"ނިޒާމީ ވޯޓާ މެދު އުފެދުނު ޚިޔާލުތަފާތުވުން އެއްފަރާތްކޮށްލީ ވާހަކަ ދައްކަން އެއްބަސްވެގެން. ވަކި ކަމަކަށް ނުވަތަ ވަކި ގޮތަކަށް ނިޒާމްގެ ވޯޓު ނަގަން [2018ގައި] އެއްބަސްވެގެން ނޫން."
އއ. އުކުޅަހުގައި އެމްޑީޕީން 2018 ގައި ބޭއްވި ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ: އެ ކޮންގްރެސްގައި އެމްޑީޕީން މެނިފެސްޓޯ އާއްމުކުރީ ގުޅިފައިވާ ޕާޓީތަކަށް ހުށަހަޅާ މެނިފެސްޓޯގެ ގޮތުގައި. -- ފޮޓޯ | މިހާރު
04 ޑިސެމްބަރ 2022 - 13:14
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރުގެ ތެރޭގައި ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރުމުގެ ވޯޓެއް ނަގަން ސަރުކާރުގެ ކޯލިޝަންގެ ޕާޓީތަކުން އެއްބަސްވެފައި ނެތް ކަމަށާއި އަމަލުކުރަމުން އަންނަ މެނިފެސްޓޯގައި ވެސް ނިޒާމީ ވޯޓުގެ ވާހަކައެއް ނެތް ކަަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރަން އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވާ މަސައްކަތުގެ ތެރެއިން 2018ގެ އެމްޑީޕީގެ މެނިފެސްޓޯއަށް ރިއާޔަތް ކުރައްވައި މި ދައުރުގެ ތެރޭގައި ވޯޓެއް ނަގަން ހިމެނި ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވި އެވެ.
މަޖިލީހުން ކުރިއަށް ގެންދާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ނަޝީދު ވިދާޅުވީ 2018ގެ ކެމްޕޭންގައި އެމްޑީޕީގެ އެންމެ ބޮޑު އެއް ވައުދަކީ ނިޒާމު ބަދަލުކުރުމުގެ ވޯޓެއް ނެގުން ކަމަށެވެ. އެކަން ކުރިއަށް ނުގެންގޮސް 2023 އަށް އެމްޑީޕީން ކެންޑިޑޭޓަކު ނެރެން ޕްރައިމަރީގެ ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވަނީ އެމްޑީޕީގެ މެނިފެސްޓޯގައި ނިޒާމުގެ ވޯޓު ނަގަން ޖެހޭ ވާހަކަ އޮތް ކަމަށް.
އެމްޑީޕީގެ ސިޔާސަތުތައް ހިމެނޭ މެނިފެސްޓޯގައި ހުރި ވާހަކަތައް ތަކުރާރުކުރައްވައި ނަޝީދު ވިދާޅުވީ އޭގައި ނިޒާމީ ވޯޓުގެ ވާހަކަ އެބައޮތް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގަތީ އެ މެނިފެސްޓޯ އިން ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީ ރިޔާސީ ޕްރައިމަރީއެއްގެ ވާހަކަ ދައްކައިގެނެއް ނުވާނެ މި ފެންނަ ނުފެންނަ ވޯޓު ނުނަގައެއް. މިއީ އަޅުގަނޑުމެން ރައްޔިތުންނަށް ވެފައި އޮތް އެންމެ ބޮޑު އެއް ވައުދު،" ނަޝީދު ވިދާޅުވި އެވެ.
