ޚަބަރު / މަގުމަތީގެ އެކްސިޑެންޓް

ހުޅުމާލޭ ހޮސްޕިޓަލްގެ ވެހިކަލެއް އެކްސިޑެންޓުވެ، ހަތަރު މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓް: އެ ހާދިސާގައި ބަޔަކަށް އަނިޔާވި

ހުޅުމާލޭގެ ހޮސްޕިޓަލްގެ ވޭނެއް ކޮންޓްރޯލް ނުވެ ގޮސް މިއަދު އެކްސިޑެންޓްވެ، ބަޔަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް އެ އެކްސިޑެންޓް ހިނގީ އެ ވެހިކަލް ހޮސްޕިޓަލްގެ އިމަޖެންސީ ޓްރާންސްޕޯޓް ފަޅިން މަގުމައްޗަށް ނުކުތް ވަގުތު ކޮންޓްރޯލް ނުވެގެން ކަމަށެވެ.

އިމަޖެންސީ ޓްރާންސްޕޯޓް ފަޅިން އެ ވޭން ނުކުތް ތަނާ ކޮންޓްރޯލުން ނެއްޓި، ބޯގަންވިލާ މަގުގެ ޕޭމަންޓްގައި ތިބި ތިން މީހެއްގެ ގައިގައި ޖެހުނީ ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންގެ ގައިގައި އެ ވެހިކަލުން ޖެހި ކޮންޓްރޯލް ނުވެ ދެން ގޮސް އެރީ ބޯގަންވިލާ މަގާ ވީ ފަޅިން 168 ވަނަ ފްލެޓްގެ އިރުމަތީ ފަރާތުން ކަނަށް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނިގޮތުގައި ވެހިކަލް ދުއްވަން އިން މީހާއެކު ހަތަރު މީހަކަށް އެކްސިޑެންޓުގައި އަނިޔާވި އެވެ. އެއީ ތިން އަންހެނަކާއި އެއް ފިރިހެނެކެވެ. އެ އެންމެންނަކީ ވެސް ދިވެހިންނެވެ.

އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.

ލިބިފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފްލެޓްގައި ވެހިކަލް ޖެހިފައިވާ އޮތްއިރު، ކުރީ ފުރޮޅު ކައިރީގައި މީހަކު ބިންމައްޗަށް ވެއްޓިފައި އޮތެވެ. އަދި ގިނަ ބަޔަކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެވެ.

އެ ވަގުތު ހޮސްޕިޓަލްގެ އެހެން އެމްބިއުލާންސެއް ވެސް އެ ސަރަހައްދަށް ގޮސް މީހުންނަށް އެހީވުމުގެ މަސައްކަތް ކުރަމުންދިޔަ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

6 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 73%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިރު ސައި

09 December 2022

ދުއްވަންއިން މީހާގެ ވަނަވަރު އާންމުކުރޭ

The name is already taken The name is available. Register?

ބަރުބާދު

09 December 2022

މިގައުމުގަ ރައިއްޔަތުންނައް ވޭނަކައްނުވަނީ ކޮންކަމެއް؟. ހޮސްޕިޓަލްގެ ވޭންވެސް ތިއޮތީ ބަޔަކައް ބޮޑުވޭނަކައްވެފައެއްނު؟.

The name is already taken The name is available. Register?

ށަވިޔަނި

09 December 2022

ވަރަށް ގިނައިން ގޮސް އައިސްއުޅޭ މަގެއް. ތިތަނުން ހިނގާފަދިޔައަސް ދުއްވާފަދިޔައަސް ވަރަށް ވިސްނަންޖެހޭ. ނުކުންނައިރު ތިމަންނަ މިނުކުންނަނީ ހުސް މައިދާނަކަށްހެން ޑްރައިވަރަށް ހީވާކަހަލައެވެ. ބަލާފަ ނުކުންނަތަންވެސް ފެނެއެވެ. އެކަމަކު އެއީ މަދުފަހަރަކުއެވެ. ވީމާ ކޮންމެ މީހަކުވެސް އަމިއްލަ ރައްކާތެރިކަމަށް ސަމާލުވާންޖެހެއެވެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

09 December 2022

ހީނުކުރާގޮތަށް ކަންކަންހިގައިފާނެކަން މިޙާދިސާއިންވެސް އެބައިގޭ. އެހެންކަމުން ދައުލަތުގެޙަޒާނާއާއި ދައުލަތްދަރަނިކޮށް އެތައްބިލިޔަން ޑޮލަރުނަގައި އެހުރިހާފައިސާއާއި ދައުލަތުގެ ހުރިހާވަސީލަތެއް މަތިންދާބޯޓް ފުރޮޅުދަށް (ކ.އަތޮޅު ފަޅެއްހިއްކައިގެން ހަދާފައިވާ ހުޅުމާލެްަށް) ޖަމާކޮށް އެއްރަށްދައުލަތް ސިޔާސަތު ކުރިއަރުވާއިރު މާލޭސަރުކާރުން މިފަދަ ކަންކަމުން އިބުރަތް ލިބިގަތުން ރަނގަޅު. އަމިއްލަރަށަށް ކަންކަން ޖަމާކުރުމުގައިވެސް ހައްދެއް އޮންނާންޖެހޭ.

The name is already taken The name is available. Register?

އަދުރޭ

08 December 2022

ވަޞީފާ ދޭއިރު ވިސްނަންޖެހޭ މިދެވެނީ ހަވަނަ ހިއްސު މަސައްކަތް ރަނގަޅަށް ކުރާ މީހަކަށްތޯ އަދަރވައިސް ލޮސްޓް މެނީ ލައިވްސް

The name is already taken The name is available. Register?

ސޭޑް

08 December 2022

ދޭން ތިބެނީވެސް މިހާރު ސިޔާސީ ގޮތުން ވަދެފަ ތިބި ތަނެއްދޮރެއް ނުދަންނަ ކޮހުން. ދެން ކިހިނެތް ހަދާނީ. ޤައުމެއްވާ ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454