06 ޑިސެމްބަރ 2022 - 07:11
އެއް ފޮޓޯއިން ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު އުރާލައިގެން ހުންނެވި ފޮޓޯއެކެވެ. ދެން ފެންނަނީ، އެމްޑީޕީގެ ހިނގާލުމެއްގެ ތެރޭގައި އެ މަނިކުފާނުގެ ކޮނޑަށް އެ ކުއްޖާ އަރުވައިގެން ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ.
އޭގެ އަށް އަހަރު ފަހުން، ތާރާ ބިންތި ތަމްދީހު ނަޝީދުއާ ބައްދަލުކުރެވުނީ މިދިޔަ ހަފުތާ ބަންދުގައި އެ މަނިކުފާނު ގދ. ތިނަދު އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެ ކުއްޖާގެ މަންމަ، ފާތިމަތު އަރޫޝާ (އަރޫ) އަކީ އެމްޑީޕީގެ ހަރަކާތްތަކުގައި ކުރީ ސަފުގައި ބައިވެރިވާ މީހަކަށް ވާތީ ނަޝީދާ ދެމެދު ރަހުމަތްތެރިކަން އޮވެ އެވެ.
ޔޫމެޓު ޑައިވް ސެންޓަރުން ބޭއްވި ރަސްމިއްޔާތަށް ފަހު އެ މަނިކުފާނާ ސަލާމްކުރުމަށް ފަހު، ނަޝީދަށް އަރޫ ދެއްކީ އޭނާ ކައިރީގައި ހުރި 13 އަހަރުގެ ދަރިފުޅެވެ.
"ތާރާ ދައްކާލާފައި އެއީ އަންހެން ދަރިފުޅޭ ބުނީމަ ރައީސް ވިދާޅުވީ ހާދަ ބޮޑުވެއްޖެއޭ މިހާރު. ކުރިން ދިމާވެފައި ހުރީމަ، އެ ރިކޮގްނައިޒް ކުރެވުނީ. އެއީ އުފާވާ ކަމެއް،" މާލެއަށް އުފަން، އެކަމަކު ކައިވެންޏަށް ފަހު ތިނަދޫގައި ދިރިއުޅެމުން އަންނަ އަރޫ ބުންޏެވެ.
އަރޫ ބުނީ ނަޝީދު ތިނަދު އަށް ވަޑައިގަތުމުން އެ މަނިކުފާނާ ބައްދަލުކުރަން ބޭނުންވާ ވާހަކަ ވެސް ބުނީ ދަރިފުޅު ކަމަށެވެ. ނަޝީދާ ބައްދަލުކުރެވެމުން ތާރާ ހުރީ ވަރަށް އުފަލުން ކަމަށް ބުންޏެވެ.
ގުޅުންތައް ބަދަލުވުމެއްނެތި ދެމެހެއްޓިގެންދަނީ ބަހައްޓަވާ ގާތްކަމާއި އޯގާތެރިކަމުން - ޒަމާންތައް ދެކެމުންދާ ލާމަސީލެއް 💛💛💛
— Alaika Ayesh (@AlaikaAyesh) December 3, 2022
👧އެދުވަސް - މިއަދު 🧕
ކުޑަކުދިންގެ ހިތްތަކުގެ ރޫޙު: ރައީސް @MohamedNasheed 💛🥰💛 pic.twitter.com/swBm3us3c0
ތާރާގެ މަންމަ އާއި ބައްޕަ އަކީ އެމްޑީޕީގައި ހަރަކާތްތެރި ދެ މީހުންނަށް ވިޔަސް އެއިން އެއްވެސް ކަމެއްގައި ދަރިފުޅު ބައިވެރިނުކުރާކަން އަރޫ ފާހަގަކުރި އެވެ.
ނަމަވެސް، ގައުމު ބަދަލުވެގެން ދިޔަ ގޮތް ދަރިފުޅަށް ކިޔައިދީފައިވާނެ ކަމަށް ބުންޏެވެ.
"ބަޣާވާތުން ވެރިކަން ވެއްޓުނު ހިސާބުން ދަރިފުޅުގެ ބައްޕަ ވެސް ދެ މީހުން ވެސް މުޒާހަރާތަކުގައި އެކްޓިވިސްޓެއް ގޮތަށް އުޅުނިން. އެކަމަކު [ދަރިފުޅު] ނުގެންދަން މުޒާހަރާ ކުރާތާކަށް ވެސް. އެނގޭނެ ރެލީތަކުގައި ބައިވެރިވާކަން. ބުނެލާފައި ދަނީ،" އޭނާ ބުންޏެވެ.