އުކުޅަހުގެ ކޮންގްރެސްގައި ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ހަމަޖެއްސެވުމަށާއި އެމްޑީޕީގެ މެނިފެސްޓޯއަށް ވޯޓު ނަގަނީ. -- ފޮޓޯ | މިހާރު
ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު "މިހާރު"އަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ތަންފީޒުކުރަމުން އަންނަނީ އެ މަނިކުފާނުގެ ވައުދުތައް ފުއްދުމަށް 2018 ގެ އިންތިހާބުގައި އާއްމު ކުރެއްވި މެނިފެސްޓޯ ކަމަށެވެ. ރައްޔިތުންނަށް ވެ ވަޑައިގަތް ވައުދުތައް އެ މެނިފެސްޓޯގައި ހިމަނައި ފުއްދަވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"ކަށަވަރުކޮށްދޭން ވައުދުވި ހައްގުތައް މި ދަނީ ކަށަވަރު ކޮށްދެމުން. އެ މެނިފެސްޓޯގައި ނިޒާމީ ވޯޓުގެ ވާހަކައެއް ނެތް. ނިޒާމީ ވޯޓަކަށް ދާން 2018 ގެ ކޮންގްރެސްގައި އެއްބަސްވެފައެއް ނެތް،" ތަރުޖަމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނިޒާމީ ވޯޓާ މެދު އުފެދުނު ހިލާފު ތަފާތުވުންތައް އެއްފަރާތްކޮށްލީ އެކަމާ މެދު ވާހަކަ ދައްކަން އެއްބަސްވެގެންނެވެ.
ކަށަވަރުކޮށްދޭން ވައުދުވި ހައްގުތައް މިދަނީ ކަށަވަރުކޮށްދެމުން. އެ މެނިފެސްޓޯގައި ނިޒާމީ ވޯޓުގެ ވާހަކައެއް ނެތް. ނިޒާމީ ވޯޓަކަށް ދާން 2018 ގެ ކޮންގްރެސްގައި އެއްބަސްވެފައެއް ނެތް. -- މިއުވާން
"އެއްގޮތަކަށް ވެސް ވަކި ކަމަކަށް ނުވަތަ ވަކި ގޮތަކަށް ނިޒާމްގެ ވޯޓު ނަގަން އެއްބަސްވެގެން ނޫން،" މިއުވާން ވިދާޅުވި އެވެ.
އެމްޑީޕީން 2018 އަށް ހެދި "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައި، "އެކުލަވާލެވޭ ސަރުކާރުގައި ބޮޑުވަޒީރަކާއި އޭނާގެ ކެބިނެޓް މަޖިލީހުގެ ތެރޭގައި ހިމެނޭނެ ނިޒާމެއް ގާއިމްކުުރުމުގެ" ވައުދު އެބައޮތެެވެ.
އެއީ ނިޒާމުގެ ވާހަކަ ކަމަށާއި އެ ވޯޓު ނަގަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިޔަސް ސަރުކާރުން ތަންފީޒުކުރާ ގޮތަށް އާއްމުކުރީ އެމްޑީޕީގެ މެނިފެސްޓޯއެއް ނޫނެވެ.
އެމްޑީޕީގެ ޖަޒީރާ މެނިފެސްޓޯގައި ހުށަހަޅާފައިވާ ގޮތް
އެމްޑީޕީގެ ސިޔާސަތުތައް ވެސް ހިމެނޭ ގޮތަށް ރައްޔިތުންނަށް އާއްމުކުރީ "ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ" އެވެ. އެއީ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމާއި އަދާލަތު ޕާޓީއަށް އެއްބަސްވެވުނު ސިޔާސަތުތަކުގެ މައްޗަށް އެކުލަވާލެވުނު މެނިފެސްޓޯއެކެވެ.
އޭގައި ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެއް ގާއިމްކޮށް، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލާ ވާހަކައެއް ނެތެވެ. އޭގައި ބުނެފައި އޮތީ "ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން" އެއީ ކުރާނެ މަސައްކަތެއް ކަމެވެ.
ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އާއްމުކުރާ ގޮތަށް ނިންމައި ޕާޓީތަކުގެ ލީޑަރުންގެ މެދުގައި އެއްބަސްވީ ނިޒާމުގެ ވޯޓާ މެދު ފަހުން ވާހަކަ ދައްކައި ގޮތްތަކެއް ނިންމުމަށެވެ. އެކަމަކު ލީޑަރުންގެ މެދުގައި އެ މަޝްވަރާ ފަހުން ހިނގި ކަމެއް ސާފެއް ނޫނެވެ.
އެމްޑީޕީން 2018 ގައި އއ. އުކުޅަހުގައި ބޭއްވި ކޮންގްރެސްގައި ލޯންޗްކުރީ "ރިޔާސީ ކެމްޕޭނަށް އެމްޑީޕީން ހުށަހަޅާ" މެނިފެސްޓޯ އެވެ. އެއީ، އެހެން ޕާޓީތަކަށް ހުށަހެޅި މެނިފެސްޓޯ އެވެ.
