ުނިޝާމާގެ ހަށިގަނޑު ހިފައިގެން ފުލުހުން ފުރަނީ: އޭނާގެ ފިރިމީހާ މިރޭ ވަނީ ހައްޔަރުކޮށްފައި --- ފޮޓޯ/މިހާރު
10 ޑިސެމްބަރ 2022 - 23:18
ހދ. ނޮޅިވަރަމްގައި މިއަދު މަރުވި ނިޝާމާ މުހައްމަދު މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މިރޭ ހައްޔަރުކޮށްފި އެވެ.
ނިޝާމާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުއްޓާ އޭނާގެ ފިރިމީހާ އެރަށުން ފުރައިގެން ދިއުމުން އޭނާގެ މައްޗަށް އެރަށު މީހުން ތުހުމަތުތައް ކުރެ އެވެ.
ފުލުހުން ބުނީ ނިޝާމާގެ ފިރިމީހާ އދ. ފެންފުށީ، ރޯޒީވިލާ އަބޫބަކުރު ފައިސަލް މިރޭ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އޭނާ ހައްޔަރުކުރީ އޭނާ އަމިއްލައަށް ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ދިއުމުންނެވެ.
އެ މަރާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު އަންހެން މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މާލެ ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ހަށިގަނޑު މިވަގުތު އޮތީ ކުޅުދުއްފުށީގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރުކަލޭގެފާނު
11 December 2022
ފުލުހުން ކައިރީ ތިމަންނަ މިއައީ އަނބި މީހާމަރާފައި ކަމަށް ބުންޏަސް ތަހްޤީގް ކުރަން އެނގޭނެތޯ؟ ޝަރުޢީ މަރުހަލާ ވަކި ހިސާބަކުން ފެންނާނީ މަތި މައްޗަށް ގޯސްހަދައި އެއްކަލަ ކުށްވެރިޔާ މަގުމައްޗަށް ދޫވާ ތަނަވެ. ރާއްޖޭގައި މިތިބި ފުލުހުންނަށް ވުރުން ޕްރައިމަރީ ސްކޫލެއްގެ ގްރޭޑް 4 ގެ ކުދިންނާއި ތަހްޤީގް ހަވާލުކޮށްގެން ކުރިޔަށް ދިޔަޔަސް މިގޮތަށް ބޮއްސުން ނުލާނެއެވެ.
ގެދާނޯމޮސް
11 December 2022
މިޝަރީއަތް ނިމި ހުކުމަކާ ހަމަޔަށް ދާނީ 2030 ގަކަމަށް ލަފާކުރެވެނީ މިނަގެ ފަރާތުން ނެރޭވަކީލުގެ ފުންނާބުގެ ކޮޅުއުސްކަމުންނެވެ.
އެޑްމުންޑޯ
11 December 2022
މިފަދަ މަރު ތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަ ނުކުރާތީ ދެރަވަނީ ، ކީއްވެގެންކަން މަރާލީ ، މިގޮތަށް ކުށެއްނެތި މަރާލެވިފައިވާ މީޙުންގެ މިހާތަނަށްވެސް މަރާލެވިފައިވާ ސަބަބު އެގިފައިނުވޭ ، އެތެއް އަހަރެއްވާއިރުވެސް ކަމުގެ ހަގީގަތް ނުހޯދި ކޯޓާ ހަމަޔަށްވެސް ދަނީ ، ދެރަކަމެއް ،،،
ނުރަބޯ
11 December 2022
މީގެ ދުވަސްކޮޅެއްކުރިން މާލޭގައި ޒުވާން އަންހެން ކުއްޖަކު މަރާލި މީހާ ކުށުގެ ވެށިން ހައްޔަރުކޮށްފައިވާއިރު އަދިވެސް އެއީ ގާތިލް ކަމެއް ފުލުހުންނަކަށް ސާބިތެއް ނުކުރެވޭ. ވީމާ ތިޔަކަން ވެސް ހަމަ ދާނީ އެމަގުން.