ބ. ތުޅާދޫގެ މަތިން ފެންނަ ފޮޓޯއެއް: އެ ރަށުގެ ދެމަފިރިއަކު ބްލެކްމެއިލްކުރި މައްސަލައެއް ވަނީ ފެންމަތިވެފައި.
05 ޑިސެމްބަރ 2022 - 11:04
ދެމަފިރިއަކު ބްލެކްމެއިލްކޮށް، އެ މީހުންގެ އަތުން ފައިސާ ހޯދަން އުޅުނު މައްސަލައެއްގެ ތުހުމަތުގައި ބ. ތުޅާދޫން މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އުމުރުން 31 އަހަރުގެ އެ ފިރިހެންމީހާ ހައްޔަރުކުރީ ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ދެމަފިރިން ބްލެކްމެއިލް ކުރި މައްސަލައެއްގެ ތުހުމަތުގަ އެވެ.
ފުލުހުން މިއަދު ބުނީ، ތުޅާދޫގައި މީހަކު ބްލެކްމެއިލްކޮށް، ފައިސާ ހޯދަން އުޅުނު މައްސަލައެއްގެ ރިޕޯޓް ލިބުނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.
އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނައިރު، ބްލެކްމެއިލް ކުރުމާއި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް މި ފަހުން ވަނީ އިތުރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަނުކުރަން
05 December 2022
އެކަކުވެސް ދޫނުކުރާތީ މިދުނިޔޭގައި އެމީހުންނަށް އުގޫބަތް ދެވާނެކަން ހަދާންކުރާތި