13 ޑިސެމްބަރ 2022 - 13:02
އީރާން ސަރުކާރާ ދެކޮޅަށް މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފެށިގެން އެ ގައުމުގައި ކުރަމުންދާ މުޒާހަރާތަކުން ހައްޔަރުކޮށް މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ދެ ވަނަ މީހާ، އާންމު މައިދާނެއްގައި އެންމެނަށް ފެންނާނެހެން ދަންޖައްސައި އިއްޔެ މަރާލައިފި އެވެ.
އީރާންގެ ޝަރުއީ ދާއިރާގެ ޚަބަރު ފަތުރާ ރަސްމީ ވެބްސައިޓްގައި ބުނެފައިވާ ގޮތުން، އިއްޔެ ހެނދުނު ދަން ޖައްސައި މެރީ މާޖިދުރިޒާ ރަހްނަވާރްދު ކިޔާ ފިރިހެނެކެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރީ ސަލާމަތީ ބާރުތަކުގެ ދެ މީހަކަށް ހަމަލާ ދީ އެ ދެ މީހުން މަރައިލުމުގެ ކުށް ސާބިތުވުމުންނެވެ.
އެ ވެބްސައިޓްގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މާޖިދުރިޒާ ދަންޖައްސާފައި ހުރީ، ދެ އަތް ފުރަގަހަށްލައި ބަނދެ ކެރޭނެއްގައި އެލުވައިގެންނެވެ. ގިނަ އަދަދެއްގެ ފުލުހުން ހަތިޔާރާ އެކު ސަލާމަތީ ކަންތައް ބަލަހައްޓަމުން ދިޔަ އިރު، ގިނަ އަދަދެއްގެ އާންމުން އެ މަންޒަރު ބަލަން އެއްވެ ތިއްބެވެ.
މުޒާހަރާތަކުން ހައްޔަރުކޮށް މަރުގެ ހުކުމް އިއްވާފައި ތިބި މީހުންގެ ތެރެއިން އެންމެ ފުރަތަމަ މީހާ ދަންޖައްސައި މެރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. "މާތް ﷲއާ ދެކޮޅަށް އަދާވާތްތެރިވުމުގެ" ކުށް ސާބިތުވި ކަމަށް ކަނޑައަޅައި، މަރުގެ އަދަބު ތަންފީޒުކުރުމުގެ ގޮތުން އެ ދުވަހު ދަން ޖައްސައި މެރީ، ޒުވާނެއް ކަމަށްވާ މުހުސިން ޝިކާރީ، 23، އެވެ.
މިއަދު ދަން ޖެއްސި މާޖިދުރިޒާއާ ބެހޭ ގޮތުން، ޝަރުއީ ދާއިރާގެ ވެބްސައިޓްގައި ބުނެފައިވަނީ އޭނާއަކީ ގައުމުގެ ސަލާމަތީ ބާރުތަކަށް ހަމަލާދިނުމުގެ ޓެރަރިސްޓް އަމަލުތައް ހިންގާ މީހެއް ކަމަށެވެ. އީރާންގެ ގައުމީ ޓީވީން ވަނީ، މުޒާހަރާ ރޫޅައިލަން އުޅުނު ސިފައިންގެ ދެ މީހަކަށް، މާޖިދުރިޒާ ވަޅިން ހަމަލާ ދޭ މަންޒަރު ދައްކައިފަ އެވެ.
