ޚަބަރު / ހުޅުމާލެ

ހުޅުމާލޭގެ ޓްރެފިކަށް ބޮޑު ބަދަލެއް؛ ބައިސިކަލާއި ބަހަށް ހާއްސަ ލޭނެއް!

ހުޅުމާލެ ޓްރެފިކަށް ގެންނަ ބަދަލު ފެންނަ ކުރެހުމެއް. -- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ މަގުތަކުގެ ޓްރެފިކަށް ބޮޑު ބަދަލެއް ގެންނަން ނިންމައި، ބޮޑެތި މަގުތަކުގައި ބައިސިކަލާއި ބަހަށް ހާއްސަ ލޭނެއް ކުރަހަން ފަށައިފި އެވެ.

އެެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ބަދަލުތައް ގެންނަން ނިންމީ، ހުޅުމާލޭގައި ދިރިއުޅޭ އަދި އެކި ބޭނުންތަކަށް އެ ތަނަށް ޒިޔާރާތްކުރާ މީހުންނަށް ފަސޭހަކަމާ އެކު ދަތުރުފަތުރު ކުރެވޭނެ ފަދަ އިންތިޒާމުތައް ހަމަޖައްސަން 2015 ގައި ހަދާފައިވާ މާސްޓަޕްލޭނުގެ ދަށުން ކަމަށެވެ.

ހުޅުމާލޭގެ ނިރޮޅުމަގާއި އެހެން ބައެއް މަގުތަކުގައި ލޭން ކުރެހުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލެ ޓްރެފިކަށް ގެންނަ ބަދަލު ފެންނަ ކުރެހުމެއް. -- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނިގޮތުގައި، ހުޅުމާލޭގެ މައި މަގުތަކުގައި 13.2 މީޓަރުގެ ފުޅާމިން ހުރެ އެވެ. އެހެންވެ، އެ މަގުތަކުގައި ފަސް ލޭނެއް ހަދަން ނިންމާފައިވެ އެވެ. އެއީ؛

• ބަސް ދުއްވަން ހާއްސަ ލޭނެއް.

• ބައިސިކަލް ދުއްވަން ހާއްސަ ލޭނެއް.

• ސައިކަލާއި ކާރާއި ހަތަރު ފުރޮޅުލީ އެހެން އުޅަނދުތަކަށް ހާއްސަ ތިން ލޭނެއް.

"މިއީ، ހުޅުމާލެގައި ގިނަ މީހުން އާބާދުވުމާއި ގުޅިގެން، ދުނިޔޭގެ ސްޓޭންޑަޑަށް ހުޅުމާލޭގެ މަގުތައް ގެނެވުމަށާއި ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރެވިގެންދާ ވަރަށް މުހިއްމު މަސައްކަތެކެވެ،" ބަޔާނުގައި ބުންޏެވެ.

މަގުތަކަށް ބަދަލު ގެނައުމުގެ މަސައްކަތުގެ ދަށުން، ހުޅުމާލޭގެ ނިރޮޅުމަގުގާއި ސެންޓްރަލް ޕާކް ވަށައިގެން އޮންނަ މަގުގައި މިހާރު ވަނީ ލޭންތައް ކުރަހައިފަ އެވެ.

ހުޅުމާލެ ޓްރެފިކަށް ގެންނަ ބަދަލު ފެންނަ ކުރެހުމެއް. -- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން ބުނީ އެ ބަދަލާ އެކު، ހުޅުމާލޭގެ ނިރޮޅުމަގުގައި އެއްވެސް ގޮތަކަށް ވެހިކަލް ޕާކު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް، ނިރޮޅުމަގުގައި ހުންނަ ފްލެޓުތަކާއި ގެތަކުގެ ކައިރީގައި ޕާކްކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބައިސިކަލަށް ހާއްސަ ލޭން

އެޗްޑީސީން ބުނިގޮތުގައި، ހުޅުމާލެގައި ބައިސިކަލް ލޭނެއް ކަނޑައެޅުމުގެ އެންމެ ބޮޑު މަގުސަދަކީ، އެއީ ވަރަށް ސްޕީޑު ދަށްކޮށް ދުއްވާ އުޅަނދަކަށް ވުމާ އެކު، ބާރު ސްޕީޑުގައި ދުއްވާ އެހެން އުޅަނދުތަކަށް ދަތިނުވާ ގޮތަށް މަގުގެ އެއްފަޅިން ބައިސިކަލް ދުއްވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ބައިސިކަލް ލޭން ކުރަހަމުން އަންނަނީ ނޫކުލައިންނެވެ.