އެކަމަކު، އިންތިހާބުގެ ކެމްޕޭނަށް ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ ނެރުނީ ބަރުލަމާނީ ވާހަކަ އުނިކޮށްފަ އެވެ.
އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ތިން ވަނަ ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ | މިހާރު
ނިޒާމީ ވޯޓުގެ ވާހަކަ މީގެ ކުރިން ނަޝީދު ދެއްކެވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެއީ އެ މަނިކުފާނަށް ނިންމެވޭނެ ކަމެއް ނޫން ކަމަށެވެ. ވެރިކަމުގެ ނިޒާމަކީ ރައްޔިތުން ކަނޑައަޅައި ނިންމާފައި އޮތް ކަމެއް ކަމަށާއި އެކަން ބަދަލުކުރެވޭނީ ވެސް ރައްޔިތުންނަށް ކަމަށް ތަކުރާރުކޮށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އެހެންވިޔަސް ނަޝީދު މި ފަހުން ވެސް ވިދާޅުވެފައި ވަނީ ނިޒާމީ ވޯޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިހާބޮޑުކަމެއް
05 December 2022
ނިޒާމް ރަގަޅޭ، ވޯޓް ނަގާނެ ކަމެއްނެތޭ. ޕާލަމެންޓަރީ ސިސްޓަމެއްއޮތީމަ، އިގިރޭސި ވިލަާތުގައި ކޮންސާވެޓިވުން ގަޑުބަޑުސަރުކަާރު ދެއަހަރުން އެއްއަހަރު އެހަދަނީ. ރައްޔަތުން ހޮވި މީހެއް ސަރުކާރުގައި ހަރެއްނުލާ. އެކަހަލަ ހަޑިމުޑުދާރު ސިސްޓަމެއް ކުދި ޖަޒީރާތަކަށްނުން އެއްވެސް ގައުމެއްގައި އޮވެގެން ނުވާނެ.
ތުނޑުހަސަނު
05 December 2022
ކޮން ނިޒާމީ ވޯޓެއް. ނަޝީދު ބޭނުންވާއިރަށް ނިޒާމީ ވޯޓެއް ނުނެގޭނެ ފައިސާ އިސްރާފުކުރަން.
ވެލއހ
05 December 2022
އިބޫ ކޯލިޝަން މެނިފެސްޓޯ ކުރިޔަށް ގެންދިޔައީމަ ޮޮ އިބޫ އަށް ނޯ. އެމްޑީޕީގެ ހަލާކު
ކިރު ސައި
05 December 2022
ޖަރީމާ މމެނިފެސްޓޮގައި އޮތީ ކޯޗެއްތޯ؟ މާލޭމީހުނަށް 40+ ބިލިއަން ރުފިޔާގެ ބިން ހިލޭ ސިއްކަ ޖަހާފަ ދިނުމާއި، 800 މިލިއަން ޑޮލަރުގެ ބްރިޖެއް މާލޭގަ ދަމާލުމާއި، ނިކަމެތި ރައްޔިތުންގެ ރުހުމެއް ނެތި ޖީއެސްޓީ ބޮޑުކުރުމާއި، ރޯނު އެދުރުންނަށް އިގްތިސާދުހިންގަން ނޭނގޭތީ މުޅިގައުމު ދަރަނީގެ އަނދަވަޅަކަށް ވައްޓާލުން ތޯ؟
ކަކުނިބޯ
04 December 2022
