އޮގަސްޓް 4، 2022: ތައިވާނަށް ހަމަލާއެއް ދޭން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ގޮތުގެ ނަމޫނާއެއްގެ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހު ޗައިނާ އިން ބޭއްވި އަސްކަރީ ފަރިތަކުރުންތަކުގައި، ޗައިނާ ސިފައިން މިސައިލްތަކެއް ފޮނުވައިލަނީ. --އޭއެފްޕީ
30 ނޮވެމްބަރ 2022 - 14:58
ނިއުކްލިއާ ހަތިޔާރު އުފައްދައި ޗައިނާގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާ އެކު، 2035 ވަނަ އަހަރު އެ ގައުމުގައި 1500 ނިއުކްލިއާ ވޯހެޑް ހުރުން އެކަށީގެންވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ޗައިނާގެ ނިއުކްލިއާ ހަތިޔާރު އިތުރުކުރުމުގެ މަޝްރޫއު މިހާރު ވަނީ ވަރަށް ބޮޑަށް ހަލުވިކޮށްފަ އެވެ. މި މަޝްރޫއުގެ ދުވެލި ހުރި ގޮތަށް ބަލާއިރު، މިދިޔަ ދެ އަހަރުގެ ތެރޭގައި ޗައިނާގެ ނިއުކްލިއާ ވޯހެޑްގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެމެރިކާ އިން އަންދާޒާކޮށްފައި އޮތީ، 2020 ވަނަ އަހަރު ޗައިނާގައި ހުރި ނިއުކްލިއާ ވޯހެޑްގެ އަދަދު 200 އަށް ވުރެ މަދުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އެ އަދަދު ދެގުނަ އަށް އިތުރުވާނެ ކަމަށް ވެސް އަންދާޒާ ކޮށްފައިވެ އެވެ.
ނަމަވެސް އޭގެ ފަހުން ދެ އަހަރު ފާއިތުވި އިރު، ޗައިނާގެ ނިއުކްލިއާ ވޯހެޑްގެ އަދަދު 400 އަށް ވުރެ އިތުރުކޮށްފައިވާ ކަމަށް އެމެރިކާގެ ރިޕޯޓްގައި ބުނެފައިވެ އެވެ. އެމެރިކާގެ ދިފާއީ ވުޒާރާ އިން މިހާރު އަންދާޒާ ކުރަނީ، ޗައިނާގައި ނިއުކްލިއާ ހަތިޔާރު އުފައްދާ ނިސްބަތަށް ބަލާއިރު، 2035 ވަނަ އަހަރުގެ ތެރޭގައި ޗައިނާގެ އަސްކަރީ ގުދަނުގައި 1500 އަށް ވުރެ ގިނަ ނިއުކްލިއާ ވޯހެޑް ހުންނާނެ ކަމަށެވެ.
އެމެރިކާގެ ދިފާއީ ވުޒާރާގެ އިސް އޮފިޝަލުން ވިދާޅުވާ ގޮތުގައި ޗައިނާގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް މިދިޔަ ދެ އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ހަލުވިކޮށްފަ އެވެ.
ޗައިނާގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމަކީ އެމެރިކާގެ ގައުމީ މަސްލަހަތަށް ހުރި ނުރައްކަލެއް ކަމަށް އެމެރިކާ އިން ދެކެ އެވެ. ނަމަވެސް ޗައިނާ އިން ބުނާ ގޮތުގައި އަސްކަރީ ގާބިލުކަން އިތުރުކުރުމަކީ، ޗައިނާގެ މިނިވަންކަމާއި ސަރަހައްދުގެ ސުލްހަ ދެމެހެއްޓުމުގެ ގޮތުން ކުރާ ކަމެކެވެ.
ނިއުކްލިއާ ވޯހެޑް އުފެއްދުމުގެ މަސައްކަތް ޗައިނާ އިން ހަލުވިކޮށްފައިވާ އިރު، އެއްގަމުންނާއި ވައިގެ ތެރެއިންނާއި ކަނޑުން، ނިއުކްލިއާ މިސައިލް ފޮނުވައިލުމުގެ ގާބިލުކަން ވެސް ދަނީ އިތުރު ކުރަމުންނެވެ. މިދިޔަ 2021 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް ޗައިނާ އިން ވަނީ އެ ގައުމުގައި އުފައްދާފައިވާ ބެލިސްޓިކް މިސައިލްތަކުގެ 135 އަޖުމަބެލުމެއް ބާއްވައިފަ އެވެ.