ތާރާ ކުޑައިރު ރައީސް ނަޝީދާއެކު.-
އަރޫ ބުނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ދަރިފުޅުގެ ބައްޕަ ވަޒީފާއިން ސަސްޕެންޑުކުރުމުން ދިމާވި މާލީ ދަތިތަކާއި އޭގެ ފަހުން ސިޔާސީ ކަމެއްގައި އޭނާ ހައްޔަރުކުރުމުން ލިބުނު ހުރިހާ ދެރައެއްގައި، ކިތައްމެ ކުޑަ ނަމަވެސް ދޮށީ ދަރިފުޅު ބައިވެރިވި ކަމަށެވެ.
"އެ ދުވަސްކޮޅު މަންމަގެ ލީޑަރު [ނަޝީދު] ހުރި ނަމަ އިންސާފު ލިބޭނެ ކަމަށް ދަރިފުޅު އަމިއްލަ އަށް ވެސް ބުނިި. އަދި، ސަސްޕެންޑުކުރީމަ ފައިނޭންޝަލީ ވަރަށް ސްޓްރަގްލް ކުރިން. އޭރު، ހަގު ދަރިފުޅު ކައިރީގައި ތާރާ މި ބުނަނީ ދެން މެޓާ ކާން ޖެހޭ ވަރު ވެސް ޖެހޭނީ މަދުކުރާށޭ ބައްޕި އަށް ރުފިޔާ ނުލިބޭތީ،" އަރޫ ބުންޏެވެ.
އޭނާ ބުނީ ތާރާއާ އެކު ސިޔާސީ ވާހަކަ ކުޑަކޮށް ވެސް ދެކެވުނީ ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި ދުވަސްކޮޅުގަ އެވެ.
"އެ ދުވަސްވަރު ކޮންމެ ދުވަހަކު ވެސް ސުވާލު ކުރާނެ ރައީސްގެ ހާލާ ގުޅޭގޮތުން. އޭރު އެކަނި ކުޑަކޮށް ވެސް ސިޔާސީ ވާހަކަ ދެކެވުނީ. އަހަރެމެންގެ ސިޔާސީ ވިސްނުން ކޮންމެ ގޮތަކަށް ހުއްޓަސް ދަރިފުޅަށް އެކަމެއް ނުދައްކަން. ގޭގައި ވެސް ޓީވިން ސިޔާސީ އެއްޗިއްސެއް ނުބަލަން."
ސިޔާސީ ވިސްނުން ތަފާތު ވިޔަސް އަރޫގެ ދެމަފިރިން ދަސްކޮށްދިނީ އެހެން މީހުންނަށް އިހުތިރާމް ކުރުމަށެވެ. އެކަމަކު، ތާރާގެ ހިތުގައި ނަޝީދަށް އޮތް ހާއްސަ ލޯތްބަކީ އެ ގޭތެރެއިން ދަސްވި ކަންކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާރިޔާ
07 December 2022
އެއްފޮޓޯގަ ރީނދޫ ހެދުން ލައްވާފަ، ނަޝީދު އުރާލައިގެން... އަނެއް ފޮޓޯގަ ރެލީއެއްގެ ތެރެއިން އެންމެ ކުރީ ސަފުގަ، ނަޝީދުގެ ކޮނޑުގަ. އެކަމަކު ދުވަހަކުވެސް ދަރިފުޅު ސިޔާސީ ކަމެއްގަ ބައިވެރި ނުކުރަމޯ. ދެން ކިހާ ވަރެއް ކުރީމަ ބައިވެރިކުރާކަމަށްވަނީ؟
ސައްޙާފު
06 December 2022
ތާރާއަށް ބާއްޖަވެރި ޙާޔާތެއް މާތްﷲ މިންވަރު ކުރައްވާށި. އެކަމަކު ވާ ތި ދަރީގެ މައިންބަފައިން ދައްކާ ވާހަކައިގެ ދެކޮޅުނުޖެހޭކަން އެބަފެނޭ. ދަރި ސިޔާސީ ޕަޕެޓަކަށް ހަދާފަ މިކިޔަނީ ސިޔާސީ ވާހަކައެއްވެސް ނުދައްކަމޭ. ރެލީ ތަކަށްދޭ، އެކަމަކު ޓީވީވެސް ނުޖައްސާ. ތާރާގެ މަންމަ ހީކުރީ މިގައުމުގައި ތިބީ ހުސް ހުރިހާ ވަގުތަކު ހަމައިގަ ނުތިބޭ މީހުންކަމަށްދޯ؟
މުރާސިލް
06 December 2022
''ތާރާގެ މަންމަ އާއި ބައްޕަ އަކީ އެމްޑީޕީގައި ހަރަކާތްތެރި ދެ މީހުންނަށް ވިޔަސް އެއިން އެއްވެސް ކަމެއްގައި ދަރިފުޅު ބައިވެރިނުކުރާކަން އަރޫ ފާހަގަކުރި އެވެ.'' ތެދެކެވެ . ބައިވެރި ނުކުރާކަން އެނގެއެވެ. އެކުއްޖާ ތުއްތު އިރު އެހުރީ ޢެމްޑީޕީގެ ބޮޑު މުޒާހަރާއެއްގައި މުޒާހަރާގެ އެންމެ އިސް މީހާގެ ކޮނޑައް ލައިގެންނެވެ. އެހެންވީމާ އެއިން އެއްވެސް ކަމެއްގައި ދަރިފުޅު ބައިވެރި ނުކުރާކަން އެހެރީ ފެންނާށެވެ.