ޢެއީތެދެއް މެނިފެސްޓޯގައޮތީ ޖީއެސްޓީ ބޮޑުކުރަން. ވިހެއުމުގެ ޖޫރިމަނާ 10،000ރ 7 ދުވަހުން އުުފަންދުވުގެ ސެޓްފިކެޓް ހައްދާ ޤާނޫނު، ޓީޖީއެސްޓީ ދިވެހިރުފިޔާ އިން ބަލާގަތުން، ލައްކައިންް ބޭރުބމިޝަންތަކުގައި ތިބޭ ސިޔާސީވެރިން ނަށް ލިވިންގ އެލަވަންސް ދިިނުން، ޔޯގާ ބޭއްވުން، ދުނިޔެވަށާ ބުރުޖެހުން، ކަނޑު ވިއްކުން، ވޯލްޑްކަޕް ބަލަން ރައީސް ދިޔުުން، ޕާކްކުރާނެތންދައްކައިގެން ޕާކްުކުރަންްދެްްކި ތަނުގައި ޕަރކްކުރުމުން އިސްޓިކާޖެހުން، މިހިރީނޫންތޯ މެނިފެސްޓޯ
ލޮޖިކް
04 December 2022
އެއްގޮތަކަށްވެސް ކަމުދާ އެއްޗެއްނޫން ކޯލިޝަންއަކީ… ދީނުގަވެސް އޮވެޔެއްނު ގިނަ ކަލާނގެތަކެއްވީނަމަ ކާއިނާތުގެވެސް ބެލެންސް އަދި ހަމަތައްވެސް ގެއްލޭނެޔޭ ހަމަ މިލޮޖިކުން ގިނަވެރިންތަކެއް އެއްގައުމު ހިންގަން އުޅުނީމަ ވާނެގޮތް ރާއްޖެއަށްވެފަ މިއޮތީ. އެހެންވީމަ މިބުނަނީ އަހަރުމެންގެ ހަޔާތުގަވެސް ދެންނުފެންނާނެ ރަން 30 އަހަރުހާ ހަމަހިމޭން އުފާވެރި އަހަރުތަކެއް…
އެލެކްސް އަންމަޑޭ
04 December 2022
މިގައުމު މިއޮންނީ ނިޒާމީނުކުތާއެއްގާ ތާށިވެފާ.
ބޮޑުމީހާ
04 December 2022
މެނިފެސްޓޯގަ އޮތީ ބަދަލު ދިނުމާއި ދަރަނި ނެގުމާއި އެމްބަސީތަކަށް މިލިއަނުން މުސާރަ ލިބޭ މުވައްޒަފުންލުމާއި ގާސިމް ހިތުހުރި އެއްޗެއް ދީގެން ވެރިކަންކުރުން
ސޯޓުބަލަން
04 December 2022
ނަޝީދު ރިޔާސީނިޒާމެއްގަ އަޅައިގަނެގެން ނެއްޓެން ނޭގިގެން އުޅޭހެން ހީވަނީ ބަރުލަމާނީ ނިޒާމެއް ގެންނާކަށް ދިވެހިރާއްޖެއަކު ތާއީދެއްނެތް ނަޝީދު ތިއުޅުއްވަނީ އަމިއްލައަށް ފަޟީހަތްވާން
ވިސްނާށޭ
05 December 2022
ކިތައްފަހަރު ފަޟީހަތްވެފަ ހުރި މީހެއް. މީނަމަތިން ހަދާން ނައްތާލާފައި، ނޫސްވެރިން ކާރިން މިއެދެނީ އެހެން މީހެއްގެ ވާހަކަ ގެނެސްދޭށޭ. ޖާބެގެ ވާހަކަވެސް މާރަގަޅުވާނެ.
އޮނަރަބްލް އަފީފު ދީދީ
04 December 2022
މައްކާގެ މުޝްރިކުން އެކުލަވާލި މުއާހަދާއެކޭ ސޯލިޙް ވެރިކަމަށް އަންނަން ވޯޓްހޯދަން ރައްޔިތުނަށް ދެއްކި މެނިފެސްޓޯއެކޭ ތަފާތެއްނެތް. # ވެރިކަމުގައިތިބިމީހުނަށް މިހާރު މެނިފެސްޓޯއިން ފެންނަނީ ހަމައެކަނި މެނިފެސްޓޯގައިހުރި ލިއުންތަކުގެތެރެއިން ވެރިކަމުގައިހުރިމީހާއަށް ބުރަވާގޮތަށް ނުވަތަ އޭނާއަށް ކޮންމެވެސް މިންވަރެއްފުއްދުނު ވައުދުތައް އެކަނި. # ދެންހުރި ހުރިހާލިއުންތަކެއްވަނީ ކަތުރުފަނިކާލާފައި ކަމަށްވާތީ މިބޭޅާމެނަކަށް އެއިން އަކުރެއްވެސް ނުފެނޭ.