ ސަރުކާރުން އެ ފިޔަވަޅު އެޅި ނަމަވެސް، އެމެރިކާގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ކުންފުނީގެ ޚިދުމަތްތައް އެމެރިކާގައި ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު
29 November 2022
ވަގުންނަށް ހީވާނެ ދެންތިބެނީ ހައްތަހާވެސް ވަގުންނޭ. ޗައިނާ ނޫޅެ ހޭބަލިވެގެނެއް. ހަމަ ތިޔަހުރިހާ ކަމެއްކުރަނީ އެމެރިކާ. ޖާސޫސުުކުރިޔަަސް މީހުން މެރިޔަސް ތަންތަން ހަލާކުކުރިޔަސް ކުރަނީ ހަމަ އެމެރިކާ. މިއަދުވެސް އެމެރިކާގެ އެއާފޯސް ދިވެހިރާއްޖޭގައިވެސް އެބަތިބި. ހުވާކޮށްފަ ބުނާ ތެދުމީ
އަފްރާސިޔާބު
29 November 2022
ބަލަ އެމެރިކާ އިން އުފައްދާ އައިޓީ އިކްވިޕްމަންޓާއި އައިފޯނާއި ސޯސަލް މީޑިއާ ސައިޓުތަކުންނާއި މުވާޞަލާތީ އަދި ޞިއްޙީ އިކްވިޕްމަންޓް ތަކާއި މަތިންދާ ބޯޓުތަކުގައި ބޭނުންކުރާ ޖާސޫސް ކުރުމުގެ އާލާތްތަކުގެ ސަބަބުން އެހެން ގައުމުތަކުގެ ގައުމީ ސަލާމަތަށް ނުރައްކާ ވާހަކަ ނުދައްކައި ޗައިނާއާ ޖައްސާލައިގެން އުޅުމުގެ ބޭނުމެއް ނެތެއްނު. މިހާރު އީރާނުން ހައިޕަސޮނިކާއި ސްޕަސޮނިކު މިސައިލް އުފެއްދީމާ ތިބުނަނީ އޭގައި ބޭނުންކޮށްފައި ހުންނަނީ ޔޫރަޕުގެ ތަކެއްޗޭ.
ސަލީމބައި
27 November 2022
ޗައިނާ އެޕަލްގެ އުފެއްދުންތައް މަނާކޮށްލަބަލަ. ޢެއިރުން އެމރިކާއަށް އޮންނާނެ ރާކަނިމަސްކެވިފަ
ކޮރަލް
27 November 2022
އެމެރިކާ ގެ ފިޔަވަޅުގެ ސަބަބުން އޭގެ ފައިދާ އެފްރިކާ އަދި އޭޝިޔާ އަށް ކުރާނެ އެވެ. ޗައިނާ އިން އޭޝިޔާ އަދި އެފްރިކާ އަށް ވިޔަފާރު ފުޅާ ކުރާނެ އެވެ.
އަފްރާސިޔާބު
29 November 2022
މިހާރު އެމެރިކާއާއި ޔޫރަޕަށް ދިމާވެގެން އުޅޭ އެންމެބޮޑު އެއް މައްސަލައަކީ އެފްރިކާގެ ގައުމުތަކުން އެމެރިކާއާއި ޔޫރަޕާ ދެކޮޅަށް އެގައުމުތަކުގެ ރައްޔިތުން ނުކުމެ މުޒާހަރާކޮށް ފައްސާލައި ރަޝިޔާއާއި ޗައިނާގެ ތަކެތި ބޭނުންކުރާ މައްސަލަ.
ސަލީމު އިދުރީސް
27 November 2022
ހާހާ އެއްކަލަ ޗައިނާގެ ޖައްންގަލި މެދުގަހުރި ނިކުލިއާ މިސައިލު ފޮނޫތަންކަމައް ހިތާ ފާރަލީމަ ވީކިހެނެންތޯ ތިވެސް އަނެންކަ އެބާވަތުގެ ކުއްޔެއްތޯ! އެމެރިކާއިން ޗައިނާގެ ގިލިތައް ބޭލޭވަރު ސެޓުލައިފޮނުވައިގެން ޖެހިސަކާރާތުން މަވެސްލަދުގަތް
ބީރުބޮލުވަޒީރު.
27 November 2022
ދިވެހިބަހުން ކޮމެންޓު ލިޔަން ސަލީމު ދަސްކޮށްބަލަ. ލިއެފަހުންނަ އެއްޗެއް ކިއޭވަރެއް ނޫން.
ތުނޑުހަސަނު
27 November 2022
ތިޔައީ ގައުމީ ސަލާމަތާ ގުޅޭކަމެއް ނޫން. ނަމަވެސް އެހެން ބުނީމަތާ ރައްޔިތުން ވާނުވާގައި ތިބޭނީ. އަސްލަކީ މިއީ ޗައިނާއާ ދެކޮޅަށް އެޅި އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅެއް.