ދިރާގު ހެޑް އޮފީސް. ދިރާގު ޓީވީގެ ލައިސަންސް މައްސަލާގެ ތެރެއަށް ވަނުމުގެ ފުރުސަތު މީޑިއާ ނެޓަށް ނުދޭން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
05 ޑިސެމްބަރ 2022 - 16:41
ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބްރޯޑްކާސްޓިން ލައިސަންސް ދޫނުކުރަން ނިންމި ނިންމުމާ ދެކޮޅަށް ދިރާގުން ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވަނުމުގެ ފުރުސަތު މީޑިއާ ނެޓާއި އިތުރު ދެ ކުންފުންޏަކަށް ނުދޭން ސިވިލް ކޯޓުން ނިންމައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ގަވާއިދެއްގެ ދަށުން، ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ލައިސަންސް ނުދޭން ހަމަޖައްސާފައިވާތީ ދިރާގު ޓީވީގެ ލައިސަންސް އާ ނުކުރަން ކޮމިޝަނުން ނިންމި އެވެ. އެކަމާ ދެކޮޅަށް ދިރާގުން ސިވިލް ކޯޓަށް އޮތީ މައްސަލައެއް ހުށަހަޅައިފަ އެވެ.
އެ މައްސަލައިގެ ތެރެއަށް ވަންނަން އެދުނީ މީޑިއާ ނެޓާއި އޭދަފުށީ ކޭބަލް ނެޓްވޯކާއި ސްކައި ލައިފް ކޯ ޕްރައިވެޓް ލިމިޑެޓުންނެވެ. ނަމަވެސް ސިވިލް ކޯޓުން މިއަދު ނިންމި އެއިން އެއްވެސް ކުންފުންޏަކަށް އެ މައްސަލާގެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދިނުމަށެވެ.
ސަބަބެއްގެ ގޮތުގައި ކޯޓުގެ ނިންމުމުގައިވަނީ އެ މައްސަލައަކީ ދިރާގުގެ ލައިސަންސް އާ ނުކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި ނިންމުމަކާ ގުޅޭ މައްސަލައަކަށް ވާއިރު، އެ ނިންމުމުގައި މީޑިއާ ނެޓާއި އަނެއް ދެ ކުންފުނީގެ ދައުރެއް އަދި މަސްލަހަތެއް ވެސް ނެތުމެވެ.
އެ މައްސަލަ ނިމެންދެން، ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން އޮތީ ކުރިން ވަގުތީ އަމުރެއް ނެރެފަ އެވެ. އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން އޮތީ އިސްތިއުނާފްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމަނާ
07 December 2022
މީޑިއާނެޓާ، ބްރޮޑްކާސްޓިންގ ކޮމިޝަނާ، މިއީ އެއްބައެއްތަ؟ އެއްރޫހެއްގަ، އެއްކަހަލަ ގޮތަކަށް ބާރުތައްއެއްކޮށް ޖަމާކޮށް، އަމިއްލަ ކޮންޓްރޯލްގެ ދަށަށްގެންނަން މަސައްކަތްކުރާހެން ހީވަނީ. ނުވަތަ ބައެއް އެޅީތަ؟ ޝައްކުން ފުރިގެންވާ ގޮތަކަށް ކަންތައްދާތީ ހަމައަހާލެވުނީ.
ފިޓްސް
06 December 2022
ބޭރުކުރެވެންވީ މީޑިޔާނެޓް. 100% ދިވެހި ދެތިންމީހެއްގެ މޮނޮޕޮލީއެއް ނޫން އޮނަންވީއެއް! އޮންނަންވީ ރައްޔިތުންނާ ކޮންމެވެސް ވަރެއްގެ ސަރުކާރު ހިއްސާ 75% އޮންނަ ކުންފުނިތައް.
އޮނަރަބްލް އަފީފު ދީދީ
06 December 2022
ދިރާގުގެ ހިދުމަތާއި އަގުތަކާއި މެދު ހިތް ހަމަޖެހެނީއެއްނޫން. އެކަމަކު މިކަމުގައި ދިރާގަށް ބުރަވާންޖެހެނީ ދިރާޤަށްވުރެން ނުބައިބަޔަކު ނިކުތީމާ އެމީހުނަކީ ދިރާގަށްވުރެންވެސް ނުބައި ބައެކޭ ބުނާންޖެހޭތީވެ. # ރައްޔިތުނާއި ދައުލަތް ޙިއްސާވާ ކުންފުނިތަކަށް ވިޔަފާރީގައި މިފަދަ ހުރަސްތައް ކުރިމަތިކޮށްގެން ނުވާނެ. އަދި މިފަދަ ވިޔަފާރީގެ ކޮންޓްރޯލް އެއްބައެއްގެ އަތުގައި އޮތުމަކީ ވާދަވެރިކަން ނެތި ހިދުމަތުގެ އަގު ބޮޑުވާނެ ކަމެއް.
ދެކޮޅު
06 December 2022
ދިރާގަށް ސޮރީ. ޓީވީ ކަޑަ. ދިރާގު މީހެއްގެ ދުލުން.
ބަކުންބޭ
06 December 2022
މީޑިއާ ނެޓަކީ އެއްގޮތަކަށްވެސް ކަމުދާ ބައެއް ނޫން، ދިރާގު ހިންގަން ތިބެނީ ވެސް އެގޭގެ ކުދިންކޮޅެއްވީމާ، ދިރާގަށް ދާންޖެހޭވަރަށް ކުރިއަށް ނުދެވެނީ.
ވައިސޫރީ
06 December 2022
މީޑިއާ ނެޓަށް އަލްވަދާއު ކިޔައިފިން. މިހާރު ދިރާގު ޓީވީ.
ހަސަންސަބީލް
06 December 2022
ރައްޔިތުންނަށް ހެޔޮއެދޭ ސަރުކާރެއްނަމަ މިހާރު ސަރުކާރުން މިކަންތައްގަނޑު ހުއްޓުވައިފީސް. މީސީދާ މީޑިއާނެޓް އަޑީގައޮވެގެން ދިރާގުގެ ހިދުމަތް ހުއްޓުވަން ކޮށްގެންއުޅޭކަމެއް ވިޔަފާރިކުންފުންޏަކުން ގައުމުގެ ގާނޫނާ ހިތުހުރިގޮތަކަށް އެކުޅެނީ އިބޫސޯލިހަށް ހަމަ އޯކޭ
ޖާދޫ
06 December 2022
އަދި ވޯލްޑްކަޕް ދައްކަންފެށި ފަހުން މީޑިޔާނެޓަށް ގުޅުމަކީ އެމެރިކާގެ ރައީސްއަށް ގުޅުން ފަދަކަމެއް.
ފޫހި
06 December 2022
މީޑިއާނެޓަކީ ވަރަށް ނުބައިބައެއް. ބޭނުމެއްނެތް ހިންދީ ޗެނެލްތައް ލައިގެން ކަސްޓަމަރު ބޭނުންނުވިއަސް ފައިސާ ދައްކަންޖެހޭ. މަވަރަށްފޫހިވޭ.
އަލިފުޅު3
06 December 2022
ކޮމިއުނިކޭޝަން އޮތޯރިޓީ ގެ ވެރިއަކަށް ދިރޭ ގބރއ ހުރި ގައުމެއްގާ މިޒާތުގެ ލައްކަ ގިން ކަންތައްތައް ހިނގާނެއެވެ. ދިރާގު، އުރީދޫ، މީޑިއާނެޓު ފަދަ ކުންފުނި ތަކުގެ އިންފްރާސްޓްރަކްޗަރ އަގު ކުރުމަށްފަހު ދައުލަތަށް ނަގާ އަލުން އެ އިންފްރާސްޓަރްކަޗަރ އެ ކުންފުނިތަކަށް ކުއްޔަށްދީގެން ދައުލަތަށް ލިބޭ އާމްދަނީން އެތަންތަން މެއިންޓެއިންކޮށް އެއަށް ދައްކަންޖެހޭ އަގު އަދާ ކޮށް ގައުމު އަމިއްލަ ފައި މައްޗަށް ނެގުމަށް މަސައްކަތް ކުރަން ޖެހެއެވެ.
އަލިފުޅު4
06 December 2022
ބަލަ ކޮމިއުނިކޭޝަން އޮތޯރިތީއިންތޯ ބްރޯޑްކޮމް ހިނގަނީ. ބްރޯޑްކޮމްގެ މެންބަރުން ކުރި ކަމަކަށް މީރާ،ކޭމް،ދިރާގު ޒިންމާނަގަންޖެހޭނެތޯ؟ ހަމަޖެހޭ ކޮމންޓްކޮށްބަލަ. ބްރޯޑްކޮމް ގަތިބިމީހުން ވަކި ބަޔަކަށްފައިދާވާގޮތަށް ނިންމުން ނިންމަނީ މިކަމަށް އަޑުއުފުލަންޖެހޭ. މިހާރު ހުރިހާފައިދާއެއް މީޑިއާނެޓަށްއެކަނި. ބިޒްނަސްޕޯޓަލްއިން ބަލާލަބަލަ އެކުންފުނީގެ ހިއްސާދާރުން…ދެން ކޮމެންޓްކޮށްބަލަ
ވާނުވާރާައްޖެ
06 December 2022
ވާނުވާ ބަލާފަ ކޮމެންޓު ކުރުން ރަގަޅުވާނެ. ކޮމިއުނިކޭޝަން އޮތޯރިޓީވެސް ރަގަޅު ކުރަން ބައިވަރު ކަންތައް އެބަހުރި. އެކަމު ދިރާގު ޓީވީއަކީ އެމީހުނާ ބެހޭކަމެއް ނޫން. ބްރޯޑްކާސްޓިންގ ކޮމިޝަނުން ތިކުރާކަމެއް ކުރަނީ. ބްރޯޑްކޮމުން ކޮމްޕެޓިޝަން ނައްތާލާ އެއް ފަރާތަކަށް ބްރޯޑްކާސްޓް ކުރުމުގެ މޮނޮޕޮލީ ދޭން މަސައްކަތްކުރާތަން މިފެންނަނީ.
އަލިފުޅުބޭ
06 December 2022
ކޮމިއުނިކޭޝަން އޮތޯރިޓީންވާ އެބަ އެންމެކުޑަމިނުން ވާދަވެރިން އުފައްދާ ދަމަހައްޓަން މަސައްކަތްކުރޭ. އެހެންކަމެއް ނުކުރިޔަސް. ކުރިން ދިރާގު އެކަނި ފޯނު ޚިދުމަތްދޭއިރު ކަންކަން އޮތްގޮތާ މިހާރާވަރަށް ތަފާތު. ވާދަވެރިކަން އޮތުމުން އޭގެ ފައިދާ އެކުރަނީ ހަމަ ރައްޔިތުންނަށް. ކޮމިއުނިކޭޝަނުން އުރިދީ މާރާލާކަށް ނުޅޭ. އެކަމު ޓީވީ ދިނުމުގައި ބްރޯޑްކޮމުން މިފެންނަނީ ކުޑަނަމަވެސް ވާދަވެރިކަން އުފާއްދާ ދިރާގު ހުއްޓުވަން ފައިވިއްދާފަ ތިބިތަން.
ަަަަަގަބުރު
07 December 2022
ވާނުވާގަ ނޭގި ވާހަކަ ނުދަަައްކާ