ކޮންމެ މޮނިއުމެންޓަކުން ވެސް ދިވެހިންގެ އުސޫލުތަކާއި ގައުމިއްޔަތާއި ސަގާފަތާއި ތަރިކަ އަދި ތާރީހު ރަމްޒުކޮށްދޭން ޖެހޭނެ.
25 ސެޕްޓެމްބަރ 2024 - 10:50
ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ފަސޭހަކުރުމަށް މަގުތަކުގައި މިހާރު ހަދަމުން އަންނަ ރައުންޑްއެބައުޓްސްތަކުގައި ބަހައްޓާނެ މޮނިއުމެންޓްތައް ހެދުމަށް، އެ އެއްޗެހި ޑިޒައިންކުރުމުގެ މުބާރާތެއް އެޗްޑީސީން އިއްޔެ ފަށައިފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ހަދަމުން އަންނަ ރައުންޑްއެބައުޓްސްތަކުގައި ބަހައްޓާ މި މޮނިއުމެންޓްތަކުން އެ އަވަށުގެ ލޭންޑްސްކޭޕް ބަދަލުކޮށްލާނެ ކަމަށެވެ. މި މޮނިއުމެންޓްތައް ޑިޒައިންކުރަން ޖެހޭނީ "ދިވެހީންގެ ރާއްޖެ" ރަމްޒުވާނެ ގޮތަށް ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާޓިސްޓުންނާއި ޑިޒައިނަރުން އަދި އާކިޓެކްޓްސްއަށް މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި، އެންމެ ފުރިހަމަ ޑިޒައިންތައް ހުށަހަޅާ މީހަކަށް 100،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.
އެ އިއުލާނާ އެކު ވަނީ މި މޮނިއުމެންޓްތައް ޑިޒައިންކުރުމުގައި ބަލަން ޖެހޭ މިންގަނޑާއި ޝަރުތުތައް ހިމެނޭ ގައިޑްލައިނެއް ވެސް އާންމުކޮށްފަ އެވެ.
- މުބާރާތުގައި ބައިވެރިވޭނީ ޕްރޮފެޝަނަލް އާޓިސްޓުންނާއި ޑިޒައިނަރުންނާއި އާކިޓެކްޓްސް އަދި ގުޅޭ ދާއިރާއަކުން ކިޔަވާ ދަރިވަރުންނަށް.
- ފަސް މީހުންގެ ޓީމަކުން ގުޅިގެން ވެސް ޑިޒައިންތައް ހުށަހެޅޭނެ.
- އުމުރުން 18 އަހަރު ވެފައިވުން.
Artists, Designers & Architects!
— Housing Development Corporation (@hdcmaldives) September 24, 2024
Hulhumalé Monuments Design Competition is now open!
Submit your vision before 30th October 2024, and let’s shape the future of Hulhumalé together!
More details at: https://t.co/GgxlTuCkQA#withhdc pic.twitter.com/VSaAuEgrZ2
- ޖުމްލަ 17 މޮނިއުމެންޓް ޑިޒައިންކުރާނެ ކޮންސެޕްޓް ވަކިވަކިން ހުށަހަޅަން ޖެހޭނެ.
- މޮނިއުމެންޓް ޑިޒައިންކުރަން ޖެހޭނީ ޓްރެފިކަށް އެއްވެސް ކަހަލަ ހުރަހެއް ނޭޅޭނެ ގޮތަށް. އަދި ރޯޑް ސޭފްޓީގެ ގަވާއިދުތަކަށް ފެތޭނެ ގޮތަށް ޑިޒައިންކުރުމަށް އިސްކަންދީފައި ހުންނަން ޖެހޭނެ.
- މޮނިއުމެންޓް ޑިޒައިންކުރަން ޖެހޭނީ މެއިންޓެނަންސްގެ ހަރަދު ކުޑަވާނެ ގޮތަށް.
- ޑިޒައިންކުރަން ޖެހޭނީ ފެން ނުވަތަ ކަރަންޓު ބޭންނުންކުރަން ނުޖެހޭ ގޮތަށް.
- ކޮންމެ މޮނިއުމެންޓަކުން ވެސް ދިވެހިންގެ އުސޫލުތަކާއި ގައުމިއްޔަތާއި ސަގާފަތާއި ތަރިކަ އަދި ތާރީހު ރަމްޒުކޮށްދޭން ޖެހޭނެ.