މިއަދު ތަންފީޒުކުރި މަރުގެ ހުކުމާ ވިދިގެން، އީރާންގެ އުއްތަމަ ފަނޑިޔާރު ޣުލާމް ހުސައިން މުހްސިނީ އީޖޭ ވަނީ، ގައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރި މީހުންގެ މައްޗަށް ކޯޓުން އިއްވި މަރުގެ ހުކުމްތައް އަވަހަށް ތަންފީޒުކުރުމަށް އެ ގައުމުގެ ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި ގާނޫނާ ޚިލާފުވާ މީހުން މައިތިރިކޮށް ރައްޔިތުން އެދޭ ގޮތަށް ގައުމުގައި ހަމަޖެހުން ގާއިމުކޮށްދިނުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
އީރާންގެ އުއްތަމަ ފަނޑިޔާރު ޣުލާމް ހުސައިން މުހްސިނީ އީޖޭ މި ހަފުތާގެ ކުރީކޮޅު ވިދާޅުވެފައިވަނީ، ބިމުގައި ފަސާދަ އުފެއްދުމާއި، މާތް ﷲއާ ދެކޮޅަށް އަދާވާތްތެރިވުމުގެ ކުށުގައި އިންގިލާބީ ކޯޓުން އިއްވާފައިވާ މަރުގެ ހުކުމްތައް، އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އެހެންކަމުން އެ ހުކުމްތައް ތަންފީޒުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން މަރުގެ ހުކުމް އިއްވީ ކިތައް މީހުންގެ މައްޗަށް ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކުން ބުނާ ގޮތުގައި، މަދުވެގެން 28 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ321
14 December 2022
މިފަދަ ޚަބަރުތަކުގެ ސުރުޚީތައް މިހުންނަނީ ނުބައި މެސެޖެއް ދޭ ގޮތަށް މުޒާހަރާގެ ބައިވެރިއެއްކަމަކު ދަންޖައްސަން ޖެހުނީ ކީއްވެތޯ ބަލާފައި އެކަމަށް ރިޢާޔަތް ކުރުން މުހިންމު އަޅުގަނޑުމެން އީރާން ދެކެ ރުހުނަސް ނުރުހުނަސް ޚަބަރު ލިޔަންވާނީ މެސެޖްގެ މަޤްޞަދު އޮޅުވާނުލައި މުޒާހަރާއެކޭ ކިޔާފައި އެތައް ބަޔަކަށް ޙަމަލާދީ ވަޅިޖަހައި މީހުން މަރާކަށް ހުއްދައެއްނުކުރޭ އެފަދަ ޢަމަލެއް ކޮށްފިނަމަ މަރުގެ އަދަބު ދިނުމަކީ މުޒާހަރާކުރީތީވެ ދަންޖެއްސީކަމަށް ނުވާނެ
ރަދީފްއޮފިޝަލް
14 December 2022
އެމީހުން ބޭނުން ގޮތެއް އެމީހުން ގައުމުގަ ހެދޭނެ ދޯ.ސަލީމް އިދްރީސް ދޭބަލަ ޔުކްރެއިންގެ ޖޯކަރު ގޮވައިގެން މަހަށް.ލަދު ކޮބާ؟؟ އެމެރިކާގަ މި ހަފްތާގަ އެކަނިވެސް 03 މީހުންނަށް މަރުގެ އަދަބުދީފި.ކަލޭމެން ކަންބޮޑުވެގެން އެވާހަކަ ނުދައްކާ.އިސްލާމީ ގައުމެއްގަ މިކަންކުރީމަ ކީއްވެ ކަލޭމެން މައިތިރިނުވަނީ.ވ.ވެދުން
ރަދީފްއޮފިޝަލް
14 December 2022
ސާބަހޭ އިރާން.ރަނގަޅަށް ވާންކޮށްފަ ބަހައްޓާތި.
ކިރު ސައި
13 December 2022
ދީނުގެ ނަމުގަ ތިމާމެންގެ ވެރިކަން ދަމަހައްޓަން އަނިޔާވެރިކަން އިސްކުރުމަކީ މިފަދަ ގައުމުތަކުގެ ޓްރޭޑް މާރކް. ރައްޔިތުންގެ ހިތްވަރަށް ސާބަސް.
މޮސެރީ
14 December 2022
ކިރު ސައި ބުނަންތަ ވާހަކައެއް ސަލާމަތީ ބާރުތަކަށް ހަމަލާދީ 2 ސިފައިން މަރާލުމުގެ ކުއްސާބިތުވުމުން މަރަށް މަރުހިފުމަކުން ނެތް އެއްވެސް މައްސަލައެއް ތީ ސައޫދީ އިންޑިއާ ނޫނީ އެމަރިކާ ނަމަވެސް ކަންތައް ކުރާނީ އެހެން
ޖުހާ.
13 December 2022
މިހާރު ޝައިތާނާގެ ހަތަރެސްފައި ނުބޭނިއޮތް ގައުމު ތިއޮށް ހަލާކުވަނީ. ޢަރަބި ސުޕުރިންގ ލައްވާލީތޯއްޗެ.