މިދިޔަ އަހަރު ޗައިނާ އިން އަޖުމަބެލި ބެލިސްޓިކް މިސައިލްތަކުގެ ތެރޭގައި ، މިދިޔަ އަހަރުގެ ޖުލައި މަހުގެ އަޖުމަ ބެލި، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލް ވެސް ހިމެނެ އެވެ. އަޖުމަ ބެލުމުގެ ގޮތުން ފޮނުވައިލި އެ މިސައިލް އޭގެ އަމާޒަށް ވާސިލުވީ ދުނިޔެ ވަށައިގެން ބުރެއް ޖެހުމަށް ފަހު އެވެ.
އެމެރިކާގެ އޮފިޝަލުން އަންދާޒާ ކުރާ ގޮތުގައި ޗައިނާ އިން މިދިޔަ އަހަރު އަޖުމަބެލި، އަޑަށް ވުރެ ބާރަށް ދަތުރުކުރާ ބެލިސްޓިކް މިސައިލްގެ ރާސްތާއަކީ 40000 ކިލޯމީޓަރެވެ. މި ބިމުގެ އީކުއޭޓަރުގެ މަތިން މިން އަޅާއިރު ބިމުގެ ވަށަމިނުގައި ހުންނަނީ 40075 ކިލޯމީޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
01 December 2022
ތި ހަތިޔާރު ވެސް ފެތުރެނީ ބޮޑު ޝައިޠާނާގެ ނުލަފާކަމުން.
ވިކިލީކްސް
30 November 2022
ނިއުކްލިއަރ ޓެސްޓެއް އެންމެ ފުރަތަމަ ޗައިނާއިން ކުރީ 1964 ގަ. 2020ވަނަ އަހަރާ ހަމަޔަށް 320 ވޯހެޑް ހުރިކަމަށް އެބުނަނީ؟ ޙަގީގީ ނަމްބަރެއް ނޭނގެ! ސީއެންއެން އާ ރޮއިޓާސް ގެ ހަބަރުތަކުން އެކިޔަނީ މިހާރު 400 އޭ އަދި 13 އަހަރުތެރޭ 1500 އަށް އެއަދަދު އަރާނެކަމަށް؟؟ މިއީ ތެދު ކަމަށްވާނަމަ ދުނިޔޭގަ ނިއުކްލިއ ހަނގުރާމައެއް ހިނގައި ޓެކްނޮލޮޖީ ނެތިހެން ދާނެ! އުތުރުކޮރެއާވެސް ނިއުކްލިއަ ހަތިޔާރުގެ ކިންގަށް ވާންވެގެން މަސައްކަތް އެކުރަނީ!
ދެބޯދެބޯގެރި
30 November 2022
އެމެރިކާގެ ސިފައަކީ އަބަދުވެސް އެހެންމީހުންނަށް ފާރަލާ، ފާޑުކިޔާ ކުށްވެރިކުރުން. ހަގީގަތަކީ އެހެން ގައުމުތަކުގެ އަޅުވާ ތުހުމަތުގެ އަސްލު ސިފަ ބޮޑުތަނުން އެމެރިކާގެ ހުރުން. ތިޔަ ހަތިޔާރެއްވެސް އެންމެ ބާރު ސްޕީޑްގައި އުފައްދާނީ އަދި އެންމެ ގިނައިން ހުންނާނީވެސް އެމެރިކާގަ. އެމެރިކާ ނޫން ބަޔަކު ތިޔަ އެއްޗެއް ބަޔަކާ ދެކޮޅަށް މިހާތަނަށް ބޭނުންކޮށްފައިވެސް ނެތް.
ބަންތޮޅި
30 November 2022
އެމެރިކައި ނިއުކުލިޔަރ ކިތައްވޯހެޑު؟ ފުޅައްބުޑުންދަންޏާއި ހަސަނަށް ހީވާނެ ....
ބީރުބޮލު ވަޒީރު.
30 November 2022
އެމެރިކާގެ ތަދުބީރު މިހާރު އެދަނީ ތޮޅިއަށް. ދެން ތިއަހެން ކިޔާލަ ކިޔާލަ ތިބޭ. އިރާނުގެ ބިރުދައްކައިގެން ޢަރަބި ޕުރިންސުންނަށް ކޮންމެ މަހަކުވެސް އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ވިއްކޭތޯ ބަލާ. އެހެނޫނީ ނާށިގަނޑު ހިފައިގެން ސަލާންޖަހަން ނިކުންނަން ޖެހިދާނެ.