މި ބަދަލުތަކާ އެކު، މަގުގައި ހިނގާ މީހުންނަށް ފަސޭހަވާނެ ގޮތަށް ޑިރެކްޝަނަލް ތީރުތަކެއް މަގުގެ ތާރުމަތީގައި ކުރާހަނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

43 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 0%
icon angry icon angry 48%
icon wow icon wow 4%
icon inlove icon inlove 30%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޭކުބެ

29 November 2022

މާލޭގެ މުއްސަނދިން ބައިސްކަލް ބުރުޖަހާލަން ޚާއްސަތަނެއް ހެދީ. ކާކުތަ މިހާރު ބައިސްކަލުގަ އުޅެނީ. ތިގޮތަށް ދަމާގާޑިޔަލަށްވެސް ލޭނެއް ހެދޭކަށްނެތްތަ؟

The name is already taken The name is available. Register?

އަހައްމަދޫ

29 November 2022

ވަރަށް މޮޅެތި ގަވާއިދު ހަދާނެ. އެނިމުނީ. އެކަންތައް ވޭތޯ ކުރޭތޯ ބަލާ ފިޔަވަޅު އަޅާނެ ހިތްވަރެއް ހުރި މުއައްސަސާއެއް ނަހައްދަވާތީ ދެރަޔީ. ފަހަރެއްގަ ތަންކޮޅެއް ނިކަމެތި މީހަކަށް ކުރީކޮޅު ފިޔަވަޅެއް ނާޅާނެއެކޭ ނޫން

The name is already taken The name is available. Register?

12332

28 November 2022

ބަސްކަލް ދުންވަން ފަށަންވީ. ރަނގަޅު ކަސްރަތެއް ލިބޭނެ.

The name is already taken The name is available. Register?

މުގޮށި6މީދާ

28 November 2022

ގޭގަހުރި ބައިސްކަލް ލޭނުހުރި މަގުތަކަށް ގެންދަންޖެހޭނީ ކޮނޑުގަދޯ!

The name is already taken The name is available. Register?

އާބަން ޑިވެލޮޕްމަންޓް ޕްލޭނިން

28 November 2022

އަވަސް

The name is already taken The name is available. Register?

މާނު 2020

28 November 2022

ވަރަށް ނުވިސްނޭ މީހަކު ކޮއްފަ އޮތް ކަމެއް... ބައިސްކަލު ދެކޮޅަށް ދުއްވާއިރު، ވާތުން އަންނަ ބަހުގަ ޖެހިގެން އެކްސިޑެންޓް ވާނި.

The name is already taken The name is available. Register?

އަލި

28 November 2022

މީ މިހާ ގިނަ ބަސް ދުއްވަންޖެހޭ ތަނެއް ނޫން. ޕަބްލިކް ޓްރާންސްޕޯޓޭ ކުޔައިގެން އެވެސް ވެއްޖެ އާންމު އުނދަގުލަކަށް. ތިޔަ ބަސްތައް ދުއްވިޔަސް އަމިއްލަ ލައިސަންސް ނަގާ މީހުން ވަނީ ގިނަ. ސައިކަލާއި ކާރު އެތެރެކުރުން ވެސް ވީ އިތުރު.

The name is already taken The name is available. Register?

ގުރާލް

28 November 2022

ހަމައެކަނި ހުކުރުދުވަހު ހެނދުނު ބައިސްކަލްް ދުއްވާ މީހުނަށް ހާއްސަ ލޭނެއް؟؟؟

The name is already taken The name is available. Register?

ސްޕޭސް

28 November 2022

މަގުތައް ފުޅާކޮށްފަތަ ތިލޭނުތައް ތި އިތުރުކުރަނީ އަޖައިބުހީވޭ

The name is already taken The name is available. Register?

މުޑަހަންޖާ

28 November 2022

ސައިކަލުގައުޅޭ ސިޔާސީ ބަޔަކު ހައްޔަރުކުރަން ޖަހާ ރޮކެޓެއްނޫންބާ، އޮޅިގެން ރޮނގުހުރަސްކުރިއަސް ކުށްވެރިވާނެތާ މިހާރު ކެމެރާތަކުން ބަލާފަ، ދެއްކޭނެ ބަހަނާއެއް ނޯންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454