ހަސަނު
13 December 2022
އިރާނުގާ އޮތް އަނިޔާވެރި ހުދުމުހުތާރު ސަރުކާރުގެ ކިބައިން އިރާނު ރައްޔިތުން ސަލާމަތް ވާނެ އަދި..
ޙިނި
13 December 2022
އީރާނުގައިވެސް ބަންގްލަދޭސް މީހުން ހާދަގިޔައޭދޯ؟
ސަލީމު އިދުރީސް
13 December 2022
މިފޮޓޯއަކީ އީރާނުގެ މުޒާހިރާގެ ފޮޓޯއެއްބާ؟ތިހާބައިވަރު ރައްތުން ހަމަ އީރާނު ރައްޔިތުނައްވީމަ ހިތައް އަރާ އިސްލާމް ދީނުގަ ވެރިޔަކަ ހޮވަނީ ކިހެންބާއޭ! ތަރީހުން ފެންނަނީ އެއްންމެ ބާރުގަދަ ގަބީލާޔަކުން މުލައް ދަނޑީގަ ބާރުހިރި މީހަކު ތިމަންމީ ކަލެމެންގެ ވެރިމީހާޔޭ ބުނާގޮތައް ކަންތައް ކުރާތަން! އިސުލާމީ ސަރިޔަތޭ ކިޔާ މީހުނައް އެގޭނީ އެދީނުގަ ވެރިޔަކު ހޯވާގޮތް!އެގޭކަމަކީ އީރާނުގަ ވެރިކަން ކުރަނީ ގޮންމުށުގެ ބާރުގަކަން!ވެރިކަމާ ދެކޮޅު މީހުން ދަންޖައްސަނީ
އިބުލީސް 132
14 December 2022
އެއްކަލަ ސަލީމު ދޯމީ؟ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މައްޗަށް ކާޓޫންކުރެހި ސަލްމާން ރުޝްދީ ދިފާޢުގައި ކޮމެންޓް ކުރި.
ގެދާނޯމޮސް
13 December 2022
ބުރުގާއެއްގެ މައްސަލައިގާ މިހާވަރު ވާއިރު މިދުނިޔޭގެ ގަތަރު މިސްރު ސައޫދީ ދުބާއީ މިތަންތަނުގަ މިހާވަރެއްނޯވެއެވެ. މިވެގެން އުޅޭގޮތަކީ އެންމެ ފަހުގެ ރަސޫލާކަމުގަ އަލީގެފާނު ގަބޫލުކުރުމެވެ. މީއަގީދާގެ ނުބައި ހީތަކަށް ބުރަވެ ވާނުވާ ނޭންގި ދީންހަތިޔާރަކަށް ހަދަނީއެވެ. ބުރުގާއަކުން ގައުމުގަ ޒިނޭއެއް ހައްްލުވާނަމަ ސައުދީގަ އެކަންކުރާނެ އަންހެނަކު ނުހުންނާނެއެވެ.
ބުރުގާ.
13 December 2022
އެމީހުން ގަބޫލުކުރަނީ ޢަލީގެފާނު އެއީ ވަލީވެރިއެއްކަމަށް. ސަލަފީން ގަބޫލުކުރަނީ ނަޖިދުން އެންމެފަހުގެ ރަސޫލާ ނިކުމެ ދީން އިސްލާހުކޮށްދިނީކަމަށް. ކޮންމެބަޔަކުވެސް ގަބޫލުކުރަނީ ތިމަންނަމެންނޫން އެންމެންވަނީ މަގުފުރެދިފައޭ.
ވާންޗޯސް
13 December 2022
ބުރުގާ އަށް ބުނެލަން އޮތީ ސުންނީވެސް ހިމެނެއޭ ތިބުނާ މީހުންގެ ތެރޭގަ
އަލީއްކޯ
13 December 2022
ހުޅަނގުގެ ނުފޫޒުގައި ޖެހި ހުޅަގުން ފަންޑު ނަގައިގެން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލާމީހުންނަށް ވާނީ މިހެން
އަހުމަދުވަގަރު
13 December 2022
އަހަރެން ބަނޑު ހަރުވަނީވެސް ހުޅަނގާ ހެދި