މި މުބާރާތައް ޑިޒައިންތައް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު 30ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. އަދި މުބާރާތުން މޮޅުވާ މީހެއް އިއުލާންކުރުން އޮންނާނީ އަންނަ ނޮވެމްބަރު މަހު 14 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކިހިނެތްވިސްނީ
26 September 2024
17 މޮނިއުމެންޓްގެ ޑިޒައިން އެކި ގޮތަށް ހަދާނަމަ ކިހިނެތް އެކަކު ހަދާ ހުރިހާ ޑިޒައިނެއް އެންމެ ރީތިވާނީ؟ އެކި މީހުން ހަދާ އެކި ޑިޒައިން ރީތިވެއްޖެނަމަ ތިޔަ ފައިސާ ދޭނީ ކިހިނެތްބާ؟
ކިމް
26 September 2024
އާޓިސްޓުން ޕްރޮފެޝަނަލްތޯ ބަލާނީ ކިހެނެއް؟
މޯޑް
26 September 2024
ހަރަދު ކުޑަ ކުރުމުގެ މަސްރޫއުއެއްތަ. ތިއަށްވުރެ މާރަގަޅު ވީ ހެންނު މުއަށްޒަފުންގެ އަހަރީ ބޯނަސް ކޮޅު ދިނިންޔާ
މުޑަހަންޖާ
25 September 2024
ޒާތެއްގެ ކުންފުންޏެއް މެދަށްލައިގެން ބަޖެޓަށްވެސް ނާރާގޮތަށް ކ.މާލޭ ގަބީލާމެން ގައުމު ދަރަނިކޮށްފަ ރަށަށް ފައިސާތަޅާ ރަށުތެރޭ ހިތުހުރިކަމެއް ކޮށްލަނީ. ރާއްޖޭގެ ހުރިހާ ރަށެއްވެސް ކައުންސިލުގެ ބަދަލުގަ މިކަހަލަ ކުންފުނިތަކެއްގެ ދަށަށް ލާންޖެހޭ.
ހުސެން މޫސާ
25 September 2024
17 ރަށުގަ ނަރުދަމާ އަޅަންވީމަ ހަރަދު ބޮޑުވެގެން ހުއްޓުވާފަ.
ސީޒަން ޖެކްޝަން
25 September 2024
މީ ނަސީރު މިނިސްޓްރީގެ މެގަޕުރޮޖެކްޓެއްތަ؟
ޖޯލިފަތި
26 September 2024
ނަސީރަށް މިނިސްޓަރު ކަން ލިބުނީމަ ކުޑައިކޮށް ހަސަދަވޭދޯ
ުއުނދޯލި
26 September 2024
ނަސީރު ވިޔަސް ނުވިޔަސް ސުވާލު އުފެދޭނެ ދޯ މިކަހަލަ ކޮސް ޕްރޮޖެކްޓް ހިންގަން ފެށީމަ. ރުފިޔާ އެއް ނެތޯ އެހެންވެ ރަށްރަށުގެ އަސާސީ ހިދުމަތަށް ވެސް ބުރޫ އަރަނީ. އެކަމަކު މި މީހުން ކުރަން ބޭނުން ކަންކަމަށް ބަރާބަރަށް ރުފިޔާ ހުރޭ. އަޖައިބެއްނު މީ.
ޙައްގުބަސް.
25 September 2024
ރާއްޖެ ހަލާކު ވަނީ ރައްޔިތުން ސަރުކާރު ފެލާތީ ސަރުކާރުގެ މުއަޒަފުންގެ މުސާރަ ބޮޑުކުރާތީ ނެއްވަރުން ވަޒީފާ ދޭތީ. ދިވެހި ރާއްޖެއަކީ ބިމުގެ ދަތިކަން އެމްމެ ބޮޑު ގައުމު ވޯޓް ހޯދަން ވެގެން ހިލޭ ގޯތިތައް ބަހާލީ
ހަސަނުމަ
25 September 2024
މުޅި ރާއްޖޭގަވެސް އަަބަދުވެސް ހިލޭ ގޯތި ބަހާނީ. ހަސަދަވެރި ނުވޭ.
ަސދަޗ
26 September 2024
ހަސަދަލާންޖެހޭ އެބަ ދެން މިހާރު. އެވަރަށް ދައުލަތުގެ ކަންކަން ހުރީ. ފެންވަރު ހުރީ އެންމެ ދަށުދަރަޖައިގަ. ހަސަދަ ވެސް ލާންވީދެން. ދެން ރަނގަޅުނުވަންޏާ ޒާތީވެސް ވާންނީ. ގަދަބާރާއި މުގުރުބުރިން ދައުލަތް ހަމަމަގަށް އެޅުވޭނީ މިވަރުން ދަންޏާ.
އަތަރު
25 September 2024
މޮނިއުމަންޓު ހިލޭ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުކޮށްބަލަ!!
އަޖައިބުބެ
25 September 2024
އަޖައިބުވެ އަންތަރީސް ވާންޖެހޭ. ކިޔަނީ ގައުމު ދަރާ ވާހަކަ. ލާރިނެތް ވާހަކަ. އެކަމަކު ގައުމު ތަރައްގީކޮށްނިމިގެން ބާކީވާ ފައިސާ ހުސްކުރުމަށްޓަކާ ކުރަންޖެހޭ ކަހަލަކަންތައް ކުރާތަން ކޮންމެ ދިމާއަކުންވެސް މި ފެންނަނީ. ކޮންމެވެސް މީހަކަށް ލާރިގަނޑެއް ނުދެވިގެން އުޅޭތަން މިފެންނަނީ
އައްޒުވީ
25 September 2024
ތިއީ އެއްގޮތަކަށް ވެސް ގައުމުގެ ދަރަނި މި ހާލަތުގައި އޮއްވައި ކޮށްގެން ވާނެ ޚަރަދެއް ނޫން. ތިޔާގި ދުވަސްވަރެއް އައުމުން އޯކޭ. ކޮންމެ ތަނަކުން ކުރިޔަސް ދައުލަތުގެ ފައިސާ ޚަރަދުކުރާނީ.