ެިއިސްރާފު
06 December 2022
ހެޔޮނުވާނެ މިމީހާ އާއި ދިވެހި އަންނަން އޮތް ޖީލު' ކައިރި ނުކުރާތި..
މަރީދައްތަ
06 December 2022
ތިކަހަކަ ދީނަށް ފުރައްސާރަކުރާ ވާހަކަ ދައްކާ މީހުންނާ ދަރިން ރަނގަޅުވާނީ ގާތްނުކުރިއްޔާއެވެ. މާމޮޅުކަމަށް ހަދައިގެން ނޫސްތަކަށް މަޢުލޫމާތު ދީގެން މީހުންގެ ލޯބި ހޯދަން އުޅޭނެކަމެއްނެތެވެ. ބޯމްޖެހޭނޭ ބޮވެންވާނޭ އެންމެނަކު ހަމަހޭގަ ތިބޭކަށް ނުޖެހޭނޭ މިކަހަލަ ވާހަކަތައްދައްކާ މީހުންނާހެދި ތިވަރުން އުޅޭނެކަމެއް އެބައޮތްތަ؟
ިުޖހބނކޖލބހނކޖހބޖކ
06 December 2022
މީގެ ފޮޓޯތައް މިދުވަސްކޮޅު ދެން ގިނަވާނެ އިންތިހާބެއް އަންނަނީނުން :ް
އަރޫފަރޫ
06 December 2022
މިހުންނަނީ ދިވެހިންގެ ވިސްނުން ހުންވަރު. 2022 ގަވެސް މި ނަޝީދުގެ ދޮގު ވާހަކައިގައި ރަށްރަށުގެ ރައްޔިތުން ޖެހިފަމިވަނީ.
އާރީ
06 December 2022
ހީލަތްތެރި މީހެއް މިނަޝީދަކީ
އަރީ.
06 December 2022
ކަލެއަށްވުރެވެސް؟؟
އާރީ
06 December 2022
އާ ތި އަރީ އަށް ވުރެ ވެސް . މަށަށްވުރެ ހީލަތްތެރި ނުވެވޭނެކަން ކަލެޔަށް ނޭނގުން އެއީ ކަލޭގެ މައްސަލައެއް1 ކިތައްމެ ވަރެއް ވިޔަސް ނަޝީދުގެ ހިޔަޅުކަން މިހާރު އެންމެނަށް އެނގޭ!
އެއްކަލަ އިބުރާ
06 December 2022
މީ ވަރަށް ދެރަ ކަންކަން. މޮޅު ކަމެއް ކަމަށް ހަދައިގެން ވާހަކަ ދައްކަނީ. ޅަދަރިން ބްރެއިންވޮޝް ކޮއްގެން ސިޔާސީ ގޮތުން ބޭނުން ކުރަން. ޓެރިބްލް ޕޭރެންޓިންގ. މި ކުދިން ބޮޑެތި ވާއިރު ތިބޭނީ އޮބްޖެކްޓިވް ރިއަލިޓީ އާ ސަބްޖެކްޓިވް ރިއަލިޓީ ވަކިކުރަން ނޭނގޭ ހިސާބުގަ. ބޮޑެތި ވަނީ ވަކި ބަޔަކު ބުނާ ކޮންމެ އެއްޗެއް އެއީ އިލާހީ ޤާނޫނާ އެއްވަރު އެއްޗެއް ކަމަށް ދެކި އެ ދިފާއު ކުރަމުން.
އިދޫ
06 December 2022
އާނ. އެވަރަށް ސިޔާސީ ވާހަކަ ނުދައްކަމޭ ކިޔާފަ ހުރީމަ އެނގޭ އަމިއްލައަށްވެސް އެކަން އިހުސާސްވާތީކަން އެވަރަށް އެހެން ބުނަން އެ ބޭނުންވަނީ. ކީއްކުރާނީ
ޖަބަލްދޫރު ބިންތި ކަނދަހާރު ބިންތި ކަންނަންނޫރު
06 December 2022
ހާދަ ގަދައޭ!